Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސް

ކުޑަކުދިންތަކެއް ކުށުގެ ވެއްޓަށް ހުށަހެޅި ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންތަކެއް ކުށުގެ ވެއްޓަށް ހުށަހެޅި ކަމުގެ ތުހުމަތުގައި ނާފިއު ރަޝީދު އާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 7 އޮކްޓޯބަރު 2025 | އަންގާރަ 14:40
މި މައްސަލައިގައި ހައްޔަރު ކުރެވުނު 4 މީހުންގެ ވަނަވަރު

މި މައްސަލައިގައި ހައްޔަރު ކުރެވުނު 4 މީހުންގެ ވަނަވަރު

ކުޑަކުދިންތަކެއް ކުށުގެ ވެއްޓަށް ހުށަހެޅި ކަމުގެ ތުހުމަތުގައި މަޝްހޫރު ހޯސްޓު ނާފިއު ރަޝީދު (ނާއްޕެ) އާއެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހޯމަ ދުވަހު ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ނާފިއު ރަޝީދު ސިލްވާ ސްޓާ/ވ. ރަކީދޫ، ލުހާން ސައީދު ޕެރިސް/ގދ. ވާދޫ، އަލީ އަޝްރަފު މ. އެތުމާ އަދި އިބްރާހިމް ޝިނާން އަހުމަދު ހ. ފިނިކުރި ހިމެނެއެވެ.

ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައިވާ ގޮތުން، މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހުއެވެ. އެތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ހައްޔަރުކުރެވުނު ހުރިހާ މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބެލެވޭ ކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި، 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނޭކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، މި ކުދިންނަށް ކުރެވުނު އަނިޔާގެ ބާވަތާއި، އެކްސްޕްލޮއިޓް ކުރެވުނު ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ. މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގޭ މިފަދަ ކުށްތައް އިތުރުވަމުން އަންނަކަމަށްބުނެ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިފަދަ މައްސަލަތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

ނާފިއު ރަޝީދު މަސްތުވާތަކެތިކުޑަކުދިންގެ ރައްކާތެރިކަންހެންވޭރުޕޮލިސްކުޑަކުދިންނަށް ކުރާ އަނިޔާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު