Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕް-އެޕްސްޓީން

ޖިންސީ ކުށްވެރިޔާ އެޕްސްޓީން ފައިލުތަކުގައި ޓްރަމްޕް އާ ގުޅޭ ގޮތުން ފޮރުވަން ޖެހޭ އެއްވެސް އެއްޗެއް ނެތް: އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް

ޖެފްރީ އެޕްސްޓީން އާ ގުޅޭ ފައިލްތައް ހާމަކުރުމަށް އިދިކޮޅު ޑިމޮކްރަޓުން މަސައްކަތް ކުރަމުންދާއިރު، ޓްރަމްޕާ އެޕްސްޓީން އާ އޮތް ގުޅުމާ ބެހޭ ގޮތުން ކުރާ ތުހުމަތުތައް ނިންމާލެވޭނެ ކަމަށް ޓްރަމްޕްގެ ޕާޓީ އަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން ގަބޫލުކުރައްވާ.

ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2025 | ހޯމަ 02:33
އެމެރިކާގެ މަޖިލީހުގެ ރައީސް މައިކް ޖޯންސަން

އެމެރިކާގެ މަޖިލީހުގެ ރައީސް މައިކް ޖޯންސަން

ޖެފްރީ އެޕްސްޓީން އާ ގުޅޭ ޖަސްޓިސް ޑިޕާޓްމަންޓްގެ ފައިލްތައް ހާމަކުރުމާ ގުޅޭ ގޮތުން ނަގަން ހަމަ ޖެހިފައިވާ އޮތް ވޯޓުން ރައީސް ޓްރަމްޕް އާއި ޖިންސީ ކުށްވެރިޔާ އެޕްސްޓީން އާ އޮތް ގުޅުމާ ބެހޭ ގޮތުން ކުރެވޭ ތުހުމަތުތައް ނިމުމަކަށް އަންނާނެ ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން އާދިއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

ޖަލުގައި ހުއްޓާ އަމިއްލަ އަށް މަރުވެފައިވާ އެޕްސްޓީން އަކީ އަންހެން ކުދިން ޖިންސީ ޝިކާރަ އަކަށް ހަދާ ކުދިން ވިއްކުމުގެ ކުށް ސާބިތުވެފައިވާ ފަރާތެކެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުން އޭނާ އާ ގުޅޭ ފައިލްތައް އާންމު ކުރުމަށް ވޯޓަކަށް ދާ މި ދަނޑިވަޅުގައި އެޕްސްޓީން އާއި އެމެރިކާގެ ރައީސް އާ ގާތް ގުޅުމެއް އޮތް ކަމުގެ ތުހުމަތުތައް ވަނީ އިތުރުވެފަ އެވެ. ޓްރަމްޕް ގެ ޕާޓީ އަށް ނިސްބަތްވާ މަޖިލީހުގެ ރައީސް ޖޯންސަން ދެކެވަޑައިގަންނަވާ ގޮތުގައި، ފައިލްތައް އާންމު ކުރުމުން ޓްރަމްޕް އާއި މި މައްސަލައާ ގުޅުމެއް އޮތް ކަމަށް ކުރާ ތުހުމަތުތައް ނިންމާލަން އެހީތެރިވާނެ ކަމަށެވެ.

މަޖިލީހުގެ ރިޕަބްލިކަން ލީޑަރު ޖޯންސަން "ފޮކްސް ނިއުސް ސަންޑޭ" ޕްރޮގްރާމްގައި ވިދާޅުވީ، ޑިމޮކްރަޓިކް ޕާޓީގެ މަޖިލިސް މެމްބަރުން ފައިލްތައް އާންމު ކުރުމަށް މަސައްކަތް ކުރަނީ ރައީސް ޓްރަމްޕް އާ އެޕްސްޓީން އާ ގުޅުން އޮތްކަމުގެ ނަޒަރިއްޔާ އިން ކަމަށާއި އެހެން ނަމަވެސް ޓްރަމްޕް އާއި އެޕްސްޓީން އާ ދެމެދު ގުޅުމެއް ނެތް ކަމުގައެވެ.

ޖޯންސަން ޑިމޮކްރެޓުންނާ ގުޅޭ ގޮތުން ވިދާޅުވީ އެޕްސްޓީން ހިންގާފައިވާ ގުޅުންތަކުގެ މައުލޫމާތު އެކުލެވޭ ފައިލް ތަކަކީ އެމީހުން ޓްރަމްޕް އާ ދެކޮޅަށް ގެންގުޅޭ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި، އެ ހަތިޔާރު އެމީހުންގެ އަތުން ގެއްލުވާލާނެ ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ، "ފޮރުވަން އޮތް އެއްޗެއް ނެތް" ކަމަށެވެ.

ޓްރަމްޕާއި އެޕްސްޓީން އާ އެކުގައި ހުރި ފޮޓޯތައް އާންމު ވެފައިވީ ނަމަވެސް، ރައީސް ވިދާޅުވެފައި ވަނީ އެޕްސްޓީން އަށް ހުކުމް ކުރުމުގެ ކުރިން އެ ދެ މީހުންގެ ގުޅުން ކެނޑިފައިވާ ކަމަށެވެ. ފާއިތުވި ހަފްތާގައި މަޖިލީހުގެ ކޮމިޓީއަކުން ހާމަކުރި އީމެއިލްތަކުން ފެންނަ ގޮތުގައި އެޕްސްޓީން ގަބޫލުކުރި ގޮތުގައި ޓްރަމްޕް އަށް "އަންހެން ކުދިންގެ ވާހަކަ އެނގިވަޑައިގަންނަވާނެ،" ކަމަށެވެ. ނަމަވެސް އެ ޖުމްލައިގެ މާނައަކީ ކޮބައިކަން ސާފެއް ނޫނެވެ.

ޓްރަމްޕް އޭގެ ފަހުން ޑިޕާޓްމަންޓް އޮފް ޖަސްޓިސް އަށް އަންގަވާފައި ވަނީ، ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓުންނާ އެޕްސްޓީން އާ ދެމެދު އޮތް ގުޅުން ތަހުގީގު ކުރުމަށެވެ.

އެޕްސްޓީން އާ ޓްރަމްޕް އާ އޮތް ގުޅުމާ ބެހޭ ވާހަކަތައް ފުޅާ ވަމުންދާއިރު، އޭގެ ނަތީޖާ އެއްގެ ގޮތުން ރިޕަބްލިކަން ޕާޓީގެ ތެރޭގައި ވެސް ރެނދުއަޅަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ގޮތުން ކޮންގްރެސް ގައި ޓްރަމްޕް އަށް އެންމެ ބޮޑަށް ތާއީދުކުރާ އެއް ބޭފުޅަކު ކަމަށްވާ ޖޯޖިއާ ތަމްސީލު ކުރައްވާ މަޖިލީހުގެ މެންބަރު ޓޭލަރ ގްރީން، އެޕްސްޓީން ފައިލްތައް ހާމަ ކުރުމާ ގުޅޭ ގޮތުން ރިޕަބްލިކަނުން އަމަލު ކުރަމުންދާ ގޮތައް ފާޑުވިދާޅުވުމުން ޓްރަމްޕް ވަނީ އޭނާ އަށް ދެއްވި ތާއީދު އަނބުރާ ގެންދަވާފައެވެ.

އާދީއްތަ ދުވަހު ސީއެންއެން ގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ޕްރޮގްރާމް ގައި ގްރީން ވިދާޅުވީ، "މުއްސަނދި، ބާރުގަދަ މީހުން ކޮންމެ ނުބައި ކަމެއް ކުރުމުން އެމީހުން ހިމާޔަތް ކުރަން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން" ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްޖެފްރީ އެޕްސްޓީންމައިކް ޖޯންސަންއެމެރިކާ ކޮންގްރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު