Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. މުހައްމަދު މުއިއްޒު

"ލޫޓުވައިފި, ލޫޓުވައިފި" އެއްވުމުގައި ބައިވެރިވާން އަދާލަތު ޕާޓީން ނިންމައިފި

އަމިއްލަ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނުން މުޅިން ހުއްޓައިލާފައި ވިޔަސް، ޓެކްސް ނުދެއްކޭ މީހާ ޖަލަށްލާން ގާނޫނު އެކަލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 14:26
އަދާލަތު ޕާޓީގެ ބައެއް އިސް ފަރާތްތަށް

އަދާލަތު ޕާޓީގެ ބައެއް އިސް ފަރާތްތަށް

މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ހަމައެކަނި ގޮތަކީ ގިނަ ސިޔާސީ ޕާޓީތައް ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރުން ކަމަށް އެމްޑީޕީ އާއި ޢަދާލަތު ޕާޓީ އަށް ވެސް އެއްބަސް ވެވޭތީ، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ އެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި އަދާލަތު ޕާޓީގެ ގުޅިފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސް މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމާއި އެކު ޒިންމާދާރު ސިޔާސީ ޕާޓީތަކުގެ ޙައްސިއްޔަތުން އެމްޑީޕީ އާއި ޢަދާލަތު ޕާޓީން ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް ރައީސުލްޖުމްހޫރިއްގެ ވައުދުތައް ފުއްދުމަށް އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށެވެ. އެެހެން ނަމަވެސް ދައުރު ދެބައިވެގެން ދާއިރު ގައުމުގެ ޙާލަތު މުޅިން ބޮއްސުންލާފައިވާ ކަމަށް ބުރާސްފަތި ދުވަހު ބާއްވާފައިވާ އެ ދެ ޕާޓީގެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފަ އެވެ.

Advertisement - newsAdvertisement

އެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްފައިވާ ކަމަށެވެ. ގާނޫނުއަސާސީ ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލިސް މެންބަރުން ކަސްތޮޅު އަޅުވައި، އެ މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭއިންސާފުން މަގާމުން ވަކިކޮށް އަދުލު އިންސާފުގެ މިނިވަންކަން ނަގާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ހުރިހާ މިނިވަން މުއައްސަސާތަކެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެންގޮސްފައި ކަމަށް އެ ބަޔާނުގައިވެ އެވެ.

ހައްގު ހޯދުމަށް ރައްޔިތުން ޝަކުވާ ހުށަހަޅަން ދާނެ ތަނެއް، އަދި މައްސަލަ ޖެއްސޭނެ ގޮތެއް ވެސް ރާއްޖެ އަކު މިއަދު ނެތް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދޭނެ ދައުލަތުގެ މުއައްސަސާ އެއް އަމުދުން ނެތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

އެމް.ޑީ.ޕީން އިސްނަގައިގެން ހުކުރު ދުވަހު ބާއްވާ ސުލްހަވެރި އިހުތިޖާޖަކީ ގައުމުގެ ހައްގުގައި ކޮންމެހެން ކުރުން މުހިންމު ކަމެއް ކަމަށާއި، ދެ ޕާޓީގެ ވީހާ ވެސް ގިނަ މެންބަރުންނާއި އަދި ވީހާ ވެސް ގިނަ ޢާންމު ރައްޔިތުން ވަކި ސިޔާސީ ވިސްނުމަކަށް ބެލުމެއް ނެތި މި އެއްވުމުގައި ބައިވެރިވުމަށް އެ ދެ ޕާޓީން ވެސް ވަނީ ގޮވާލާފައެވެ.

އެ ދެ ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގަނެ ފައިވާކަމާއި، ސަރުކާރުން ކުރާ ވައްކަމާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާކަމަށެވެ. އަދި އެކަންކަމުގެ ހަގީގަތް ފޮރުވުމުގެ ބޭނުމުގައި އެންމެ ފަހުން، މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ތަކެތީގެ އަގުތައް ބޮޑުވެ، ކަރަންޓުގެ އަގު އިންތިހާ އަށް މައްޗަށް ގޮސް، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވެއްޖެ ކަމަށާއި، ވިޔަފާރިތައް ފުނޑި، އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި ވެއެވެ. ހަމަ އެެހެންމެ އެތަކެއް އާއިލާއެއް ބިކަވެއްޖެ ކަމަށާއި، ރަނގަޅަށް ހިނގަހިނގައި އޮތް ދިވެހި އިގްތިސާދަ މި ސަރުކާރުން ގެނައި ދޯހަޅި ބަދަލުތަކުގެ ސަބަބުންނާއި ނާގާބިލު މީހުން މަގާމުތަކަށް އައްޔަނުކުރުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރަށް އާއްމުންގެ އިތުބާރު ގެއްލުނު ސަބަބުތަކުގެ ތެރޭގައި މަރުކަޒީ ބޭންކާއި އެހެނިހެން ބޭންކުތަކަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ގެންނަމުންދާ ކުއްލި ބަދަލުތައް ހިމެނޭ ކަމަށާއި ރާއްޖޭގެ އިގުތިސާދު މިއިން ޒަމާނަކު ނުވާވަރަށް ދަށްވެއްޖެކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

އަދި ދިވެހިރާއްޖޭގެ އެތެރޭގެ އިގްތިސާދު އެކީއެކަށް ފުނޑިގެން ގޮސް، ބޭރުގެ ދަރަނި ނުދެއްކި، ރައްޔިތުންގެ އަސާސީ ކަންކަން ވެސް ހަމަނުޖެއްސޭ ހިސާބަށް ގޮސްފިކަމާއި، ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

ހަމަ އެއާއި އެކު އަމިއްލަ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނުން މުޅިން ހުއްޓައިލާފައި ވިޔަސް، ޓެކްސް ނުދެއްކޭ މީހާ ޖަލަށްލާން ގާނޫނު އެކަލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އާސަންދައިގެ މުޅި ނިޒާމު މި ސަރުކާރުން ހަރާބުކޮށްލައި، އެންސްޕާ މެދުވެރިކޮށް ވެސް ސިޔާސީ ކަންކަމަށް ހަރަދު ކުރުމުގެ ސަބަބުން، ކޮންމެހެން ލިބެންޖެހޭ އާއްމު ބޭހާއި ފަރުވާ ނުލިބި، އަނެއްކާވެސް ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރުވެފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓުތައް އެކީއެކަށް ހުއްޓުމާއި، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުނުކޮށް އެތައް ދުވަހެއް ލަސްކޮށް، އެ ސަރުކާރުން ހިއްކައި، ތަރައްގީ ކުރަން ފެށި ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، ފުށިދިއްގަރުފަޅު ހިއްކުމުގެ ނަމުގައި ރައްޔިތުންގެ ފައިސާ އަށް ސަރުކާރުން ޚިޔާނާތްތެރިވާ ކަަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޑރ. މުހައްމަދު މުއިއްޒުއެމްޑީޕީ-އަދާލަތުއާސަންދަ

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު