Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަސްޓަމްސް

13.6 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި އިދާރާތައް 241 ކޮމިޓީ އަށް ހާޒިރު ކުރަން ނިންމުމަށްފަހު ކެންސަލްކޮށްފި

މަޖިލީހުގެ އިދާރާ އިން ބުނީ ކޮމިޓީ ކެންސަލް ކުރީ މި މައްސަލައާއި ގުޅިގެން މިވަގުތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފިނަމަ އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދަނެއަތީ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 09:18
ހުޅުމާލޭ ޕޯޓުން ވަގަށް ނެގި ސިނގިރެޓީގެ މައްސަލައިގައި ހައްޔަރުކުރި 4 މީހުން

ހުޅުމާލޭ ޕޯޓުން ވަގަށް ނެގި ސިނގިރެޓީގެ މައްސަލައިގައި ހައްޔަރުކުރި 4 މީހުން

13.6 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި އިދާރާތައް 241 ކޮމިޓީއަށް ހާޒިރުކުރަން ނިންމުމަށްފަހު ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ބުނެ ކުއްލި ގޮތަކަށް ކޮމިޓީ ކެންސަލް ކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޕޯޓުގައި ހުއްޓާ 40 ފޫޓުގެ ދެ ކޮންޓެއިނަރ ގައި ހުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 12 މީހެއްގެ ފުރުން ވަނީ މަނާކޮށްފައެވެ. އަދި މި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފަކާއި އެމްޕީއެލްގެ 6 މުވައްޒަފެއްގެ އިތުރުން މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވަނީ ސަސްޕެންޑް ކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބުނު ގޮތުގައި ކަސްޓަމްސް އިން މިދިޔަ އެޕްރީލް މަހު ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ޕޯޓުގައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި ކަމާއި ގުޅުންހުރި އިދާރާތައް ހާޒިރުކުރުމަށް ނިންމިއެވެ. އެގޮތުން 241 ކޮމިޓީގެ ބައްދަލުވުމެއް އާދީއްތަ ދުވަހުގެ މެންދުރު 2:00 އަށް ތާވަލުކުރި ނަމަވެސް، ފަހުން ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ކޮމިޓީ ކެންސަލް ކުރީ ކޮމިޓީ އިން ދިރާސާކުރުމަށް ނިންމާފައިވާ މި މައްސަލައާއި ގުޅިގެން މިވަގުތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފިނަމަ އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދަނެކަމަށް ބެލެވޭތީ ބައްދަލުވުން 1 ހަފްތާއަށް ފަސްކުރެވިފައިވާ ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 13.6 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން އެ ކޮމިޓީ އިން ނިންމީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އެޖެންޑާކޮށްފައި އޮތީ ކޮމިޓީ އިން ދިރާސާކުރަމުން އަންނަ މައްސަލައަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށް ބުނެފައެވެ.

އެގޮތުން ކޮމިޓީއަށް ފުރަތަމަ ހާޒިރުކުރަން ނިންމީ މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީގެ ބޭފުޅުންނެވެ. އޭގެ ފަހުން ފުލުހުންނާއި، ކަސްޓަމްސް އަދި އެމްޕީއެލް ހާޒިރުކުރުމަށް އޮތީ ނިންމާފައެވެ.

ވަގަށް ސިނގިރެޓް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ގެ އިތުރުން މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ އަދި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަހުމަދު އާރިފް އާއި ޒިވާރު އިސްމާއިލް 15 ދުވަހަށް އަދި މުހައްމަދު ވަހީދު 10 ދުވަހަށް އަދި މުއާޒު އަލީ 5 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

13 މިލިއަން ސިނގިރޭޓް ވަގައް ނެގުމުގެ ހާދިސާ ހިނގާފައިވަނީ 26 އޭޕްރިލް 2025 ގައެވެ. މި މައްސަލަ ރަސްމީކޮށް ފުލުހައް ރިޕޯޓު ކޮށްފައި ވަނީ 9 އޮކްޓޯބަރު 2025 ގައެވެ.

ވަގައް ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް (ގާާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓް) އެވެ. މި އަދަދުގެ ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އިން ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ.

241 ކޮމިޓީއެމްޕީއެލްހުޅުމާލެ ބަނދަރުސިނގިރޭޓް ވައްކަންކަސްޓަމްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު