Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑޮލަރު މާރުކުރުމުގެ ސިޔާސަތު

ޑޮލަރުގެ އަގު، ކަޅު ބާޒާރުގައި ދަށަށްދާ ކަމަށް ވިދާޅުވެ މިނިސްޓަރ ތޯރިގް އިތުރުފުޅު ހައްދަވައިފި

ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށްދާން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2025 | އާދީއްތަ 13:40
ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް

ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް | ޕީއެސްއެމް

ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށްދާން ފަށާފައިވާ ކަމަށް ވިދާޅުވެ ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އިތުރުފުޅު ހައްދަވައިފިއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ "އަހާ ފޯރަމް"ގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާ އިރު ޑޮލަރު ގަންނަން ކަޅު ބާޒާރުގައި މިހާރުވެސް ހުރީ 19 ރުފިޔާ އަށް ވުރެ މަތީގައެވެ. ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް ޑޮލަރު ގަތުމުގައި މިހާރުވެސް އާއްމުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް މިނިސްޓަރ ތޯރިގް ވިދާޅުވެފައި ވަނީ ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާއި އެކު ޑޮލަރުގެ ކަޅު ބަޒާރުގައި އަގުތައް ދިޔައީ ދަށަށްކަމަށެވެ. އަދި އެކަން އެގޮތަށް ވެފައި ވަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު މިދިޔަ އަހަރު މި ހިސާބުގައި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ވެސް ހުރީ 17 ރުފިޔާ އަށެވެ. އޭގެ ކުރީ އަހަރު، ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އިރު ވެސް ޑޮލަރުގެ އަގު ހުރީ 17 ރުފިޔާގައި ހިފެހެއްޓިފައެވެ.

މިނިސްޓަރ މި މޭރުމުން ވާހަކަދައްކަވާފައިވާ އިރު އެޗްޑީސީ ފަދަ ކުންފުނިތަކަށް މިހާރުވެސް ޑޮލަރު ގަންނަމުން ދަނީ ކަޅު ބާޒާރުންނެވެ. މިހާރުވެސް އެސްއޯއީތަކަށް ބޭންކްތަކުން ޑޮލަރު ވިއްކަމުން ނުދާކަން ފާހަގަކުރެވެއެވެ.

އެހެންކަމަށް ވާއިރު އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށްދާން ފަށާފައިވާ ކަަމަށް ބުނެ ސަރުކާރުން ދަނީ އެކަމުގެ ކްރެޑިޓް ވަރަށް ބޮޑަށް ނަގަމުންނެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނާއި ވިޔަފާރިވެރިން ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ތިބި ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ދަނީ މިއީ ސަރުކާރުން ބޭރު ފައިސާގެ ނިޒާމަށް ގެންނަން ފެށި ބަދަލުގެ ނަތީޖާ ކަމަށް ދެއްކުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް މިއީ ހަގީގަތާއި ޚިލާފު ވާހަކައެކެވެ.

ރާއްޖޭގެ ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމްކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައެވެ. މި ގަވާއިދުގެ ދަށުން ޓޫރިސްޓު ރިޒޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ދިވެހި ބޭންކުތަކުގައި މާރުކުރަންޖެހެއެވެ.

ތާރިގް އިބްރާހީމް ކަޅު ބާޒާރުޑޮލަރު މާރުކުރުންރިސޯޓްރައްޔިތުންގެ މަޖިލިސްމުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ

11 ޖެނުއަރީ 2026
ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

ކަމުންރެކި ކައުންސިލް ހޯދަން މުއިއްޒު ޖަހާ ބޮޑުމަޅި

11 ޖެނުއަރީ 2026
ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

09 ޖެނުއަރީ 2026
އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި

08 ޖެނުއަރީ 2026
މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

މި ސަރުކާރުން ޤަބޫލު ކުރާ ޤާނޫނީ ޕްރޮސެސް އަކީ 9 ގަޑި އިރު ތެރޭގައި ޤާނޫނު އަސާސީ އިސްލާހު ކުރުން: އަލީ ހުސައިން

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު