Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދާރުލް އާސާރު

ދާރުލް އާސާރުން އުކާލި ކުނި: މިނިސްޓަރު ވިދާޅުވަނީ ކުނި ނައްތާލީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކަމަށް

ދާރުލްއާސާރުން 12 ލޮރީގެ ކުނި ބޭރުކުރި އިރު އެތަކެތީގެ ފޮޓޯ އާއި ވީޑިއޯ ނަގާފައިވާކަން ވަޒީރު ސާފުކޮށް ނުދެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2025 | ހޯމަ 08:28
ގައުމީ ދާރުލްއާސާރު ދޮރުމަތީގައި ސަތަރިއަޅާ ބަންދުކޮށްފައި

ގައުމީ ދާރުލްއާސާރު ދޮރުމަތީގައި ސަތަރިއަޅާ ބަންދުކޮށްފައި

ދާރުލްއާސާރު އާރާސްތު ކުރުމުގެ ތެރެއިން އުކާލި ތަކެތީގެ އަގާއި، އެތަކެތި އުކާލި ގޮތާއި މެދު ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މިނިސްޓަރ އޮފް ދިވެހި ލެންގުއެޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އާދަމް ނަސީރު އިބްރާހިމް އެ ސުވާލުތަކަށް ސާފު ޖަވާބެއް ނުދެއްވާ ވިދާޅުވީ ކުނި ނައްތާލީ މާލިއްޔަތު ގާނޫނާއި އެއްގޮތްވާ ގޮތައް ކަމަށެވެ.

ހޯމަ ދުވަހުގެ ޖަލްސާ ގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރު ވަނީ ވަޒިރާއި ދެ ސުވާލެއް ކުރައްވާފައެވެ. އެ ދެ ސުވާލަކީ:

Advertisement - newsAdvertisement
  • ދާރުލްއާސާރުގެ އެތެރެ އިތުރަށް ރަނގަޅުކުރަން މަސައްކަތް ފެށި އިރު 12 ލޮރީގެ ކުނި ދާރުލް އާސާރުން ބޭރު ކުރި ކަމށް 16 އެޕްރިލް 2025ގައި ވަޒީރު ވިދާޅުވެފައިވާތީ އެ ތަކެތީގެ ރެކޯޑްތައް ނުވަތަ ފޮޓޯ އާއި ވީޑިއޯ ނަގާފައިވޭތޯ ސާފުކުރުމަށް ކޮށްފައިވޭތޯ؟
  • ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ނައްތާލާފައި ނުވާކަން ޔަޤީން ކުރެއްވިންތޯ؟

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ ދާރުލްއާސާރު މަރާމާތުގެ މަސައްކަތް ކޮށްފައިވާނީ ޤާނޫނާއި ޚިލާފު ނުވާ ގޮތަށް ކަމަށެވެ.

ޤައުމީ ދާރުލްއާސާރު ހުންނަ އިމާރާތުގެ މަސައްކަތް ކުރުމަށް ދާރުލް އާސާރުގެ އެތެރެ އާއި ބޭރު، އަދި ދާރުލް އާސާރުގެ ގޯތި ތެރޭގައި ހުރި ކުނި ވެސް އުކާލާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ކުނި ކަމަށް ކަނޑައަޅަން ޖެހޭ ތަކެތި ނައްތާލާފައި ވާނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކަމަށް އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ.

ދާރުލްއާސާރު އާރާސްތުކުރުމުގެ މަސައްކަތުގެ ތެރެއިން ދާރުލްއާސާރުގައި ހުރި އެއްވެސް ތަރިކަ އެއް ގެއްލިފައި ނުވާކަން ޔަޤީންކުރައްވާފައިވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވިއެވެ. ވަޒީރުގެ ޖަވާބުގައި އުކާލި ތަކެތީގެ ފޮޓޯ އާއި ވީޑިއޯ ނަގާފައިވާނެތޯ ސާފުކޮށެއް ނުދެއްވައެވެ. އެހެންކަމުންހޯމަ ދުވަހުގެ ޖަލްސާގައި އިތުރު ސުވާލުކުރުމަށް ފުރުސަތު ލިބުމުން ސަމީރު ވަނީ އެ ސުވާލު ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން އުކާލި ކުނީގެ އަގާއި ގުޅޭ ގޮތުން ސަމީރު ވަނީ ސުވާލުކުރައްވާފައެވެ. 12 ލޮރީ ކުނި އުކާލި އިރު އެ ތަކެތީގެ ފަލްސަފީ އަގު ކަނޑައެޅި ގޮތާއި އެއީ ނައްތާލިޔަސް އެންމެ ރަނގަޅު ކުނި ކަމަށް ނިންމި ގޮތާއި މެދު ވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. މެމްބަރުގެ ސުވާލާއި ގުޅިގެން އާދަމް ނަސީރު ވަނީ އެ ސުވާލަކީ އާ ސުވާލެއްތޯ ނުވަތަ އޭނާގެ ފުރަތަމަ ޖަވާބާއި ގުޅޭ ސުވާލެއްތޯ ސާފުކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ވަޒީރު އެފަދައިން ވިދާޅުވުމުން މަޖިލީހުގެ ހޯމަ ދުވަހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ ވަޒީރު ސުވާލަށް އެއްކޮށް ޖަވާބު ނުދެއްވާކަން ފާހަގަކުރައްވާފައެވެ. ވަޒީރުގެ ޖަވާބުގައި އުކާލި ތަކެތީގެ ފޮޓޯ އާއި ވީޑިއޯ ނަގާފައިވާނެތޯ ސާފުކޮށްދެއްވާފައި ނުވާތީ މެމްބަރު ސަމީރު އޭނާގެ ސުވާލު ތަކުރާރުކުރެއްވީ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަޒީރު ސުވާލަށް ޖަވާބު ނުދެއްވާކަން ސަމާލުކަމަށް ގެނައުމުން އާދަމް ނަސީރު ވަނީ އުކާލި ތަކެތި އުކާލީ އުސޫލާއި އެއްގޮތަށް ކަމަށް ވުމުން، ކުނި އުކާލުމުގައި ޤާނޫނާއި އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އުކާލި ތަކެތީގެ އަގު ކަނޑައެޅި ގޮތެއް ސާފުކޮށެއް ނުދެއްވައެވެ. އަދި އެތަކެތި އުކާލިއަސް އެންމެ ރަނގަޅުކަމަށް ނިންމިތޯ އާއި އެތަކެތީގެ ފޮޓޯ އާއި ވީޑިއޯ ނަގާ ރައްކާކުރެއްވި ގޮތާއި މެދު މައުލޫމާތު ސާފުކޮށެއް ނުދެއްވައެވެ.

ޤައުމީ ދާރުލްއާސާރުއާދަމް ނަސީރު އިބްރާހިމް ހުސެއިން ސަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
އަހަރުތަކެއް ފަހުން ޒަމާނީ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

އަހަރުތަކެއް ފަހުން ޒަމާނީ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

12 ޖުލައި 2025
އެމްޑީޕީގެ ސިޔާސަތާއެކު ގައުމަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް މި ސަރުކާރުގައި ރައްޔިތުންނަށް ކުޑަ މިންވަރަކަށް ވެސް ޚިދުމަތެއް ނުދެވޭ: މެންބަރު ސަމީރު

އެމްޑީޕީގެ ސިޔާސަތާއެކު ގައުމަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް މި ސަރުކާރުގައި ރައްޔިތުންނަށް ކުޑަ މިންވަރަކަށް ވެސް ޚިދުމަތެއް ނުދެވޭ: މެންބަރު ސަމީރު

09 ޖުލައި 2025
އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

01 މެއި 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު