Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

33 އަހަރު ފަހުން އެމެރިކާގައި ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ޓްރަމްޕް އަމުރު ކުރައްވައިފި

30 އޮކްޓޯބަރު 2025 | ބުރާސްފަތި 08:26

އެގޮތުން އެހެން ޤައުމު ތަކުގެ ނިއުކްލިއާ ޓެސްޓިން ޕްރޮގްރާމް ތަކުގެ ސަބަބުން، ޑިޕާޓްމަންޓް އޮފް ވޯ އަށް ޓްރަމްޕް އަންގަވާފައި ވަނީ، އެއްވެސް ލަސް ކުރުމެއް ނެތި، ވަގުތުން އެމެރިކާ އިން އެކަން ފެށުމަށެވެ. ޓްރަމްޕްގެ މި އެންގެވުން ގިނަ ބަޔަކު ސިފަ ކޮށްފައި ވަނީ، ގޮތް ނޭނގޭ އަދި ހަރިރާން ކުރުވަނިވި އެންގުމެއްގެ ގޮތުގަ އެވެ.

ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރުމުގެ ކުރިން މިނެޓްތަކެއް ކުރިން ނިއުކްލިއަރ ހަތިޔާރު ޓެސްޓްކުރަން ވަގުތުން ފަށަން އެމެރިކާ ސިފައިންނަށް އަންގަވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 08:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގައި 33 އަހަރު ފަހުން، ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު، އެމެރިކާގެ އަސްކަރިއްޔާގެ ސިފައިންނަށް ޓްރަމްޕް އަންގަވާފައި ވަނީ 33 އަހަރު ފަހުން ފުރަތަމަ ފަހަރަށް އެ ޤައުމުގައި ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ވަގުތުން ފެށުމަށެވެ. މި އެންގުން ޓްރަމްޕް އަންގަވާފައި ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވެވި ބައްދަލުވުން ފެށުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ.

ހައިރާން ކުރުވަނިވި މި އިއުލާން ޓްރަމްޕް ކުރެއްވީ އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޗައިނާގެ ރައީސް އާއެކު އޮތް ވިޔަފާރީގެ މުހިންމު މަޝްވަރާތަކަށް ވަޑައިގަންނަވަމުން ޓްރަމްޕް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، އެހެން ނިއުކްލިއާ ބާރުރަކާ އެއްވަރަށް އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް ޓެސްޓު ކުރުމަށް ޕެންޓަގަން އަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން އެހެން ޤައުމު ތަކުގެ ނިއުކްލިއާ ޓެސްޓިން ޕްރޮގްރާމް ތަކުގެ ސަބަބުން، ޑިޕާޓްމަންޓް އޮފް ވޯ އަށް ޓްރަމްޕް އަންގަވާފައި ވަނީ، އެއްވެސް ލަސް ކުރުމެއް ނެތި، ވަގުތުން އެމެރިކާ އިން އެކަން ފެށުމަށެވެ. ޓްރަމްޕްގެ މި އެންގެވުން ގިނަ ބަޔަކު ސިފަ ކޮށްފައި ވަނީ، ގޮތް ނޭނގޭ އަދި ހަރިރާން ކުރުވަނިވި އެންގުމެއްގެ ގޮތުގަ އެވެ.

ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ ހަތިޔާރުގެ ގޮތުން ދުނިޔޭގެ އެންމެ ކުރީގައި އެމެރިކާ އޮތް ނަމަވެސް، ދެ ވަަނައިގައި އޮތީ ރަޝިޔާ ކަމަށެވެ. އަދި ތިން ވަނައިގައި ޗައިނާ އޮތްއިރު، ފަސް އަހަރުގެ ތެރޭގައި އެކަން އެއްވަރު ވެދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މިކަމުގެ އިތުރު އެއްވެސް ތަފްސީލެއް ޓްރަމްޕް ދެއްވާފައި ނުވެ އެވެ.

ޓްރަމްޕްގެ އެ ޕޯސްޓާ ގުޅިގެން، ޗައިނާގެ ރައީސް އާއެކު އޭނާ ބޭއްވެވި ބައްދަލުވުމުގެ ފަހުން ވެސް ނޫސްވެރިން ވަނީ ސުވާލު ކޮށްފަ އެވެ. ނަމަވެސް، އެއްވެސް ސުވާލަކަށް ޓްރަމްޕް ޖަވާބު ދެއްވާފައި ނުވެ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ނިއުކްލިއާ ބޮމުގެ އިކްސްޕްލޯސިވް ޓެސްޓިންގެ ކަންތައްތަކާ ބެހޭ ގޮތުންތޯ، ނުވަތަ ނިއުކްލިއާ ހަތިޔާރު އުފުލާ މިސައިލްތައް ޓެސްޓު ކުރުމާ ބެހޭ ގޮތުންތޯ ކަމެއް ވެސް ސާފުވެފައި ނުވެ އެވެ. ނިއުކްލިއާ ބޮމުގެ އިކްސްޕްލޯސިވް ޓެސްޓިން ހިންގަނީ ނޭޝަނަލް ނިއުކްލިއާ ސޭފްޓީ އެޑްމިނިސްޓްރޭޝަން އިންނެވެ.

އެމެރިކާ އިން އެންމެ ފަހުން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކޮށްފައި ވަނީ 1992 ވަނަ އަހަރު އެވެ. އެއަށްފަހު އެމެރިކާ އިން ނިއުކްްލިއާ ހަތިޔާރު ޓެސްޓު ކުރުން ހުއްޓާލައި، އެކަން ކުރުމުން ދުރުހެލިވެފައިވެ އެވެ. އެމެެރިކާ އިން އެ ފިޔަވަޅު ނަގާފައި ވަނީ، ބައިނަލްއަޤުވާމީ މުޖުތަމައުގެ ފަރާތްތަކުން ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމަށް ކުރަމުން އައި މަސައްކަތާ އެއްގޮތަށެވެ.

ޓްރަމްޕްގެ މި ނިންމުން އައިސްފައި ވަނީ ދުނިޔޭގެ ނިއުކްލިއާ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރު ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ޗައިނާ އާއި ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރުގެ ދާއިރާގައި ހޯދަމުން އަންނަ ތަރައްޤީ އާއި ކުރިއެރުމަށް އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މި ނިންމުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތުން ބޮޑެތި ސުވާލު ތަކެއް އުފެދޭނެ ނިންމުމެކެވެ. ދުނިޔޭގެ އެކި ގައުމު ތަކުން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުން ހުއްޓުވުމަށް ގޮވާލަމުން އައިސްފައިވާ އިރު، އެމެރިކާ އިން މި ނިންމުން ނިންމުމަކީ ބައިނަލްއަގުވާމީ އަމާން ކަމަށް ނުރައްކާވެ ދާނެ ކަމެއް ކަމަށް ބައެއް ތަޖުރިބާ ކާރުން ދެކެ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްއެމެރިކާނިއުކްލިއަރ ހަތިޔާރު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް