Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއިޑްސް ދުވަސް

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

1 ޑިސެމްބަރު 2025 | ހޯމަ 14:32

ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިގެން މަސައްކަތް ކޮށްފި ނަމަ 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެ އިން އެއިޑްސް ނައްތާލެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 1 ޑިސެމްބަރު 2025 | ހޯމަ 14:32
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

އެއިޑްސް ނައްތާލުމަކީ ވަކި ޤައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެއިޑްސް ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިގެން މަސައްކަތް ކޮށްފިނަމަ 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެ އިން އެއިޑްސް ނައްތާލެވޭނެ ކަމަށެވެ. އަދި މިދަތުރަކީ ފަރުދީ ފެންވަރުގައި ފެށެންޖެހޭ ދަތުރެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

Advertisement - newsAdvertisement

މިއަހަރުގެ ބައިނަލްއަގުވާމީ އެއިޑްސް ދުވަހުގެ ޝިޢާރަކީ "އޯވަރކަމިންގ ޑިސްޓްރަޕްޝަން، ޓްރާންސްފޯމިންގ ދަ އެއިޑްސް ރެސްޕޯންސް" އެވެ. މި ޝިޢާރަށް އަލިއަޅުއްވާލައްވައި ރައީސް މުއިއްޒު ވަނީ، އެއިޑްސްގެ ދުޅަހެޔޮކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިމާވާ ހުރަސްތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވަނީ މި ދުވަހުގެ މުނާސަބަތުގައި ރާއްޖެއިން ހޯދާފައިވާ ވަރަށް މުހިންމު ކާމިޔާބީ އެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، "ޓްރިޕްލް އެލިމިނޭޓް" ވި ދުނިޔޭގެ ފުރަތަމަ ޤައުމަކީ ރާއްޖެކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ވަނީ، އެއިޑްސް ނައްތާލުމުގެ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމަޢުން އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މި ދާއިރާގައި ރާއްޖެއިން ވެސް ބައިނަލްއަގުވާމީ މުޖުތަމަޢާއެކު ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ރައީސް މުހައްމަދު މުއިއްޒުއެއިޑްސްވޯލްޑް އެއިޑްސް ޑޭ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
25 ނޮވެމްބަރު 2025

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
15 ނޮވެމްބަރު 2025

ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް

15 ނޮވެމްބަރު 2025
ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް
14 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

14 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
06 ނޮވެމްބަރު 2025

19 ނޮވެމްބަރަށް ބަޖެޓު ދިރާސާކޮށް ނިންމަނީ، ކޮމިޓީގެ މުގައްރިރަކަށް ސަލީމް

06 ނޮވެމްބަރު 2025
19 ނޮވެމްބަރަށް ބަޖެޓު ދިރާސާކޮށް ނިންމަނީ، ކޮމިޓީގެ މުގައްރިރަކަށް ސަލީމް
04 ނޮވެމްބަރު 2025

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި
02 ނޮވެމްބަރު 2025

ޕޭ ފްރޭމްވާރކް އިސްލާހުކުރީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ކުޑަވާ ގޮތަށް، ފާޑުކިޔުން އިންތިހާ!

02 ނޮވެމްބަރު 2025
ޕޭ ފްރޭމްވާރކް އިސްލާހުކުރީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ކުޑަވާ ގޮތަށް، ފާޑުކިޔުން އިންތިހާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް