Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓޭޓް ބޭންކް އޮފް އިންޑިއާ

ޑޮލަރު ލިބުން ވަރަށް ބޮޑަށް ދަތިވެ، ރާއްޖޭ ގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް ބޭރަށް މަހަކު ފޮނުވޭނީ 150 ޑޮލަރު ކަމަށް އެސްބީއައި އިން އަންގައިފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން އަންގާފައި ވަނީ އޮކްޓޯބަރު 25 އިން ފެށިގެން އިންޑިއާ އަށް މީހަކަށް ފޮނުވޭނީ މަހަކު 150 ޑޮލަރު ކަމަށް

ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 08:29
100 ޑޮލަރުގެ ފެޑެރަލް ރިޒާވް ނޯޓެއް

100 ޑޮލަރުގެ ފެޑެރަލް ރިޒާވް ނޯޓެއް

ރާއްޖޭ ގައި ހިންގާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރުން ލިބުން ވަރަށް ބޮޑަށް ތާށިވެ، ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް ގައުމަށް މަހަކު ފޮނުވޭނީ އެންމެ 150 ޑޮލަރު ކަމަށް އެ ބޭންކުން ކަސްޓަމަރުންނަށް އަންގައިފިއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ދިވެހިރާއްޖޭގެ ގޮފިން ނެރުނު އިއުލާނެއްގައި، 25 އޮކްޓޯބަރު 2025 އިން ފެށިގެން ކަސްޓަމަރުންނަށް ފޮނުވޭނީ ގިނަވެގެން 150 އެމެރިކާ ޑޮލަރު (2,313 ދިވެހި ރުފިޔާ) ކަމަށް ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެސްބީއައި އިން ބުނެފައިވަނީ މިކަން ކުރަން ޖެހުނީ ބޭންކަށް "ޑޮލަރު ލިބުން ވަރަށް ބޮޑަށް ދަށް ވުމުގެ ސަބަބުން،" ކަމަށެވެ.

މީނޫހާ ވާހަކަ ދެއްކި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު ބުނި ގޮތުގައި، މި ގޮތައް ދަތިި ކުރުމާ ގުޅިގެން ދިވެހިރާއްޖޭ ގައި މަސައްކަތްކުރާ އިންޑިއާ ގެ ޓީޗަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދި އެމީހުން މިހާރު ރާއްޖޭ ގައި މަސައްކަތް ކުރުމުގެ ޝައުގު ވަރަށް ބޮޑަށް ކުޑަވެއްޖެ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އަހަރުތަކެއް ވަންދެން މުސާރަ އަށް އެއްވެސް ބަދަލެއް ނުގެނެސް ޚިދުމަތްކުރަމުން އަންނަ ގިނަ ބޭރުގެ މަސައްކަތްތެރިން، އިންފްލޭޝަން އިތުރުވަމުން ދިއުމާއެކު ބޮޑުވަމުންދާ ދިރިއުޅުމުގެ ޚަރަދުތަކާއި ހުރުމުގެ ޚަރަދުތަކާ އެމީހުން ކުރިމަތިލަމުންދާއިރު، ފައިސާ ފޮނުވުމުގައި އިތުރަށް ތާށި ކުރުމަކީ އެމީހުންގެ މާލީ ހާލަތަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.

ކުރިން އެސްބީއައި މެދުވެރިކޮށް އިންޑިއާ އަށް މަހަކު 400 ޑޮލަރު ފޮނުވެއެވެ. އަދި އޭޓީއެމް މެދުވެރިކޮށް ގައުމުން ބޭރުގައި ރުފިޔާ ކާޑުން 100 ޑޮލަރުގެ މިންވަރަށް ޑޮލަރު ނެގެއެވެ. އެހެން ނަމަވެސް މިހާރު ގެނައި ބަދަލާ އެކު އޭޓީއެމް މެދުވެރިކޮށް އެއްވެސް މިންވަރަކަށް ޑޮލަރު ނުނެގޭނެ ކަމަށް ވެސް އެސްބީއައި އިން ވަނީ އަންގާފައެވެ.

މި މައްސަލައިގައި ކަންބޮޑުވެފައިވާ އިންޑިއާގެ ޓީޗަރު ބުނީ ދެން އެމީހުންނަށް އޮންނާނެ ގޮތަކީ އަނެއްކާ ވެސް ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ހޯދަން އުޅެން ޖެހުން ކަމުގައެވެ. އަދި އެކަމުގެ ފައިދާ ލިބޭނީ ހުއްދަ ނުނަގާ މިކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ފަރާތްތަކަކަށް ކަމުގައެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ވަގުތުން ފިޔަވަޅު އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ކަޅު ބާޒާރުގެ ޙަރަކާތްތައް ހުއްޓުވައި، އިންސާފުވެރި އަދި ހަރުދަނާ ފައިސާ ފޮނުވުމުގެ ނިޒާމެއް އަލުން ޤާއިމުކުރުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ގިނަ ބޭރުގެ މަސައްކަތްތެރިންނަށް ދިވެހިރާއްޖޭގައި މަސައްކަތްކުރުން އިތުރަށް ދަތިވެގެން ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާޑޮލަރުގެ ތާށިކަންކަޅު ބާޒާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
ރެމިޓެންސް މައްސަލަ: ސިޓީ އަށް ރައީސްގެ ޖަވާބެއް ނުލިބި އެންމެ ފަހުން ބިދޭސީން މީޑިއާ ކެމްޕެއިނަކަށް!

ރެމިޓެންސް މައްސަލަ: ސިޓީ އަށް ރައީސްގެ ޖަވާބެއް ނުލިބި އެންމެ ފަހުން ބިދޭސީން މީޑިއާ ކެމްޕެއިނަކަށް!

02 ނޮވެމްބަރު 2025
ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް

ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް

01 ނޮވެމްބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން  ގޮވާލައިފި

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު