Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެނެރަލް ދީދީގެ ޝަރީޢަތް

ޖެނެރަލް ދީދީގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު

6 ސެޕްޓެމްބަރު 2017 | ބުދަ 03:47

އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ދީދީ ކޮމާންޑް ކުރިކަން އެއްވެސް ލިޔުކިޔުމެއްގައި ބަޔާން ކޮށްފައެއް ނުވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 6 ސެޕްޓެމްބަރު 2017 | ބުދަ 03:47
އިބްރާހިމް ދީދީ

އިބްރާހިމް ދީދީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ މައްސަލާގައި ޝަރިޢާތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ޖެނެރަލް ދީދީގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު 14:30 އަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށް މި ދިޔަ މަހު 17 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތް ކުރާއިރު މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.

މައްސަލަ ކުރިއަސް ގެންދެވޭނެ ކަމަށް ނިންމުމަށް ފަހު ދިފާއުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުނައް ހުށަހެޅުމަށް ދީދީ އަށް ދިން ފުރުސަތުގައި ލިޔެކިޔުންތައް ހުށަހަޅާފައި ވަނީ މި ދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ދީދީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރެރިޒަމްގެ ދައުވާއަށް ދީދީ އިންކާރު ކުރާ ސަބަަބުތައް ބަޔާން ކޮށްދިނުމަށް ޝަރީޢަތުން ވަނީ ދީދީ އަށް ފުރުސަތު ދީފައެވެ. އެގޮތުން ދައުވާ އަށް އިންކާރުކުރާ ސަބަަބުތައް ބަޔާންކޮށް ވާހަކަ ދައްކަމުން ދީދީގެ ވަކީލް ވިދާޅުވީ ދައުލަތުން ދީދީގެ މައްޗަށް ކުރާ ޓެރެރިޒަމްގެ ދައުވާއާ ގުޅޭ ގޮތުން ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް މާލޭ އޭރިޔާގެ ކޮމާންޑަރުގެ ހައިސީއްޔަތުން ދީދީ އަމުރު ކުރިކަން ބަޔާން ކޮށްފައި ނުވާ ކަމަށެވެ. މީގެއިތުރުން ދީދީގެ ވަކީލް ވިދާޅުވީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ދީދީ އަށް އަމުރު ކުރި ކަމަށް ނުވަތަ ކޮމާންޑް ކުރި ކަަމަށް އެނގޭފަދަ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް، ދީދީ އަށް އަމުރު ކުރިކަން ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގައި ބަޔާން ކޮށްފައި ނުވާކަން ދީދީގެ ވަކީލް ވިދާޅުވިއެވެ.

ޖެނެރަލް ދީދީގެ ވަކީލް ވިދާޅުވީ ސިފައިން އޭރު ހިންގި އޮޕަރޭޝަން އަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހާއްސަ ކޮށްގެން ހިންގި އޮޕަރޭޝަނެއް ނޫންކަން ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އެ އޮޕަރޭޝަން އަކީ އޭރުގެ ހާލަތާ ގުޅޭ ގޮތުން ސިފައިން މުޅި ރާއްޖޭގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ޖެނެރަލް ދީދީގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް، ސިފައިންގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށް ލަފާ ހޯއްދެވިކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ފިޔަވައި އެެހެން ހުރިހައި އޮފިސަރުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ދެކޮޅު ހެއްދެވި ކަމަށާއި އެހެން ކަމުން އަބްދުﷲ ގަޒީ ހައްޔަރު ކުރުމުގެ އެއްވެސް ނިޔަތެއް ނުވަތަ ބައިވެރިވުމެއް އަދި ލަފައެއް ދީދީ ދެއްވާފައި ނުވާކަން އެނގޭ ކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.

ދީދީގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވީ ސިފައިން ހިންގި އޮޕަރޭޝަންއަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނެއްކަން އޮޕަރޭޝަންގެ ރިޕޯޓުގައި ބުނެފައިވާ ކަމަށާއި އަދި ހިންގި އޮޕަރޭޝަންގައި މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހަމައްޖައްސާފައި ވަނީ ދީދީ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް