Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް ކޮލިފައިން

ވޯލްޑްކަޕް ކޮލިފައިން: އެއްވަރުވެ، ކޮލިފައިވުމަށް އާޖެންޓީނާއަށް އިތުރު ހުރަސްތަކެއް

6 ސެޕްޓެމްބަރު 2017 | ބުދަ 03:49

ވެނެޒުއޭލާއާ އާޖެންޓީނާ ވާދަކުރި މެޗު ނިމުނީ 1-1 އަކުން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 ސެޕްޓެމްބަރު 2017 | ބުދަ 03:49
އާޖެންޓީނާއާ ވެނެޒުއޭލާ ވާދަކުރި މެޗުގެ ތެރެއިން

އާޖެންޓީނާއާ ވެނެޒުއޭލާ ވާދަކުރި މެޗުގެ ތެރެއިން

2018 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އާޖެންޓީނާ ކުޅުނު މެޗުން އެ ޓީމު އެއްވަރުވެއްޖެއެވެ.

އާޖެންޓީނާއިން އަމިއްލަ ގައުމުގައި ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ވެނެޒުއޭލާއަކީ މިވަގުތު ކޮމްބެލްގެ ވޯލްޑްކަޕް ކޮލިފައިން ގްރޫޕުގެ އެންމެ ފުލުގައި އޮތް ޓީމެވެ. މުޅި މެޗުވެސް ޑޮމިނޭޓުކޮށް މޮޅު ކުޅުމެއް އާޖެންޓީނާއިން ދެއްކި ނަމަވެސް އެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ހޯދިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީވެސް އާޖެންޓީނާއިންނެވެ. އެގޮތުން މަޝެރާނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މައުރޯ އިކާޑީ ފޮނުވާލި ހަމަލާ ވެނެޒުއޭލާގެ ކީޕަރުވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ 22 ވަނަ މިނުޓުގައި ޒުވާން ފޯވާޑް ޕައުލޯ ޑިބާލާ ފޮނުވާލި ހަމަލާގެވެސް ހުރަހަކަށްވީ ވެނެޒުއޭލާގެ ޒުވާން ކީޕަރު ފަރިނޭޒްއެވެ. އާޖެންޓީނާގެ ފޯވާޑުންނަށް ވެނެޒުއޭލާގެ ގޯލު ފުރަތަމަ ހާފުގައި ހުޅުވާލެވިފައި ނުވާއިރު މި ހާފް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެންވެސް އާޖެންޓީނާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެނެޒުއޭލާއިންނެވެ. އެގޮތުން މެޗުގެ 50 ވަނަ މިނުޓުގައި އާޖެންޓީނާގެ މިޑްފީލްޑުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ވެނެޒުއޭލާގެ ފޯވާޑް މުރީލޯ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެހެންނަމަވެސް އާޖެންޓީނާއިން ވަނީ އޭގެ ހަތަރު މިނުޓު ފަހުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމުގެ ޑިފެންޑަރު އަކޫނާ ނަގައިދިން ހުރަހެއް ވެނަޒުއޭލާގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަދެގެން އާޖެންޓީނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑަށް ފަހުވެސް އާޖެންޓީނާއިން އެޓޭކިން ގޭމެއް ފެނުނު ނަމަވެސް ދެވަނަ ލަނޑެއް އެ ޓީމަށް ޖެހޭގޮތް ވަނީ ނުވެފައެވެ.

މި މެޗު އެއްވަރުވުމާ ވިދިގެން އާޖެންޓީނާއިން އަންނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ކުޅުނު 16 މެޗުން ލިބުނު 24 ޕޮއިންޓާއެކު އާޖެންޓީނާއޮތީ ކޮމްބެލް ވޯލްޑްކަޕް ކޮލިފައިން ގްރޫޕުގެ ފަސްވަނައިގައެވެ. އަދި ވެނެޒުއޭލާ އޮތީ ކުޅުނު 16 މެޗުން ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް