Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2026

ބަޖެޓަކީ ރައްޔިތުންނަށް ސާފުވާ ގޮތަށް، ތަފްސީލުތަކާއެކު ހުށަހަޅަން ޖެހޭ އެއްޗެއް ކަމަށް މި ސަރުކާރުން ގަބޫލެއް ނުކުރޭ: އެމްޕީ ދީދީ

ސަރުކާރުން ބަޖެޓު ހުށަހަޅަނީ ގާނޫނުން ލާޒިމުކުރާތީ އެކަނި ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2025 | ހޮނިހިރު 08:49
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މި ސަރުކާރުން ބަޖެޓު ހުށަހަޅަނީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށާ، ބަޖެޓަކީ ރައްޔިތުންނަށް ކަންކަން ސާފުވާ ގޮތަށް، ތަފްސީލުތަކާއެކު ހުށަހަޅަން ޖެހޭ އެއްޗެއް ކަމަށް މި ސަރުކާރު ގަބޫލުކުރާހެން ހީނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ބަޖެޓް 2026' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ މި ސަރުކާރުން ބަޖެޓު ހުށަހަޅަނީ އެއީ ގާނޫނުން ކޮންމެހެން ލާޒިމު ކުރާ ކަމަކަށް ވާތީ ކަމަށެވެ. އަދި މި ސަރުކާރުން ހުށަހެޅި ދެ ބަޖެޓަށް ބަލާއިރު ވެސް ހާމަވާ އެއް ކަމަކީ ބަޖެޓަކީ ތަފްސީލީ އަދި ހަގީގީ ނަންބަރުތަކެއް ޖަހައިގެން ހުށަހަޅާ އެއްޗެއްކަން މި ސަރުކާރުން ގަބޫލު ނުކުރާ ކަން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިތުރަށް ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ 2025 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގެ ސަބަބުން އިދިކޮޅު މެންބަރުންނަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރު ޖަވާބުދާރީ ކުރުުވުމުގެ ހުރިހާ މަގެއް ބަންދުވެގެން ދިއުން ކަމަށެވެ.

ސަބަބަކީ އެ ބަޖެޓުގައި އެއްވެސް ކަމެއްގެ ތަފްސީލު ބަޔާން ކޮށްފައި ނެތުން ކަމަށާ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ވެސް އޮތީ ހަމަ އެހެން ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.

އަޅުގަނޑޫމެންނަށް ފެނިގެންދިޔައީ މިދިޔަ އަހަރު ބަޖެޓު ހުށަހެޅިއިރު ވެސް އެއްވެސް ތަފްސީލެއް ދީފަ ނުވާތަން. ބްލޮކް ފިގަރތަކެއް މި ހުންނަނީ. ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގަ ތިއްބަވާ މެންބަރުންނަށް، ސަރުކާރު ބަޖެޓާ ގުޅިގެން ޖަވާބުދާރީ ކުރެވޭނެ އެއްވެސް މަގެއް ނެތް ގޮތަކަށް، ހުރިހާ މަގެއް ބަންދު ކޮށްފަ ބަޖެޓް ހުށަހަޅަނީ،
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައި ވެސް އަހަރަކަށް ލަފާކުރި އެންމެ ބޮޑު ބަޖެޓެވެ.

އެގޮތުން މި ބަޖެޓަކީ ވަރަށް އިހުމާލު ބޮޑު ބަޖެޓެއް ކަމަށާއި، އެ ބަޖެޓު ރިވައިސްކޮށް ރަނގަޅު ކުރަން ޖެހޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. މިކަމާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ އިރު މި ބަޖެޓު މިހާރު އޮތް ގޮތުން ރައްޔިތުންނަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

މި ބަޖެޓުން ރާއްޖޭގެ އިގްތިސާދަށް އިތުރު ފަހި ކަމެއް ގެނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާ އަދި އެހެނިހެން ވިޔަފާރިތަކަށް ކުރިއެރުމެއް ނުލިބޭނެ ގޮތަށް ބަޖެޓު އެކުލަވާލާފައިވާ ކަމަށް ބުނެ މާލީ ދާއިރާގައި ތަޖުރިބާ ހުރި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބަޖެޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުން ދަނީ މި ކަންބޮޑުވުންތައް ހިއްސާކުރެވޭނެ މަގުތައް ސަރުކާރުން ބަންދު ކޮށްފައިވާ ކަމުގެ ތުހުމަތު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލިސްބަޖެޓް 2026އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު