Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަ ސުރުޚީ

ފުލުހުން ކުރަމުންދަނީ ޖިނާޢީ ކުށުގެ އަމަލުތަކެއް: މައުމޫން ހަމީދު

ފާރިސްގެ ފޯނުކަމަށް ފުލުހުން ބުނާ ފޯނަކީ ފާރިސްގެ ފޯނެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2017 | ބުދަ 19:33
ރާއްޖެޓިވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި މައުމޫން ހަމީދު ވާހަކަފުޅު ދައްކަވަނީ

ރާއްޖެޓިވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި މައުމޫން ހަމީދު ވާހަކަފުޅު ދައްކަވަނީ

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކުރައްވައިގެން ފުލުހުން ކުރަމުން ދަނީ ޖިނާޢީ ކުށުގެ އަމަލުތަކެއް ކަމަށް ފާރިސްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި މައޫމުން ހަމީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ކޮށްފައިވާ ދަޢުވާއިން ފެނިގެންދަނީ ޤާނޫނާއި ހިލާފުކަންތައްތައް ކަމަށެވެ. އެންމެ ފުރަތަމަ ފާރިސް ހައްޔަރުކުރެވުނީ ނުނިމޭ ތަހްޤީޤެއްގެ މައްޗަށް ކަމަށާއި، އުފުލާފައިނުވާ ދަޢުވާގެ މައްޗަށް ކަމަށާއި، އަދި ނުފަށާ ޝާރީޢަތެއްގެ ނިނުމާއި ހަމައަށް ފާރިސް ބަންދުކޮށްފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއީ ފުލުހުންގެ ޤާނޫނާއި ޖިނާޢީ އިޖުރާތުގެ ޤާނޫނާއި ޕީޖީގެ ޤާނޫނާއި އަދި އެންޓިޓޯޗަރ ޤާނޫނާ ޙިލާފް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް ޕްރޮސެކިއުޓަރ ޖެނަރަލްއަށް ފެނިވަޑައިގަތީ ފާރިސްކަމަށް ޤައުމަށް ނުރައްކާތެރި ބޭފުޅަކީ، ޤާނޫނީ ވަރަށް ބައިވަރު ހަމަތައް ޕީޖީ މި ދުއްވާލެއްވީ. އެއީ އެއްވެސް އެއްޗަކަށް ނުހައްދަވާ. ޤާނޫނާ ހިލާފު އެތައް ހަމަތަކެއް ދުއްވާލައިފައި ފާރިސްއާ ދިމާލަށް މި ވަޑައިގަންނަވަނީ ޕީޖީ،" މައުމޫން ހަމީދު ވިދާޅުވިއެވެ.

ޕީޖީން ވެސް ގާނޫނާ ހިލާފު އަމަލުތައް ހިންގަމުންދާއިރު ފާރިސް ހައްޔަރުކުރުމުގެ އަމުރެއް ޕީޖީ އޮފީހުން ނުހޯއްދެވި ނަަމަ، ގާނޫނާ ހިލާފު ކަމެއް ކުރުމަށް ފުލުހުންނަށް ހިތްވަރެއް ނުލިބޭނެ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ހެކިތަކަށް ބަލާއިރު ފާރިސްގެ ފޯނުކަމަށް ފުލުހުން ބުނާ ފޯނަކީ ފާރިސްގެ ފޯނު ނޫންކަމަށް ފާހަގަކުރައްވަމުން މައުމޫން ހަމީދު ވިދާޅުވީ ފޯނުގެ ވެރި ފަރާތުގެ ނަން ރިޕޯޓްގައި ހާމަކޮށްފައި ނުވާކަމަށެވެ. ސްކްރީންޝޮޓްތަކެއް ފޯނުން ފެނިފައިވާ ކަމަށް ފުލުހުން ބަޔާންކުރާއިރު އެ މުއްދަތުގައި ފޯނު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުއައްސަސާތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާއިރު، އެކަންކަމަށް އެ މުވައްޒަފުން ޒިންމާވާން ޖެހޭނެ ކަމަށާއި، ފުލުހުން މިހާރު ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް ފުލުހުން ޒިންމާ ވާނެ ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެކި އެކި މުއައްސަސާތަކަށް ފާރިސްގެ މައްސަލައިގައި ޖުމްލަ 45 ސިޓީ ހުށަހަޅުއްވާފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަށީގެންވާ ޖަވާބެއް އަދިވެސް ލިބިފައި ނުވާކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު