Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އޮކްޓޯބަރ 31 އަދި ނޮވެމްބަރ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ޚާއްސަ ތައްޔާރީތަކެއް

24 އޮކްޓޯބަރު 2025 | ހުކުރު 08:24

ޒުވާނުންގެ ހިތްވަރުން ވަނީ ކޯލް ސެންޓަރ އެއް ޤާއިމްކުރުމަށާއި މެދުކެނޑުމެއް ނެތި އެއްވުންތައް ކުރިއެރުވުމަށް އިސްނަގައިގެން ހަރަކާތްތެރިވުމަށް ފާސްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 އޮކްޓޯބަރު 2025 | ހުކުރު 08:24
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގެ ތެރެއިން 24.10.2025

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގެ ތެރެއިން 24.10.2025

އޮކްޓޯބަރ 31 އަދި ނޮވެމްބަރ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޒުވާނުންގެ ހިތްވަރުން ޚާއްސަ ތައްޔާރީތަކެއް ވުމަށް ޒުވާނުންގެ ހިތްވަރު ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން އެފަދައިން ފާސްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމަށް ޒުވާނުންގެ ހިތްވަރުން ގދ. އަތޮޅުގެ ކައުންސިލް މެމްބަރު އަލީ މުއައްވިޒު ވަނީ އޮކްޓޯބަރ 31 އަދި ނޮވެމްބަރ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ތައްޔާރުވުމުގައި އެ ކައުންސިލްގެ ދައުރު އިތުރުކުރުމަށް ގޮވާލާ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުން ފާސްކުރީ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ރޭ، ޒުވާނުންގެ ހިތްވަރުން ވަނީ ކޯލް ސެންޓަރ އެއް ޤާއިމްކުރުމަށާއި، މެދުކެނޑުމެއް ނެތި އެ ދެ އެއްވުން ކުރިއެރުވުމަށް ޒުވާނުންގެ ހިތްވަރުން އިސްނަގައިގެން ހަރަކާތްތެރިވުމަށް ވަނީ ފާސްކޮށްފައެވެ. އަދި ފޯކަސް ކޮށްގެން ވަކި ވަކި މީހުންނަށް ވެސް ހަރަކާތުގެ މުހިންމުކަން އަންގާދިނުމަށް މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ.

"އެއްވެސް ކުށެއް ނެތި ޒުވާނުން ހައްޔަރު ކުރަމުންދަނީ. އެއީ މި ސަރުކާރުގެ ވަރަށް ފިނޑި އަމަލެއް. އަޅުގަނޑުމެން މިކަން ކުށްވެރިކުރަން. އެހެންވީމަ އަޅުގަނޑު ހުށަހަޅަން މިހާރަށް ވުރެ ފުޅާކޮށް މަސައްކަތް ކުރަން" އަލީ މުއައްވިޒު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްޓަކާ ޒުވާނުންނަށް ވީ އެއްވެސް ވައުދެއް ނުފުއްދާ ޒުވާނުން ބިކަ ކުރަމުންދާ ކަަމަށް އެ ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ. ވެރިކަމަށް ދެ އަހަރު ވާން ކައިރިވެފައިވާ އިރު ޒުވާނުން މަގުމަތިކޮށްފައިވާ ކަމަށް ވެސް އެ ހުށަހެޅުމުގައިވެއެވެ. މީގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ ރައީސް ރިފްގާ ޝަހީމް ވަނީ މިފަދަ ކަންކަމުގައި ޒުވާނުން ހިތްވަރު ނެރުމުގެ މުހިންމު ކަމަށް އަޅުވާލައްވާފައެވެ. އަދި ސަރުކާރު ޖަވާބުދާރީ ނުކޮށް ތިބެވެން ނެތް ކަމަށް ރިފްގާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ އަޑު އުފުލަން. ނުދައްކަންޏާ ހިއެއް ނުވޭ މި ދާގޮތުން އަތުފަތު ޖެހޭނެ ހެނެއް." ރިފްގާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގެ ތެރެއިން 24.10.2025

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގެ ތެރެއިން 24.10.2025

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނައިބު ރައީސް މަރިޔަމް އީމާ ޝަފީގް ވަނީ ޒުވާނުންގެ ކަންބޮޑުވުންތައް ބެލުމަށް ދާދިފަހުން ދިރާސާ އެއް ކޮށްފައިވާކަމަށާއި، އެ ދިރާސާއިން އެނގުނު ގޮތުގައި މިއަދު ޒުވާނުން ތިބީ ބިކަވެފައި ކަމަށް އީމާ ވަނީ ފާހަގަ ކުރައްވާފައެވެ.

ގާތްގަނޑަކަށް 500 އެއްހާ މީހުން ދެ ދުވަހުގެ ތެރޭގައި އެ ސަރވޭގައި ބައިވެރިވި އިރު ޒުވާނުންގެ ޝަކުވާތައް އިންތިހާ އަށް ހުރިކަން އެ ސަރވޭ އިން ހާމަވި ކަމަށް އީމާ ވިދާޅުވިއެވެ. ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ނެތުމާއި، ތަކެތީގެ އަގު ބޮޑުވުން ފަދަ ކަންކަމުގެ ސަބަބުން ޒުވާނުންގެ ދިރިއުޅުމުގެ ހާލަތު ވަނީ އިންތިހާ އަށް ދަށްވެފައި ކަމަށް އީމާ ވިދާޅުވިއެވެ.

"ފެން ބިލް ވަނީ ބޮޑު. ކަރަންޓު ބިލް ވަނީ ބޮޑު. ކިހިނެތްތޯ ޒުވާނުން ދެކޮޅު ޖައްސާނީ. އެބަ އަހާ ކީއްވެހޭ ޒުވާނުން ގިނަ ދަރިން ނުހޯދަނީ. ކިހިނެތްތޯ ދަރިން ހޯދަނީ؟ މި ހުރީ ހާލަތު." އީމާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގެ ތެރެއިން 24.10.2025

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ބައްދަލުވުމުގެ ތެރެއިން 24.10.2025

އެ ބައްދަލުވުމުގައި ޤައުމީ މަޖިލީހުގެ އެހެން މެމްބަރުން ވެސް ވަނީ ވާހަކަދައްކާފައެވެ. ހުރިހާ މެމްބަރުންގެ ވާހަކައިގައި ވެސް ޒުވާނުންނާއި ޤައުމުގެ ހާލަތު އިންތިހާ އަށް ދަށަށް ދާކަން ފާހަގަކޮށްފައިވެއެވެ. އަދި ޤައުމުގެ ކަންކަން ނިންމުމުގައި ޒުވާނުން ބައިވެރި ނުކުރުމާއި، ޒުވާނުންނަށް ދޮގު ވައުދުތައް ވުން ފަދަ ކަންބޮޑުވާ އެތައް ކަމެއް ހުރި ކަމަށް ޒުވާނުންގެ ހިތްވަރުގެ މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީއަލީ މުއައްވިޒުރިފްގާ ޝަހީމްމަރިޔަމް އީމާ ޝަފީގް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް