Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ރައްޔިތުންގެ ހައްގުަތައް ފޯރުކޮށް ނުދޭ ނަމަ މުޒާހަރާ ވެސް ކުރާނަން، ވެރިކަމުން ބާލަން ކުރަން ޖެހޭ ކަންކަން ވެސް ކުރާނަން: މައުރޫފް

ހަގީގީ މާނައިގައި ގޯއްޗާއި ފްލެޓްގެ މަސައްކަތް އާއްމުން ބޭނުންވާ ގޮތަށް މަސައްކަތް ކުރާ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2025 | ހޯމަ 03:49
 ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެމްޑީޕީގެ އޯޕެން މައިކް ސެޝަންގައި ވާހަކަދައްކަވަނީ

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެމްޑީޕީގެ އޯޕެން މައިކް ސެޝަންގައި ވާހަކަދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވައުދުވީ ގޮތަށް ރައްޔިތުންގެ ހައްގުަތައް ފޯރުކޮށް ނުދޭ ނަމަ އެމްޑީޕީން މުޒާހަރާ ވެސް ކުރާނެ ކަމަށާއި، ވެރިކަމުން ދުރުކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތު ފެއިލް ވާތީ އެކަމާއި މެދު ބޭއްވި އޯޕެން މައިކް ސެޝަން އެއްގައި ވާހަކަދައްކަވަމުންނެވެ.

މި އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ބުނެ ރައީސް ޑރ.މުހައްމަދު މުއިއްޒު ދިވެހިންނަށް ދިނީ ލަނޑެއް ކަމަށާއި އެފަދައިން ދިވެހިންނަށް އަނިޔާދޭ ތަން ބަލަން ނުތިބެވޭނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ވެރިކަމަށް އަންނަން ރައީސް ޑރ.މުއިއްޒު އެންމެ ބޮޑަށް ދެއްކެވި ވާހަކަ އަކީ ބޯހިޔާވަހިކަމުގެ ވާހަކަ ކަމަށެވެ. އަދި މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތީ ވެސް އެ ވާހަކައިގެ ސަބަބުން ކަމަށް މައުރޫފް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމާއި މެދު މުއިއްޒު ދެއްކެވި ވާހަކަ އަކީ އެއީ އޮޅުވާލަން ދެއްކެވި ވާހަކަ އެއްކަން މިއަދު އެނގޭ ކަމަށް މައުރޫފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެރިކަމުގައި މުއިއްޒު ހުންނެވީ ދިވެހިންނަށް "ދޯކާ" ދީފައި ކަމަށާއި މުއިއްޒު ވެރިކަމުން ބާލަން ޖެހޭ ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމް އޮތީ ވެރިކަމަށް އަންނަން ވާ ވައުދުތައް ނުފުއްދުމުން ވެރިކަމުގައި ހުންނަވާ ބޭފުޅާ ވެރިކަމުން ބޭލޭ ގޮތަށް ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

"2025 ވަނަ އަަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބޯހިޔާވަހިކަމުގެ ބަޖެޓް ކަމުގައި ވިދާޅުވެ އަހަރު ހުސްވީ އެއްކަމެއް ނުކޮށް. ކީއްކުރަންތޯ ދިވެހިންނަށް އެވަރު ލަނޑެއް ތިދެނީ. ކީއްކުރަންތޯ އެހާލުގައި ތި ޖައްސަވަނީ. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ. އަޅުގަނޑުމެން ސިޔާސީ މީހުން މިކަން މިހެން ހިނގާ އިރު ބަލަން ނުތިބެވޭނެ. އެހެންވެގެން އެމްޑީޕީން ހައްގުތައް ހޯދަން ތަކުރާރުކޮށް ނުކުންނަނީ." މައުރޫފް ވިދާޅުވި އެވެ.

ހަގީގީ މާނައިގައި ގޯއްޗާއި ފްލެޓްގެ މަސައްކަތް އާއްމުން ބޭނުންވާ ގޮތަށް މަސައްކަތް ކުރާ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގައި އެންމެ ފުރަތަމަ ފްލެޓް އަޅަން ނިންމީ އެމްޑީޕީ އިން ކަމަށާއި އެކަން ކުރެވިދާނެ ކަމާއި މެދު ވެސް އޭރުގެ އދިިކޮޅު ފަރާތްތަކުން ސުވާލު އުފެއްދި ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ލިބޭނެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

1 އޮކްޓޯބަރގައި ކާނިވާ ސަރަހައްދަށް އެއްވެ ބޯހިޔާވަހިކަމުގެ މައްސަަލައިގައި ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.

ރައީސް މުއިއްޒުމައުރޫފް ޒާކިރުއެމްޑީޕީބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފާޑުކިޔުން ބޮޑުވެ، އައިޕީޔޫ އާއި އައިއެލްއޯ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޕީ މައުރޫފް ދޫކޮށްލައިފި

ފާޑުކިޔުން ބޮޑުވެ، އައިޕީޔޫ އާއި އައިއެލްއޯ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޕީ މައުރޫފް ދޫކޮށްލައިފި

13 ޑިސެމްބަރު 2025
މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު