Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ތިން ވަނަ ދައުރަކަށް ވާދަ ކުރުމުގެ ފުރުސަތެއް ނެތް، އެކަމާ ވަރަށް ދެރަވޭ: ޓްރަމްޕް

ދެކުނު ކޮރެއާ އަށް ވަޑައިގަންނަވަމުން ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ރިޔާާސީ އިންތިޚާބުގައި އަލުން ވާދަ ކުރެއްވުމުގެ ފުރުސަތު އޭނާ އަށް ނެތް ކަމަށާއި، އެމެރިކާގެ ޤާނޫނު އަސާސީ ކިޔާލުމުން އެކަން ސާފުވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތިން ވަނަ ދައުރަކަށް ވާދަކުރުމުގެ ފުރުސަތު ގާނޫނުއަސާސީން ބަންދުކުރާކަން ގަބޫލުކުރައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2025 | ބުދަ 06:31
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރިޔާސީ ތިން ވަނަ ދައުރަކަށް ވާދަ ކުރެއްވުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ދެކުނު ކޮރެއާ އަށް ވަޑައިގަންނަވަމުން ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ރިޔާާސީ އިންތިޚާބުގައި އަލުން ވާދަ ކުރެއްވުމުގެ ފުރުސަތު އޭނާ އަށް ނެތް ކަމަށާއި، އެމެރިކާގެ ޤާނޫނު އަސާސީ ކިޔާލުމުން އެކަން ސާފުވާ ކަމަށެވެ. އަދި އެއީ ވަރަށް ދެރަވާ ކަމެއް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މިއީ މީގެ ކުރިން ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކާ ތަފާތު ވާހަކަ އެކެވެ. ދެ ވަނަ ދައުރަކަށް ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ، ތިން ވަނަ ދައުރަކަށް ވަޑައިގަންނަވަން ވެސް ޝައުޤުވެރިކަން އޮތް ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް، އެމެރިކާގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން، އެއްވެސް މީހަކަށް ވެރި ކަމުގައި ހުންނެވޭނީ ދެ ދައުރަށެވެ.

އެގޮތުން އެމެރިކާގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ، އެއް މީހަކަށް ދެ ދައުރަށް ވުރެ އިތުރަށް ރައީސްކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. މިހާރު ޓްރަމްޕް ހުންނެވީ އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރުގަ އެވެ. މިއަހަރުގެ ޖަނަވަރީ މަހު ފެށުނު ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރު ހަމަވާނީ، 2029 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ.

އެކަމާ ގުޅޭ ގޮތުން އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން ވިދާޅުވީ، އެ މައްސަލައިގައި އޭނާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ތިން ވަނަ ދައުރަކަށް ވާދަ ކުރެއްވުމުގެ ހުއްދަ، ނުވަތަ ފުރުސަތެއް ޤާނޫނު އަސާސީ އިން ނެތް ކަމަށާއި، ޤާނޫނު އަސާސީ އިސްލާޙު ކުރުމުގެ ފުރުސަތު ވެސް ނެތް ކަމަށް ޓްރަމްޕް ޤަބޫލު ކުރައްވާފައިވާ ކަމަށް ޖޯންސަން ވަނީ ވިދާޅުވެފަ އެވެ.

ޖޯންސަން ވިދާޅުވީ ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ވެސް ކޮންގްރެސްގެ ދެ ބައި ކުޅަ އެއް ބައި ވޯޓު ބޭނުންވާނެ ކަމަށާއި، އޭގެ ފަހުން އަދި ތިން ބައި ކުޅަ އެއް ބައި ވޯޓު ވެސް ބޭނުން ވާނެ ކަމަށެވެ. އެކަމަށް ދިހަ އަހަރުގެ މުއްދަތެއް ނެގުމަކީ ވެސް އެކަށީގެންވާ ކަމެއްކަން ފާހަގަ ކުރައްވައި ޖޯންސަން ވިދާލުވީ، އެކަމަށް މަގެއް އޮތް ކަމަށް ވެސް ޤަބޫލު ނުކުރެއްވޭ ކަމަށެވެ.

އުމުރުފުޅުން މިހާރު 79 އަހަރުވެފައިވާ ޓްރަމްޕް ގެންދަވަނީ އޭނާގެ ޖަލްސާ ތަކުގައި ތިން ވަނަ ދައުރެއްގެ ވާހަކަ ކޮންމެ ވެސް ވަރަކަށް ދައްކަމުންނެވެ. އެގޮތުން "ޓްރަމްޕް 2028" ޖަހާފައިވާ ތަކެތި ވެސް އަންނަނީ ބޭނުން ކުރަމުންނެވެ. ނަމަވެސް، ޖޯންސަން އެކަން ސިފަ ކުރެއްވީ ސިޔާސީ ތަމްސީލެއްގެ ގޮތުގަ އެވެ. އެގޮތުން އެއީ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ އިސްވެރިން ހާސްކުރުމުގެ މަޤުސަދުގައި ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަފުތާގެ ކުރީ ކޮޅު ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ ނައިބު ރައީސް ޖޭޑީ ވޭންސް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަކީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ އިން ވާދަ ކުރައްވާނެ ކެންޑިޑޭޓުންގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސް ކަމުގެ ފުރަތަމަ ދައުރަށް ޓްރަމްޕް ވަޑައިގެންނެވީ 2017 ވަނަ އަހަރު އެވެ. އެއީ 2016 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަންގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރު ހަމަވީ 2021 ވަނަ އަހަރު އެވެ. 2020 ވަނަ އަހަރުގެ ފަހު ކޮޅު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވާދަ ކުރެއްވީ ދެ ވަނަ ދައުރެއް ހޯއްދެވުމަށެވެ. ނަމަވެސް، ކުރީގެ ރައީސް ޖޯ ބައިޑަންއާާ ވާދަ ކުރައްވައި ޓްރަމްޕް އަށް ވަނީ ނާކާމިޔާބުވެފަ އެވެ.

އޭގެ ފަހުން ބައިޑަންގެ ދައުރު ހަމަވާން ކައިރިވެފައި ވަނިކޮށް، 2024 ވަނަ އަހަރުގެ ފަހު ކޮޅު އޮތް ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވާދަ ކުރެއްވި އެވެ. ޑިމޮކްރަޓިކް ޕާޓިގެ ރިޔާސީ ޓިކެޓު ބައިޑަން ދޫކޮށްލެއްވުމާ އެކު، ދެން އިންތިޚާބުގައި ވާދަ ކުރެއްވީ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ. އިންތިޚާބުގައި ކަމަލާގެ މައްޗަށް ކުރި ހޯއްދަަވައި، ޓްރަމްޕް ވަނީ ރިޔާސީ ދެ ވަނަ ދައުރެއް ހޯއްދަވައިފަ އެވެ. ދެ ވަަނަ ދައުރުގެ ހުވާ ޓްރަމްޕް ކުރެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްއެމެރިކާމައިކް ޖޯންސަންރިޕަބްލިކަންް ޕާޓީ - އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު