Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނގިރޭޓް ވައްކަން

ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށްފި

26 އޮކްޓޯބަރު 2025 | އާދީއްތަ 07:23

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރެއްގެ ސިނގިރޭޓް ވަގަށް ނެގުމާ ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހެޅުނީ 2025 އޮކްޓޯބަރު 9 ވަނަ ދުވަހު

އަލީ ޝާހީން
އަލީ ޝާހީން | 26 އޮކްޓޯބަރު 2025 | އާދީއްތަ 07:23
ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލާގައި ހައްޔަރު ކުރި 3 މީހުން

ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލާގައި ހައްޔަރު ކުރި 3 މީހުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ހދ. ވައިކަރަދޫ، ނޫރަލީގޭ އަޙްމަދު ޝަހީމް (42އ)، ސ. ހިތަދޫ، ޗާނދަނީގޭ ޙުސައިން ސާމިޙު (35އ) އަދި ހ. ރުމޭނިޔާ، އަޙްމަދު ފިރުސާން (35އ) އެވެ. މި 3 ފަރާތް ހައްޔަރުކޮށްފައިވަނީ 2025 އޮކްޓޯބަރު 24 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ، ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައަކީ 2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރެއްގެ ސިނގިރޭޓް ވަގަށް ނެގުމާ ގުޅިގެން 2025 އޮކްޓޯބަރު 09 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައް ކަމަށެވެ.

ހައްޔަރުކުރެވުނު ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޝަހީމް އާއި ޙުސައިން ސާމިޙު 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އަޙްމަދު ފިރުސާން 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވެސް ވަނީ އަމުރު ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ 4 މީހެކެވެ. އެއީ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ހުޅުމާލެ ބަނދަރުގައި އިސްކޮށް މިހާރު މަސައްކަތް ކުރި ކަސްޓަމްސްގެ އޮފިސަރު ޒިވާރު އިސްމާއިލްގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ އެވެ.

މި ހަތަރު މީހުންގެ ފަހުން ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދާއި ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން ނަމަކަށް ކިޔާ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައާއި ގުޅިގެން 12 މީހަކު ރާއްޖޭން ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ސިނގިރޭޓް ވައްކަން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

22 ނޮވެމްބަރު 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
16 ނޮވެމްބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

16 ނޮވެމްބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
31 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި ހިމެނޭ އާއްޓެ އާއި މުއާޒު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

31 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި ހިމެނޭ އާއްޓެ އާއި މުއާޒު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް