Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުރޫފް ޒާކިރު

މަޓޭގެ ފަސް ޑިމާންޑެއް ރައީސް މުޢިއްޒަށް!

ހައްގުތައް ނިގުޅައިގަތުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު އަނބުރާ އިއާދަ ކުރުމަކީ މައުރޫފުގެ މައިގަނޑު އެއް ޑިމާންޑް

އަލީ ޝާހީން
އަލީ ޝާހީން | 3 އޮކްޓޯބަރު 2025 | ހުކުރު 17:00
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ - 03 އޮކްޓޯބަރު 2025

ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ - 03 އޮކްޓޯބަރު 2025

މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރުގެ ފަސް ޑިމާންޑެއް ރައީސް މުޢިއްޒަށް ހުށަހަޅައިފި އެވެ.

"ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އެމްޑިޕީން ކުރިއަށް ގެންދާ މުޒާހަރާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މާލީ ގެއްލުމަށްވުރެ ހައްގެއް ފޭރުން އެއީ މާބޮޑު ނުރައްކަލެއް ކަމަށާއި ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހުރި ހައްގުތައް ފޭރިގަންފި ކަމަށެވެ. އަދި ރައްޔިތުން އެއްވާން ޖެހުނު ސަބަބަކީވެސް އެއި ކަމަށް މައުރޫފް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މައުރޫފް ވަނީ ރައީސް މުޢިއްޒަށް ފަސް ޑިމާންޑެއް ހުށަހަޅައިފަ އެވެ. އެގޮތުން ފުރަތަމަ ޑިމާންޑަކަށް މައުރޫފް ހުށަހެޅީ، ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު އަނބުރާ އިއާދަ ކުރުމަށެވެ.

ދެވަނަ ޑިމާންޑަކަށް ހުށަހެޅި ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލައި އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ހުރަސް އެޅުން ހުއްޓާލައި ކުރިއަށް އޮތް ފަސް ހަފްތާތެރޭ ކުންފުނިތަކަށް ފައިސާ ދިނުމެވެ.

ތިންވަނަ ޑިމާންޑަކަށް ހުށަހެޅީ، ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތްގޮތައް އިއާދަކޮށް ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓާލުމެވެ.

ހަތަރުވަނަ ޑިމާންޑަކަށް ހުށަހެޅީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު އެއްކޮށް އުވާލުމެވެ.

އެންމެ ފަހު ޑިމާންޑަކަށް މައުރޫފް ހުށަހެޅި ޑިމާންޑަކީ، އާސަންދަ އާއި ބޭސްފަރުވާ އަދި ރައްކާތެރި ބޭސް 17 ނޮވެމްބަރު 2023 އާއި ހަމައަށް ދިވެހިންނަށް ލިބެމުންއައި މިންވަރަށް މިހިނދުން މިހިނދަށް ލިބިދިނުމެވެ.

ސަކަރާތް ޖަހާކަށް ނޫން މިއައީ. ހޭކަށްވެސް ނޫން މިއައީ ލަވަޔަށް ނަށާކަށްވެސް ނޫން މިއައީ ރުޅިއައިސްގެން ހިންހަމަ ނުޖެހިގެން މިއައީ.
މައުރޫފް ޒާކިރް

މައުރޫފް ވިދާޅުވީ ގާނޫނު އަސާސީ ފުނޑަލައިފި ކަމަށާއި މަޖިލިސް މެންބަރުންގެ ބާރު ކަނޑުވާލައިފި ކަމަށެވެ. އަދި ދިވެހި ވިޔަފާރި ތަކާއި މުޅި އިގްތިސޯދު ފުނޑާލައި މާލީ ނިޒާމު ފުނޑުފުނޑު ކޮށްލައިފި ކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ޒާކިރުރައީސް މުއިއްޒުއެމްޑީޕީކެންދޫ ދާއިރާލާމަރުކަޒީ ނިޒާމުއާސަންދަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު