Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިފަރު

ރިޔާސީ އިންތިހާބުގައި ނައިފަރަށް ވެވަޑައިގެންނެވި އެއްވެސް ނުފުއްދަވާ، އަނެއްކާ ވެސް އެވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފި

28 އޮކްޓޯބަރު 2025 | އަންގާރަ 12:05

ޅ.ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 އޮކްޓޯބަރު 2025 | އަންގާރަ 12:05
އީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޅ ނައިފަރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން - 27-10-2025

އީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޅ ނައިފަރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން - 27-10-2025

ރިޔާސީ އިންތިހާބުގައި ނައިފަރަށް ވެވަޑައިގެންނެވި އެއްވެސް ނުފުއްދަވާ، ވެރިކަމަށް ދެ އަހަރުވާން ކައިރިވެފައިވަނިކޮށް އަނެއްކާވެސް އެވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނައިފަރުގެ ރައްޔިތުންނަށް ދެއްވައިފި އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނައިފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޅ.ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަޝްރޫޢުތައް ނުހުއްޓި، ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާ، ނިންމަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ބަނދަރުގެ މަޝްރޫއު

ރަށުގެ ތަރައްޤީއަށް ކުރައްވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ބަނދަރާއި މިހާރު އޮތް ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުމާއެކު، އަނެއްކާވެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށް ޅ.ނައިފަރު ވާނޭ ކަމަށާއި، ހަމަ ޔަޤީނުންވެސް އުތުރުގައި އޮންނަ އެންމެ ބޮޑު ބަނދަރަށް ވާނެކަމުގައި ވިދާޅުވެފަ އެވެ.

ތަޢުލީމީ ދާއިރާ

ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ޅ.ނައިފަރަކީ ފަޚްރުވެރި ރަށެއްކަމުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރބަން ސެންޓަރެއްގެ ހައިސިއްޔަތުން ރަށުގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި މުހިންމު މަޝްރޫޢުތަކެއް ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. ޅ.ނައިފަރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ކެމްޕަހެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސޮއިކުރައްވާފައިވާއިރު، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ކެމްޕަހަކާއި ދަނާލެއް ގާއިމުކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފަ އެވެ. މީގެ އިތުރުން، 10 ކުލާސްރޫމް އާއި، އެކި ކަހަލަ ލެބްތައް ހިމެނޭ ގޮތަށް ސްކޫލަށް އިތުރުކުރެވޭ ޢިމާރާތުގެ ޢަމަލީ މަސައްކަތްވެސް މިއަހަރު ތެރޭ ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހަމަ މިއާ އެކު ނައިފަރުގެ އިސްލާމީ މަރުކަޒު ގާއިމު ކުރުމުގެ ކަންކަން ވެސް ހަމަޖެހިފައިވާ ކަމަށާއި، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ޞިއްޙީ ދާއިރާ

ޞިއްޙީ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ ސްކޯޕް އަދިވެސް އިތުރަށް ފުޅާކުރައްވައި، 50 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. ހަމަ މިއާއެކު އަރބަން ސެންޓަރެއްގައި ލިބެން ހުންނަ ޞިއްޙީ ޚިދުމަތްތައް ވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.

ބޯހިޔާވަހިކަން

ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއް ދާއިރާކަމަށާއި، މި ދައުރުގެ ތެރޭގައި ޅ. ނައިފަރުގައި 800 ހައުސިންގް ޔުނިޓްގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށާއި، އޭގެ ތެރެއިން ގިނަ ޔުނިޓްތަކެއް ނިންމަވައި ދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ބިން ހިއްކުން

ޅ. ނައިފަރަކީ ރަށުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައި އޮތް ރަށެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށް ކުރަން ހުރި ބައެއް މަސައްކަތްތަކަކީ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭ ހިސާބުން ކުރިއަށް ގެންދެވެން ހުރި މަޝްރޫޢުތަކެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 45 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވުމަކީ، ތަރައްޤީގެ އައު ޞަފުޙާއެއް އެއްލިގެން ދިއުންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވަޢުދު ވެވަޑައިގަތީ، އެ ވަޢުދުތައް ފުއްދަވައިދެއްވުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒުނައިފަރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް