Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ސިއްހަތު

ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..

ހަފްތާއަކު ތިން ފަހަރަށް ވުރެ ގިނަ އިން ބޯ ދޮވުން ރަނގަޅެއް ނޫން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2018 | ހޮނިހިރު 07:07
ކޮންމެ ދުވަހަކު އާދަވެގެން ބޯ ދޮވެ ހަދާ ނަމަ އިސްތަށިގަނޑާއި، އިސްތަށީގެ ބުޑުގައި ހުންނަ ގުދުރަތީ ތެއުކަން ގެއްލިދޭ

ކޮންމެ ދުވަހަކު އާދަވެގެން ބޯ ދޮވެ ހަދާ ނަމަ އިސްތަށިގަނޑާއި، އިސްތަށީގެ ބުޑުގައި ހުންނަ ގުދުރަތީ ތެއުކަން ގެއްލިދޭ

ކޮންެމެ ދުވަހަކު ނުވަތަ ދުވާލު ދެ ފަހަރު ވެސް ބައެއް މީހުން ބޯ ދޮވުގެ އާދަ ގެންގުޅެފާނެއެވެ. ޖެހިޖެހިގެން ދެ ދުވަހު ބޯ ނުދޮވެ ހުންނަން އުނދަގޫ ވެސް ވެދާނެއެވެ. އަދި ކޮންމެ ދުވަހަކު ދޮންނަށް އާދަވެފައި ހުންނަ މީހާއަށް ނުދޮވެ ހުންނަން އިންތިހާއަށް އުނދަގޫ ވެސް ވާނެއެވެ .އެކަމަކު ވެސް ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟ އެއީ އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެންމެ އަވަހަށް ދޮންނަން ބޭނުން ނަމަވެސް ހަފްތާއަކު ތިން ފަހަރަށް ވުރެ ގިނަ ކުރުން ރަނގަޅެއް ނޫނެވެ. ނޫން ނަމަ ލިބޭ ގެއްލުން ވަރަަށް ބޮޑެވެ.

ކޮންމެ ދުވަހަކު ބޯ ނުދޮންނަންވީ ސަބަބުތައް:

ބޮލުގެ ގުދުރަތީ ތެތްކަން ނެތި ދިއުން

ކޮންމެ ދުވަހަކު އާދަވެގެން ބޯ ދޮވެ ހަދާ ނަމަ އިސްތަށިގަނޑާއި، އިސްތަށީގެ ބުޑުގައި ހުންނަ ގުދުރަތީ ތެތްކަން ގެއްލިދެއެވެ. މި ތެތްކަމަކީ ހަށިގަނޑުން އުފައްދައިދޭ، އިސްތަށިގަނޑަށް ކޮންމެހެން ބޭނުން ތެތްކަމެކެވެ. ކޮންމެ ދުވަހަކު ނުވަތަ ގިނަ އިން ބޯ ދޮންނަ ނަމަ ބޮލަށް ގުދުރަތީ ގޮތުން ލިބެމުން އަންނަ ފަރުވާއަށް ތިޔަ ހުރަސް އަޅަނީއެވެ. ނަތީޖާއަކަށް ވަނީ އިސްތަށިތަކުގެ ބުޑު އަދި އިސްތަށިގަނޑު ހިކި ހަލާކުވުމެވެ. ބަލިކަށިވުމެވެ.

ބޮލުގެ ގުތުރަތީ ކުލަ ގެއްލުން:

މާ ގިނަގިނަ އިން ބޯ ދޮންނަ ނަމަ ބޮލުގެ ގުދުރަތީ އަސްލުކުލަ ގެއްލެއެވެ. ބޮލުގައި ކުލަ ޖަައްސަން ބޭނުންވާ ފަރާތްތަކުންވެސް އެންމެ ރަނގަޅު ގޮތަކީ ހަފްތާއަކު ތިން ފަހަރު ބޯ ދޮވުމެވެ. ބޯ ތަތްވެފައި ހުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެއެވެ. އެހެންނަމަވެސް ހެއަރ އެކްސްޕާޓުން ވިދާޅުވާ ގޮތުގައި، ބޮލުގެ ގުދުރަތީ ތެތްކަމުގެ ސަބަބުން އިސްތަށިގަނޑު ސްޓައިލްކޮށްލަން ފަސޭހަވެއެވެ.

ހަރަދުވެސް ބޮޑުކަމެއް

އާދަވެ ކޮންމެ ދުވަހަކު ބޯ ދޮވެ ހެދުމަކީ ހަރަދު ވެސް ބޮޑު ކަމެކެވެ. ސަބަބަކީ އިސްތަށިގަނޑާ ގުޅޭ މޮޅު ޝޭމްޕޫއެއް ހޯދުމަކީ އުދަގޫ ކަމަކަށް ވެފައި ބްރޭންޑެޑް ޝޭމްޕޫ އަގުބޮޑުވުމެވެ. އަދި ގުޅޭ ކަންޑިޝަނަރތައް ވެސް އެހާމެ އަގުބޮޑުވުމެވެ. ބޯ ދޮވުން މަދުކޮށްލުމުން ޝޭމްޕޫ ޚަރދު ކުޑަވެ ފެނުގެ ޚަރަދު ވެސް ކުޑަވެއެވެ. އެއާ އެކު ކެމިކަލް ފަދަ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ޝޭމްޕޫ ބޭނުންކޮށްގެން ކޮންމެ ދުވަހަކު ބޯ ދޮވުމުން ބޮލަށް ލިބޭ ފައިދާ އަށް ވުރެ ލިބޭ ގެއްލުން މަ ބޮޑެވެ.

ބޯ ދޮވުމަށްފަހު ހިއްކުން:

ބޯ ދޮވުމަށް ފަހު ހިއްކުމަށް މިހާރު ގިނަ ބަޔަކު ބޭނުންކުރަނީ ހެއަރ ޑްރަޔަރއެވެ. އެކަމުގެ ސަބަބުން އިސްތަށިގަނޑާއި އިސްތަށިތަކުގެ ބުޑަށް ހޫނުވެ ނުހަނު ބޮޑަށް ގެއްލުން ލިބެއެވެ. ނަތީޖާއަކަށް ވަނީ ބޮލުގެ ގުދުރަތީ ތެތްކަން ގެއްލި، އޮފު ކެނޑި އިސްތަށިގަނޑު ހިކިވެ ދެކަފި ވުމެވެ. ހެއާރ އެކްސްޕާޓުން ލަފާދެއްވާ ގޮތުގައި ދުޅަހެޔޮ އިސްތަށިގަނޑަކަށް އެންމެ މުހިންމީ ގުދުރަތީ ކާނާ އާއި އެކު، އިސްތަށިގަނޑު ވެސް ރީއްޗަށް ބެލެހެއްޓުމެވެ. އެކަމަކު ކެމިކަލް އެކުލެވޭ ޝޭމްޕޫ އާއި ކޮންޑިޝަނާ ބޭނުންކޮށްގެން ކޮންމެ ދުވަހަކު ބޯ ދޮވެގެނެއް ނޫނެވެ. ފަރުވާތެރިކަމާ އެކު އިސްތަށިގަނޑަށް ދޭން ޖެހޭ ވަރަށް ސަމާލުކަންދީގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ދުވަހަކުވެސް އޮރެންޖެއް ކާލަމާތޯ؟

ކޮންމެ ދުވަހަކުވެސް އޮރެންޖެއް ކާލަމާތޯ؟

12 ޑިސެމްބަރު 2020
ކޮންމެ ދުވަހެއްގެ ކެއުމުގައި އާފަލެއް ހިމެނުން ރަނގަޅީ ކީއްވެ؟

ކޮންމެ ދުވަހެއްގެ ކެއުމުގައި އާފަލެއް ހިމެނުން ރަނގަޅީ ކީއްވެ؟

07 އޮކްޓޯބަރު 2020
ކޮންމެ ދުވަހަކު ކާންވީ އެއްޗަކީ އަލްމޮންޑް 

ކޮންމެ ދުވަހަކު ކާންވީ އެއްޗަކީ އަލްމޮންޑް 

22 ޖެނުއަރީ 2019
ދުވަހަކު ވެސް މުރަނގަފަތު ސައި ބުއިންތަ؟ ނުބޮއި ދޫކޮށްލާވަރު އެއްޗެއް ނޫން!

ދުވަހަކު ވެސް މުރަނގަފަތު ސައި ބުއިންތަ؟ ނުބޮއި ދޫކޮށްލާވަރު އެއްޗެއް ނޫން!

31 މާރިޗު 2018
ދުވާ ކޮންމެ ގަޑީއިރަކަށް އުމުރަށް ހަތް ގަޑީއިރު އިތުރުވޭ: ސައިންސްވެރިން

ދުވާ ކޮންމެ ގަޑީއިރަކަށް އުމުރަށް ހަތް ގަޑީއިރު އިތުރުވޭ: ސައިންސްވެރިން

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު