Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕެންޝަން އޮފީސް

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި

އަޝްރަފް އިސްތިއުފާ ދެއްވީ ފައިސާ ޗާޕުކުރުމުގެ މައްސަލައިގައި ޕެންޝަން ބޯޑުގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައި ވަނިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ޑިސެމްބަރު 2025 | ބުދަ 17:00
ޕެންޝަން ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރެއްވި އަޝްރަފް ރަޝީދު

ޕެންޝަން ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރެއްވި އަޝްރަފް ރަޝީދު

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުގެ އިތުރު މެންބަރަކު އިސްތިއުފާ ދީފި އެވެ.

އިސްތިއުފާ ދެއްވީ އެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރާ އަޝްރަފް ރަޝީދެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ މި ސަރުކާރުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ. މީގެ އިތުރުން އޭނާ އަކީ ފިނޭންސް މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓުގެ އެންމެ އިސް ވެރިޔާ އެވެ.

Advertisement - newsAdvertisement

އަޝްރަފް މަގާމުން އިސްތިއުފާ ދެއްކި އިރު ފައިސާ ޗާޕުކުރުމުގެ މައްސަލައިގައި ޕެންޝަން ބޯޑުގެ މެންބަރުންގެ މެދުގައި އޮތީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އަދި އަޝްރަފް އެ ބޯޑުން އިސްތިއުފާ ދެއްވީ ވެސް ފައިސާ ޗާޕްކުރުމުގެ ވާހަކަތެއް ބައްދަލުވުމެއް ބާއްވާ ދެކެވިފައިވަނިކޮށެވެ.

އަޝްރަފް އިސްތިއުފާ ދެއްވިކަން ޕެންޝަން އޮފީހުން ހާމަ ނުކުރި ނަމަވެސް، އެ އޮފީހުގެ ވެބްސައިޓުގައި ކުރީގެ ބޯޑު މެންބަރުންގެ ލިސްޓުގެ އެންމެ ފަހު ނަމެއްގެ ގޮތުގައި ވަނީ އޭނާގެ ނަން ހިމަނާފަ އެވެ. އެގޮތުން އޭނާ ބޯޑުގައި 2 ޖޫން 2024 އިން 10 ޑިސެމްބަރު 2025 އަށް މަސައްކަތް ކުރިކަމަށް ވަނީ ހިމަނާފަ އެވެ.

އަޝްރަފް އިސްތިއުފާ ދެއްވި އިރު އެ އޮފީހުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ހައްވާ ފަޖުވާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވެ އެވެ. ފަޖުވާގެ އިސްތިއުފާއާއި ގުޅޭ ގޮތުން އޭނާ ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ފުންކޮށް އެކަމާމެދު ވިސްނެވުމަށް ފަހު ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން އޮކްޓޯބަރު 22، ގައި ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވި އެވެ. އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު ފޫއަޅުވާލައިގެން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އޮތް ނުރައްކާ ބޮޑު ކަމަށެވެ.

ޕެންޝަން އޮފީސްފައިސާ ޗާޕްކުރުން

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
04 ނޮވެމްބަރު 2025

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި
28 އޮކްޓޯބަރު 2025

ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ

28 އޮކްޓޯބަރު 2025
ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ
26 އޮކްޓޯބަރު 2025

ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ

26 އޮކްޓޯބަރު 2025
ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު