Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓައުންޝިޕް ޕްރޮޖެކްޓް

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

މައުރޫފް ފާހަގަ ކުރެއްވި ގޮތުގައި މިކަމަކީ އަޑި ނޭނގޭ ކަމެއް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 16:34
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

ނޫނު އަތޮޅުގައި 790 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މައުރޫފް ވިދާޅުވީ ޓައުންޝިޕް ޕްރޮޖެކްޓަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އަލަށް ފަށައިގެން އުޅޭ ޕްރޮޖެކްޓެއް ނޫން ކަމަށާއި މި ޕްރޮޖެކްޓަކީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް އަކީ ކުރިން ވެސް އިންވެސްޓް ކޮށްފައިވާ ޕްރޮޖެކްޓެއްކަން މައުރޫފް ފާހަގަ ކުރެއްވި އެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއަށް ރާއްޖެއިން މިހާރު ހުއްދަ ދީފައިވާކަމަށެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް މިކަން ވަނީ ދޮގު ކޮށްފަ އެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ކޮމެންޓަކަށް އެދުމުން މައުރޫފް ވިދާޅުވީ، އެ ޕްރޮޖެކްޓަކީ 2022 ވަނަ އަހަރު ހުރިހާ ޓްރާންސެކްޝަނެއް ވެސް ނިމިފައިވާ ޕްރޮޖެކްޓެއް ކަމަށާއި އަދި މި ސަރުކާރުން އެސްއީޒެޑް ގެ ދަށުން އެ މަސައްކަތް ކުރާ ކުންފުންޏަށް އިންކަމް ޓެކްސް އިން ލުއި ދީފައިވާ ކަމަށެވެ. މައުރޫފް ފާހަގަ ކުރެއްވި ގޮތުގައި މިކަމަކީ އަޑި ނޭނގޭ ކަމެކެވެ.

އެމްޑީޕީގެ ސަރުކާރުގައި މިފަޅު ކުއްޔަށް ދޫކޮށްފައި ވަނީ 2022 ވަނަ އަހަރު ގެ ފަހުކޮޅުގައި އެފަރުގެ ކޮސްޓަށްވާ ފައިސާ ދައްކާފަ އޮންނާނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު. ދެން އޭގެ ފަހުން ޑިވެލޮޕްމަންޓް ޕްލޭންއާ ކޮންސްޓްރަކްޝަން ހުއްދަ ތަކާ އެއްޗެހި ޓޫރިޒަމް މިނިސްޓްރީއިން ފާސް ކޮށްގެން އެފަރާތުން މަސައްކަތް ފަށާއިގެން ގޮސް މިސަރުކާރު އައިރުގައި އޮންނާނީ އެތަން ހިއްކަން ފަށައިފަ. ދެން ހިއްކުމުގެ މަަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް ގޮސް ވަކި ހިސާބަކުން މިހާރު އަޅުގަނޑުމެންނަށް އަޑު އިވިގެން މިދިޔައީ ސަރުކާރުން މިތަން އެސްއީޒެޑް އަކަށް ހެދި ހަބަރު. އެއްގޮތަކަށް ވެސް އަދި މިކަން އިއުލާނު ކުރި ނަމަވެސް މިއީ މިސަރުކާރުގެ ދުވަސްވަރު މުޅިން އަލަށް ގެނައި އިންވެސްޓްމަންޓެއް ނޫން. މީގަ އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވާ އެއްކަމަކީ މިއީ މިސަރުކާރުން ގެނައި އައު އިންވެސްޓްމަންޓެއް ނޫން.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

ފާހަގަ ކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި ނޫނު އަތޮޅު ދިގުފަރު ފަޅާއި ދެކެނެންފަރާއި ކުރަމާދޫގައި ފަށާފައިވާ ޓައުން ޝިޕް ޕްރޮޖެކްޓަށް ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ހުއްދަ މިދިޔަބ އަންގާރަ ދުވަހު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއީ އެސްއީޒެޑު ގާނޫނުގެ ދަށުން ދޫކުރެވުނު ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ހުއްދަ އެވެ. އަދި، މި ބިޔަ އިންވެސްޓްމަންޓަކީ، އާންމުކޮށް ފެންނަ ޓޫރިޒަމަށް ބިނާވެފައިވާ މޮޑެލްތަކުން ބޭރުން، އެކި ސެކްޓަރުތައް ހިމެނޭ ޑިވެލޮޕްމަންޓުތައް ގެންނަން ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ މި އަހަރުގެ ޖެނުއަރީ 12، ގައި ނެރުއްވި ގަރާރަކުންނެވެ.

މި ގަރާރަށް ފަހު، "ޓައުންޝިޕް" މި ބަހަށް ރަސްމީ މާނައެއް ކަނޑައަޅައި، އެސްއީޒެޑުގެ އިންވެސްޓުމަންޓު ބޯޑުން އިއުލާނެއް ގެޒެޓުކުރީ މާޗު 18، ގަ އެވެ. ޖެހިގެން އައި ދުވަހު ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީ ކުރަމުން އައި "ޕްރޮޖެކްޓު އައިލާ" އަށް ވަނީ، ޓައުންޝިޕެއްގެ ގޮތުގައި ތަރައްގީ ކުރަން އިނީޝަލް ޕާމިޓު ދޫކޮށްފަ އެވެ.

ޓައުންޝިޕް ޕްރޮޖެކްޓްއަހުމަދު މައުރޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

17 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
"މާލިއްޔަތު ގަވައިދަށް ގެނައި ބަދަލަކީ ޖަރީމާތަކެއްގެ ފެށުން، މާލިއްޔަތު ގަވައިދަށް ގެނައި ބަދަލު ޢައިރު ޤާނޫނީ"

"މާލިއްޔަތު ގަވައިދަށް ގެނައި ބަދަލަކީ ޖަރީމާތަކެއްގެ ފެށުން، މާލިއްޔަތު ގަވައިދަށް ގެނައި ބަދަލު ޢައިރު ޤާނޫނީ"

09 ނޮވެމްބަރު 2025
އަންނަ އަހަރު ވެގެންދާނީ ވައްކަން ކުރާ ސަރުކާރަކަށް ފަހި އަހަރަކަށް، ރައްޔިތުންނަށް ދަތި އަހަރަކަށް: މައުރޫފް

އަންނަ އަހަރު ވެގެންދާނީ ވައްކަން ކުރާ ސަރުކާރަކަށް ފަހި އަހަރަކަށް، ރައްޔިތުންނަށް ދަތި އަހަރަކަށް: މައުރޫފް

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު