Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް

މުޢިއްޒުގެ ވަގުތު ސަލާމަތް ކޮށްދިނުމުގެ ގޮތުން ފުވައްމުލަކުގެ ދެ އަވަށު ޒުވާނުން ނިކުމެ ކުޅިވަރު އެރީނާގެ ބިންގާ އަޅާދީފި

ފުވައްމުލަކު މީހަކު ބުނީ ރައީސް މުޢިއްޒު ވީ ވައުދުތައް ހަނދާން ނުނެތޭ ކަމަށާއި ބިންގާ އަޅަންޖެހޭނީ އާރުލާ ގޮތައް ކަމަށް

އަލީ ޝާހީން
އަލީ ޝާހީން | 4 ނޮވެމްބަރު 2025 | އަންގާރަ 13:22
މުޢިއްޒުގެ ވަގުތު ސަލާމަތް ކޮށްދިނުމުގެ ގޮތުން ކުޅިވަރު އެރީނާގެ ބިންގާ އެޅުން

މުޢިއްޒުގެ ވަގުތު ސަލާމަތް ކޮށްދިނުމުގެ ގޮތުން ކުޅިވަރު އެރީނާގެ ބިންގާ އެޅުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަގުތު ސަލާމަތް ކޮށްދިނުމުގެ ގޮތުން ފުވައްމުލަކުގެ ދެ އަވަށެއް ކަމުގައިވާ ދަޑި މަގު ޒުވާނުންނާއި ދިގުވާނޑު ޒުވާނުން ނިކުމެ އެ ސިޓީގެ ކުޅިވަރު އެރީނާގެ ބިންގާ އަޅައިދީފި އެވެ.

ފުވައްމުލަކު ޒުވާނުން ކުޅިވަރު އެރީނާގެ ބިންގާ އަޅައިދީފަ މިވަނީ ރައީސް މުޢިއްޒު އެ ސިޓީއަށް ޒިޔާރަތް ކުރައްވަން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. ފުވައްމުލަކު މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ އެއް ގައި ބުނީ ފުވައްމުލަކު ސިޓީ ރައްޔިތުންގެ ބޮލުގައި ހުންނަނީ އުނބެއް ނޫން ކަމަށާއި ރައީސް މުޢިއްޒު ރަށްރަށަށް ގޮސް އެރަށުން ފައިބާފަ ލޯންޗުގައި އިނދެ ކައިރީ އިންނަ މީހާގެ ކަންފަތް ބުޑުގައި އެ ރަށު ރައްޔިތުން މިފަހަރުވެސް އަތް ޖެހިއޭ، ކުރިން ފަހަރުވެސް އަތް ޖެހިއޭ ބުންޏަސް ފުވައްމުލަކު ރައްޔިތުން އެހެނެއް ނުވާނެ ކަމަށެވެ. އަދި ފުވައްމުލަކު ރައްޔިތުންނަކީ އެއަށްވުރެ ވިސްނޭ ބައެއް ކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

އޭނާ ބުނީ މުޢިއްޒު ފުވައްމުލަކު ރައްޔިތުންނަށް ވީ ވައުދުތައް ހަނދާން ނުނެތޭ ކަމަށާއި މީގެ 2 އަހަރު ކުރިން އެމްޑީޕީން 400 ފުލެޓު އަޅަން ދީފައި އޮތް ތަނެއްގައި ވެސް ބިންގާ އަޅަން އުޅޭ ކަމަށް އޭނާ ބުންޏެވެ. އަދި ކުޅިވަރު ކުޅޭހެން މަޖާކުރަން އެކަންކަން ނުކުރުމަށް ގޮވާލައި އޭނާ ބުނީ ބިންގާ އަޅަންޖެހޭނީ އާރުލާ ގޮތައް ކަމަށާއި އެނޫން ގޮތަކަށް ފުވައްމުލަކުގައި ބިންގާ އަޅައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، މުޅި ރާއްޖޭގައި މުޢިއްޒު އުދުހެމުން ދަނީ މަޖާކުރަން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީ އެއީ ނޫން ކަމަށެވެ. އަދި ރައީސްގެ ވަޒީރުން އެތަން މިތާގަ ދުވަނީ ކަމަށާއި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ވެސް އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ރައީސް މުޢިއްޒު ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅެއްގައި އަންގާރަ ދުވަހު ވަނީ ފުރާވަޑައިގެންފަ އެވެ. މުއިއްޒު ގެ މި ދަތުރުފުޅުގައި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޑރ. މުހައްމަދު މުއިއްޒުފުވައްމުލަކު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު