Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓަމްސް

ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރެޓް ވަގަށް ނަގައިފި

މި ކޮންޓެއިނަރުތަކަކީ އައު ޓާމިނަލްގެ މަސައްކަތަށް ކަމަށް ބުނެ ގެނެސްފައިވާ ދެ ކޮންޓެއިނަރު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 12:17
ހުޅުމާލެ ވިޔަފާރި ބަނދަރު - ކަސްޓަމްސްއާއި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓެއިނަރ ސިނގިރެޓް ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފައި

ހުޅުމާލެ ވިޔަފާރި ބަނދަރު - ކަސްޓަމްސްއާއި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓެއިނަރ ސިނގިރެޓް ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފައި

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ކަސްޓަމްސް އިން ހިފެހެއްޓުމަށްފަހު ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ސިނގިރެޓްތައް ވަގަށް ނަގައިފިއެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން އުޅެނީ 1361 ކޭސް ސިނގިރެޓެވެ. އަދި މި ސިނގިރެޓް ވަގަށް ނެގީ ރާއްޖެއަށް އެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އެތަކެތި އަތުލައިގަތުމަށްފަހު ކަސްޓަމްސްއާއި އެމްޕީއެލްގެ ބެލުމުގެ ދަށުން ހުޅުމާލެ ޕޯޓަލްގައި ބަހައްޓާފައި ހުއްޓާއެވެ. އަދި މިކަމެއް ހިނގައިގެން އުޅެނީ ބުދަ ދުވަހުގެރޭ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ. އަދި ސިނގިރެޓް ވަގަށް ނެގިކަން އެނގުނީ ބުދަ ދުވަހުގެ ދަންވަރުއެވެ.

Advertisement - newsAdvertisement

މައުލޫމާތު ދިން ފަރާތުން ބުނީ ސިނގިރެޓް ވަގަށް ނެގިކަން ކަސްޓަމްސްއާއި އެމްޕީއެލްގެ ވެރިންނަށް ވެސް މިހާރު އެނގޭ ކަމަށާއި، ނަމަވެސް އެވާހަކަތައް މީޑިއާއަކާއިވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އޭނާ ބުނީ ހުޅުމާލެ ޕޯޓުގައި ކެމެރާ ހުންނާނެ ކަމަށާއި، އެކަމުގައި ބައިވެރިވި މީހުންވެސް އެނގޭނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ދެ ކޮންޓެއިނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް މުދާ ގެނައި އިރު އެ މުދާތަކާއެކު ވަގަށް އެތެރެކުރި ދެ ކޮންޓެއިނަރެވެ. އަދި މި ސިނގިރެޓްތައް ހިފެހެއްޓީ އެޕްރީލް މަހުގައެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި އެއްޗެއް ހާމަކޮށްފައި ނުވާ އިރު، ކަސްޓަމްސް އަދި އެމްޕީއެލްއިން ވެސް މިކަމާއި ގުޅިގެން އެއްޗެއް ބުނެފައި ނުވެއެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ ސިނގިރެޓް ވަގަށް ނެގިކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ދިޔަ އިރު ކޮންޓެއިނަރުތައް ހުރީ ހުސްކޮށެވެ.

ވަގަށް އެތެރެކުރި ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި އެކަނިވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާނެއެވެ. އެ ކޮންޓެއިނަރުތަކުގައި ޖުމްލަ 1361 ކޭސް ސިނިގިރެޓް ހުރި އިރު އެއީ މެންޗެސްޓަރ ބްރޭންޑުގެ ސިނގިރެޓެވެ.

ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރެވެ. ވަގަށް ނެގި ކޮންޓެއިނަރުތަކުގައި ހުރީ މެންޗެސްޓަރ ބްރޭންޑްގެ ސިނގިރޭޓެވެ. ދެ ކޮންޓެއިނަރުގައި މަދުވެގެން 12 މިލިއަން ސިނގިރޭޓް ހުއްޓެވެ.

މި މައްސަލަ ފެންމަތިވެފައިވާ އިރު، އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުން ގަވައިދާ ޚިލާފަށް ސިނގިރެޓް އެތެރެެކުރަން އުޅެނިކޮށް އަތުލައިގަނެފައިވެއެވެ. އެއްވެސް އުސޫލެއް ދިރާސާއެއް ނެތި މި ސަރުކާރުން ސިނގިރެޓް އަގގުބޮޑުކޮށް ވޭޕް މަނާކުރުމާއެކު ވަގަށް ސިނގިރެޓް އެތެރެކުރުން ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އައްޑޫ ވިޔަފާރި ބަނދަރުން ވަގަށް އެތެރެކުރަން އުޅުނު ސިނގިރެޓްގެ އަދަދު 1.8 މިލިއަނަށް އަރާއިރު، އެއީ ގާތްގަނޑަކަށް 15 މިލިއަން ރުފިޔާގެ ޑިއުޓީ ހިމެނޭ ސިނގިރެޓެވެ.

ފަހަކަށް އައިސް ރާއްޖޭގައި މިފަދަ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ސަރުކާރުން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ މަތިކުރުމާ ގުޅިގެން، ސިނގިރޭޓުގެ އަގު މަތިވެ، ވަގު ސިނގިރޭޓު ވިޔަފާރި ފުޅާވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ގަވާއިދާ ޚިލާފަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައްވެސް ވަނީ އިތުރުވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްސަޢޫދީ ބިން ލާދިން ގްރޫޕްއެމްޕީއެލްކަސްޓަމްސް ދޮގު ސިނގިރޭޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި
08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
05 ޑިސެމްބަރު 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
24 ނޮވެމްބަރު 2025

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު