Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ގައުމީ މަޖިލިސް

މުއިއްޒަށް އިއްވި ޑިމާންޑުތައް ނުފުއްދާ ނަމަ ނޮވެމްބަރު 17 ގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފި

އެމްޑީޕީގެ ކުއްލި ގައުމީ މަޖިލީހުގައި މި ގަރާރު ފާސްކޮށްފައިވަނީ ބައިވެރި މެމްބަރުންގެ އިއްތިފާގުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2025 | ހޮނިހިރު 19:09
އެމްޑީޕީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން: އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމާފަ

އެމްޑީޕީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން: އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމާފަ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚުދުމުހުތާރު ސަރުކާރު ޖަވާބުދާރީ ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގަރާރެއް ފާސްކޮށްފި އެވެ.

ހޯރަފުށީ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވައި ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ހަސަން ތާއީދުކުރައްވައި ހުށަހެޅުއްވި މި ގަރާރު ފާސްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ކުއްލި ގައުމީ މަޖިލީހުގައި ބައިވެރި މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ހޯރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަހުމަދު ސަލީމް ހުށަހެޅުއްވި މި ގަރާރަކީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އިސްނަގައިގެން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންނަށް އެތަކެއް އަނިޔާތަކެއް ދީފައިވާތީ މި ސަރުކާރުން ހިންގި އެ ނުބައި އަމަލުތައް ކުއްވެރިކޮށް، އެކަންކަމާއި ޕާޓީގެ ފަރާތުން ދެން އަޅަންޖެހޭ ފިޔަވަޅުތަކާއި ބަލަންޖެހޭ ކަންކަން ބެލުމަށް ގޮވާލައި ހުށަހެޅުއްވި ގަރާރެކެވެ.

ސަލީމް ހުށަހެޅުއްވި މި ގަރާރުގައި ބުނީ ދިވެހިރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަށް ޓަކައި، އެމްޑީޕީން އިސްނަގައިގެން، ހުކުރު ދުވަހުގެ ރޭ ގިނަ އަދަދެއްގެ މީހުންނާއި އެކު ސުލްހަވެރި ސިޔާސީ އެއްވުމެއް ހުކުރު ދުވަހުގެ ރޭ ބާއްވައިފައިވާއިރު، އެ އެއްވުމަށް ހުރަސް އެޅުމަށް އަދި އެއްވުމުގެ ސުލްހަވެރިކަން ނަގައިލުމަށް، ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް އެކިއެކި ކަންކަން ކޮށްފައިވާ ކަމަށެވެ.

އަދި މި އެއްވުމުގައި ޤާނޫނާ ހިލާފަށް އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ސަބަބުން، އެތައް ރައްޔިތުންނަކަށް އަނިޔާވެފައިވާކަން މި ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

ދިވެހިރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަށް ޓަކައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިސްނަގައިގެން، މި ހިނގާ އޮކްޓޫބަރު މަހުގެ 3 ވީ ހުކުރު ދުވަހު، ނުހަނު ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލޭގައި ސުލްހަވެރި ސިޔާސީ އެއްވުމެއް ބާއްވައިފައިވީ ހިނދު؛
ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމްގެ ގަރާރު

ގަރާރުގައި ބުނީ މުޒާހަރާގެ ތެރެއިން ރައްޔިތުންނަށް އަނިޔާވެރިވުމުގެ ގޮތުން، ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް، ފުލުހުން މިހައިތަނަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިނުވާ، ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ކުޑަކުދިންގެ ކަންފަތަށް ގެއްލުންވެ، ނަފްސާނީ ގޮތުން އުނދަގޫވުމުގެ އިތުރުން، ސިއްހީ އެހެނިހެން މައްސަލަތަށްވެސް ކުރިމަތިވެފައިވާކަން އެނގޭ ކަމަށެވެ.

އަދި މި އަމަލަަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މުއާހަދާއެއްކަމަށްވާ، ކޮންވެންޝަން އެގެއިންސްޓް ޓޯޗަރގެ ދަށުން މުޅިން މަނާކޮށްފައިވާ ކަމެއްކަން ވެސް ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.

ގަރާރުގައި ބުނީ އެލްއާރުއޭޑީ ބޭނުން ކުރީ މުޒާހަރާގައި އެފަދަ އެއްވެސް ހާލަތެއް އޮވެގެން ނޫން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި މުޒާހަރާގެ ތެރެއިން، އަނިޔާވެރިކަމާއެކު ހައްޔަރުކުރި އެއްވެސް މީހަކަށް، ޤާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިނުވުމުން، އެކަމަކީ، ޤާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއްކަމަށެވެ.

ދެންނެވުނު ޢަމަލަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މުއާހަދާއެއްކަމަށްވާ، ކޮންވެންޝަން އެގެއިންސްޓް ޓޯޗަރގެ ދަށުން މުޅިން މަނާކޮށްފައިވާ ކަމެއްކަން ފާހަގަވާ ހިނދު؛
ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމްގެ ގަރާރު

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި ޤާނޫނާ ހިލާފަށް އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން މީހުން ހައްޔަރު ކުރުމަށްފަހު، ޤާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ، އަދި އެއްވެސް ކުށެއްގެ ހެއްކެއް ނެތި ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.

އަދި އެ ސަބަބަށް ޓަކައި، މި ވަގުތު އެ މީހުން ބައިތިއްބައިފައި ވަނީ ޣައިރު ޤާނޫނީ ބަންދެއްގައިކަން ކަނޑައެޅިގެން އެނގޭ ކަމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.

ދެންނެވުނު އެއްވުމުގައި، ޤާނޫނާ ހިލާފަށް އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން މީހުން ހައްޔަރު ކުރުމަށްފަހު، ޤާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ، އަދި އެއްވެސް ކުށެއްގެ ހެއްކެއް ނެތި ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށްވީ ސަބަބަށް ޓަކައި، މި ވަގުތު އެ މީހުން ބައިތިއްބައިފައި ވަނީ ޣައިރު ޤާނޫނީ ބަންދެއްގައިކަން ކަނޑައެޅިގެން އެނގޭ ހިނދު؛
ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމްގެ ގަރާރު

މީގެ އިތުރުން މުޒާހަރާއާއި ގުޅިގެން ބަންދުގައި ތިބި އެއްވެސް މީހަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު މިހައިތަނަށް ވެސް ދީފައި ނުވާކަން ފާހަގަކޮށް ގަރާރުގައި ބުނީ އެފަދައިން ކަންތައް ކުރީ ބަންދުގައި ތިބި މީހުންނަށް ކޮށްފައިވާ އަނިޔާތައް ހާމަވެގެން ހިނގައިދާނެތީކަން އެނގޭ ކަމަށެވެ.

މި ސަބަބުތަކާއި ގުޅިގެން އިގުރާރުވެފައިވާ ކަންކަން:

  1. ރައީސް މުއިއްޒުގެ ސީދާ އެންގެވުމަށް ދިން އަނިޔާތައް ކުށްވެރިކުރުމާއެކު، ޤާނޫނާ ހިލާފަށް ބަންދުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވައިލުން،
  2. ދިވެހިރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަށް ޓަކައި ކުރަމުން މި ގެންދާ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން، އަދި،
  3. ދެންނެވުނު އެއްވުމުގައި ރައްޔިތުން ކުރި ޑިމާންޑުތައް ފުއްދައި ނުދޭނަމަ، މި ފެށޭ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ދިމާކޮށް، މާލޭގައި އަލުން ބޮޑު އެއްވުމެއް ބޭއްވުން.

ނޮވެމްބަރު މަހުގެ 17 ގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކުރިއިރު، ހުކުރު ދުވަހުގެ ރޭ އެ ޕާޓީން އިންތިޒާމް ކޮށްގެން އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުން ފުލުހުން ރޫޅާލާފައި ވަނީ ވަރަށް އަނިޔާވެރިކޮށްށެވެ.

އަދި މި އެއްވުމުގެ ތެރެއިން އެތައް ބަޔަކަށް ފުލުހުން ބޮޑެތި އަނިޔާތައް ދީފައިވާއިރު، މުޒާހަރާގެ ތެރެއިން އަށް މީހަކު ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. އަދި ފުލުހުންގެ މި އަނިޔާގެ ޝިކާރައަކަށް ވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހި އިއިޖީއެމްއެޗްގެ ސީސީޔޫގައި އަންނަނީ ފަރުވާ ވެސް ދެމުންނެވެ.

އެމްޑީޕީއަހުމަދު ސަލީމްއިހުތިޖާޖުސަރުކާރު-އިދިކޮޅުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު