Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުރޯދަ އާއި ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރޯދަ އަށް ހުންނަ އިރު ހާރު ކެއުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ.

ރިފްޤާ އަބްދުލް ވައްހާބް
ރިފްޤާ އަބްދުލް ވައްހާބް | 12 ޖޫން 2018 | އަންގާރަ 12:09
މީހަކު ކިރަނީ

މީހަކު ކިރަނީ

ކޮންމެ މީހަކީ ވެސް ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް އެތަކެއް މަސައްކަތެއް ކުރާނެ މީހެކެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި އެކަށީގެންވާ ވަރަށް ބަރުދަން ލުއިކުރުމަކީ ގިނަ މީހުން އިސްކަންދޭ އެއް ކަންތަކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަސް ވެގެންދަނީ ބަރުދަން ލުއި ކުރަން ބޭނުންވާ ކޮންމެ މީހަކަށް ލިބިގެންދާ ރަނުގެ ފުރުސަތެކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ބަރުދަން ލުއިކުރުމަށް ކުރެވިދާނެ ބައެއް ކަންތައް:

ހާރު ކެއުން ދޫނުކުރުން: ރޯދަ އަށް ހުންނަ އިރު ހާރު ކެއުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ނަމަވެސް ބަރުދަން ލުއި ކުރުމަށްޓަކައި އެވަގުތު ކާން އެންމެ ރަނގަޅީ ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން އެކުލެވޭ ބާވަތްތަކެވެ. މި ގޮތަށް ކެއުމަށް ފަހު އެ ގަޑީގައި ޔޯގަޓް ފަދަ ކިރު ހިމެނޭ އެއްޗެއް ކާލުމަކީ ކުރެވިދާނެ ކަމެކެވެ.

ރަނގަޅަށް ކަސްރަތު ކުރުން: ރޯދައަށް ހުރެގެން ނުވަތަ ރޯދަ ވީއްލައިގެން ނަމަވެސް ދުވާލަކު މަދުވެގެން 30 މިނެޓް ކަސްރަތު ކުރަންވާނެއެވެ. މިގޮތުން 30 މިނެޓް ހިނގަން ނުވަތަ ދުވަން ދެވިދާނެއެވެ.

ރޯދަ ވިއްލާ ގަޑީގައި ހެޔޮވަރު ވަރަކަށް ކެއުން: ރޯދަ ވީއްލަން އެންމެ ރަނގަޅީ ދެ ކަދުރާއި ފެންތައްޓަކުންނެވެ. ރޯދަ ހިފާ ގަޑީގައި ވެސް އަދި ރޯދަވީއްލާ ގަޑީގައި ވެސް ރަނގަޅަށް ކާން ފެށުމުގެ ކުރިން 5 މިނެޓް މަޑުކުރަންވާނެއެވެ. އެ އަށް ފަހު ސޫޕެއް ބޭނުން ކުރެވިދާނެއެވެ. އަދި ހެޔޮވަރު ވަރަކަށް ތަރުކާރީގެ ބާވަތްތަކާއި ކާބޯހައިޑްރޭޓްސް އަދި ޕްރޮޓީންސްގެ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ.

ރޯދަ ވީއްލުމަށް ފަހު ގިނައިން ދިޔާ ތަކެތި ބޭނުންކުރުން: ރޯދަ ވީއްލުމަށް ފަހު ހާރުކެއުމާ ދޭތެރޭގައި ގިނައިން ދިޔާ ތަކެތި ބޭނުން ކުރަންވާނެއެވެ. އެގޮތުން މަދުވެގެން އަށް ތަށި ފެން ބުއިމަކީ ކުރެވިދާނެ ކަމެކެވެ. މިއީ ބަރުދަން ލުއި ކުރުމަށް އެހީ ވެދޭ އެންމެ މުހިންމު އެއް ކަމެވެ.

އިތުރަށް ކިޔާލަން

08 އޯގަސްޓު 2025

އަލަށް އުފެއްދި ގުޅަ ބޭހަކުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ބަރުދަން ލުއި ކުރެވިދާނެ

08 އޯގަސްޓު 2025
އަލަށް އުފެއްދި ގުޅަ ބޭހަކުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ބަރުދަން ލުއި ކުރެވިދާނެ
04 ޖެނުއަރީ 2019

ކަސްރަތު ކުރުމުންވެސް ބަރުދަން ލުއި ނުވަނީ ކީއްވެ؟

04 ޖެނުއަރީ 2019
ކަސްރަތު ކުރުމުންވެސް ބަރުދަން ލުއި ނުވަނީ ކީއްވެ؟
06 ޖޫން 2018

ސާގު: ބަރުދަން ލުއިކޮށްލަން ރަނގަޅު ބޭހެއް

06 ޖޫން 2018
ސާގު:  ބަރުދަން ލުއިކޮށްލަން ރަނގަޅު ބޭހެއް
01 ޖޫން 2018

ބަރުދަން ލުއިކުރަން ޑަޔަޓްގައި އާމަންޑް ހިމަނާ!

01 ޖޫން 2018
ބަރުދަން ލުއިކުރަން ޑަޔަޓްގައި އާމަންޑް ހިމަނާ!
08 މެއި 2018

ކޯމާގައި އޮތް ކުއްޖެއް މަރާލަން ތައްޔާރު ވެފައިވަނިކޮށް ހޭއަރައިފި

08 މެއި 2018
ކޯމާގައި އޮތް ކުއްޖެއް މަރާލަން ތައްޔާރު ވެފައިވަނިކޮށް ހޭއަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު