Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ ކޮންޓްރޯލް ބިލު

މީޑިއާ ކޮންޓްރޯލު ބިލާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ބައިވެރިވި ޓެކްސީ އެސޯސިއޭޝަންގެ ރައީސްގެ އިނގިލި ފުލުހުން ބިންދާލައިފި

ނިޔާޒު ބުނުއްވީ ރައްޔިތުންގެ މަޖިލީސް ކުރާ ގެ ކައިރީގައި ސުލްހަވެރިކަމާއެކު އިށީނދެގެން އިންދާ ފުލުހުން އައިސް ގަދަކަމުން ގެންދިއުމަށް މަސައްކަތްކުރީ ކަމަށް

ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2025 | ބުދަ 11:39
އިބްރާހިމް ނިޔާޒުގެ ކަނާތު ޝަހާދަތް އިނގިލީގެ އެކްސްރޭގެ ފޮޓޯއެއް

އިބްރާހިމް ނިޔާޒުގެ ކަނާތު ޝަހާދަތް އިނގިލީގެ އެކްސްރޭގެ ފޮޓޯއެއް

މީޑިއާ ކޮންޓްރޯލު ބިލާ ދެކޮޅަށް ބޭއްވި މުޒާހަރާގައި ބައިވެރިވި ޓެކްސީ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ނިޔާޒުގެ އިނގިލި ފުލުހުން ބިންދާލައިފި އެވެ.

އެކަން އޭނާ ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފައެވެ.

މިކަން ހިނގި ގޮތް ކިޔައިދެމުން ނިޔާޒު ބުނުއްވީ، ރައްޔިތުންގެ މަޖިލީސް ކުރާ ގެ ކައިރީގައި ސުލްހަވެރިކަމާއެކު އިށީނދެގެން އިންދާ ކުއްލި އަކަށް ފަހަތުން ފުލުހުންތަކެއް އައިސް ގަދަ ބާރުން އޭނާ އެތަނުން ނަގައިގަނެގެން ގެންދަން އަތުގައި ހިފާ ވަރަށް ބާރަށް އިނގިލިތައް އަނބުރާލީ ކަމަށެވެ.

އޭނާ ބުނުއްވި ގޮތުގައި، އެ ވަގުތު އަތަށް ވަރަށް ތަދުވި ކަމަށާއި، ފުލުހުންގެ ކިބައިން ސަލާމަތްވުމާއެކު ކައިރި ފިހާރައަކަށް ގޮސް އައިސް ހޯދައިގެން އިނގިލިތަކުގައި އައިސް އެޅި ކަމަށެވެ.

"އަޅުގަނޑު ކައިރީ ނުބުނޭ، ތިތަނުން ތެދުވާށޭ، ނޫނީ އެވެނި ތާކަށް ދާށޭ،" ނިޔާޒު ބުނުއްވިއެވެ.

ހަމަ ކުއްލި އަކަށް ބަޔަކު އައިސް ގައިގައި ހިފައި ގަތީ ކަމަށް ނިޔާޒު ބުނުއްވިއެވެ.

އޭނާ އިތުރަށް ކިޔައިދެއްވި ގޮތުގައި ބުދަ ދުވަހު ހެނދުނު ހޭލި އިރު އަތުގެ ދުޅަ މަޑު ނުވުމުގެ އިތުުރުން، އިތުރަށް އިނގިލީގައި ރިހޭތީ ހުޅުމާލެ ހޮސްޕިޓަލަށް ގޮސް އެކްސްރޭ ނެގި އިރު ކަނާތުގެ ޝަހާދަތް އިނގިލި ވަނީ ބިންދައިގެން ގޮސްފައި ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

ނިޔާޒު ބުނުއްވި ގޮތުގައި ފުލުހުން އޭނާ ގެންދިޔައިރު އަނިޔާ ކުރީ އެތަނުން އެއް ފުލުހަކު ކަމަށާއި ދެންތިބި ފުލުހުން އަނިޔާ ނުކުރުމަށް ބުނި ކަމުގައެވެ.

މީޑިއާ ކޮންޓްރޯލު ކުރުަމަށް ސަރުކާރުގެ ތާއީދާ އެކު ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރި މީހުންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށާއި މަޖިލިސް އިމާރާތުގެ ކައިރީގައި ސުލްހަވެރިކަމާއެކު އިށީނދެގެން ތިބި މީހުން ފުލުހުން ގަދަބާރުން އެތަނުން ދުރައް ޖެއްސުމުގެ ތެރޭގައި ގިނަ ބަޔަކަށް އަނިޔާވި ކަމަށް އިހުތިޖާޖުގެ ތެރޭގައި އަނިޔާވި މީހުން ފާހަގަ ކޮށްފައިވެއެވެ.

ނިޔާޒުގެ އަތުގައި ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޕްލާސްޓަރ އަޅާފައެވެ.

ނިޔާޒު ބުނުއްވީ މެޑިކަލް ރިޕޯޓު މިހާރު ލިބިފައި އޮތުމާއެކު އޭނާ އަށް އަނިޔާކުރި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.

އިބްރާހިމް ނިޔާޒްމީޑިއާ ކޮންޓްރޯލް ބިލު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
21 ނޮވެމްބަރު 2025

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން
22 އޮކްޓޯބަރު 2025

މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

22 އޮކްޓޯބަރު 2025
މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި
13 އޮކްޓޯބަރު 2025

ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި

13 އޮކްޓޯބަރު 2025
ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި
07 އޮކްޓޯބަރު 2025

މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް

07 އޮކްޓޯބަރު 2025
މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު