Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއަރޕޯޓުގެ ވީއައިޕީ ޚިދުމަތް

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

ދައުލަތުގެ ފައިސާ އަމިއްލަ ބޭނުންތަކުގައި ބޭނުންކޮށްގެން ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:40
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި އެމްއޭސީއެލްގެ މުވައްޒަފުންނާ ސަލާމް ކުރައްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި އެމްއޭސީއެލްގެ މުވައްޒަފުންނާ ސަލާމް ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ދުވަހު މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީގެ ޚިދުމަތް އަމިއްލަ އެއްވެސް ދަތުރުފުޅެއްގައި ބޭނުން ނުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މެންބަރެއްގައި ހައިސިއްޔަތުން ހޭދަކުރެއްވި 25 އަހަރު އަމިއްލަ އެއްވެސް ދަތުރުފުޅެއްގައި ވީއައިޕީގެ ޚިދުމަތް ހޯއްދަވާފައި ނުވާނެ ކަމަށެވެ.

އެދުވަސްވަރު ދަރިން ސިލޯންގައި ތައުލީމް ހާސިލްކުރަމުންގެންދާކަން ފާހަގަކުރައްވައި ރައީސް އިބޫ ވިދާޅުވީ ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވި ކަމަށެވެ. އޭރު ވެސް ރައްޔިތުން މަޖިލީހުގައި އެދުމުން އެހުރިހާ ކަމެއްގެ އިންތިޒާމް ހަމަޖައްސަވައިދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އިބޫ ވިދާޅުވީ ދައުލަތުގެ ފައިސާ އަމިއްލަ ބޭނުންތަކުގައި ބޭނުންކޮށްގެންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަޅުގަނޑު ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުގައި ތިވިދާޅުވިހެން 5 ދައުރު 25 އަހަރު ކޮށްފައި އެތަނުން އިސްތިއުފާ ދިނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރީމަ. އެ ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އެންމެ ފަހަރަކު ވެސް އަމިއްލަ ދަތުރެއްގައި ވީއައިޕީއަށް އަޅުގަނޑު ވަދެފައި ނޯންނާނެ. އަޅުގަނޑުގެ އާއިލާ މީހަކަށް ވެސް ނޯންނާނެ އެތަން ބޭނުންކޮށްފައެއް. މަޖިލީހުގެ ރަސްމީ ދަތުރެއްގައި މަޖިލީހުން އިންތިޒާމްކޮށްގެން އެދާ ދަތުރެއްގައި ވަންނަން ޖެހުނު ފަހަރެއްގައި ނޫނިއްޔާ.އަޅުގަނޑު އަމިއްލަ އެއްވެސް ދަތުރެއްގައި އެއްވެސް ފަހަރަކު ނޯންނާނެ 25 އަހަރު ދުވަހުގެ ތެރޭގައި އެތަން ބޭނުންކޮށްފައި. ރައްޔިތުން މަޖިލީހުގައި އޭރުގައި އެދުނީމަ ފޮރިން މިނިސްޓްރީއަށް އަންގައިގެން އެކަން އިންތިޒާމް ކޮށްދޭނެ. އަޅުގަނޑަށް ދިމާވެފައި އެބަހުރި ބޭރުން އައިސް ފްލައިޓުން ފައިބާފައި އަޅުގަނޑު އާއްމު މީހުން ވަނަ ދޮރާ ދިމާލަށް ދާއިރުގައި ބައެއް މީހުން ހައިރާންވެފައި ތިބޭ. ތިހެންދޯއޭ ދަނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު

20 މަޖިލީހުގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރުމަށް ފުރަތަމަ 14 މަސްދުވަހުގެ ތެރޭގައި 1.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާންމު މީހަކު ހޯދަން ހުށަހެޅި ސުވާލަކަށް ރައްޔިތުންގެ މަޖިލީހުން ދިން ޖަވާބުގައި ބުނީ މިދިޔަ އަހަރުގެ މެއި 28 އިން މި އަހަރުގެ ޖުލައި 31، އާ ހަމައަށް މަޖިލިސް މެންބަރުންގެ ތެރެއިން 76 ބޭފުޅަކު އެއާޕޯޓުގެ ވީއައިޕީ ޚިދުމަތްތައް ބޭނުން ކޮށްފައިވާ ކަމަށާއި އެކަމަށް އެ އިދާރާއިން ޖުމުލަ 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށެވެ. ނާޒިމް ވީއައިޕީ ބޭނުންކުރެއްވުމުގެ ޚަރަދެއްގެ ގޮތުން ޖުމްލަ 116،099.18 ރުފިޔާ އަރާފައިވެ އެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ވީއައިޕީ ބޭނުންކުރައްވާފައިވަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އޭނާ 97 ފަހަރު ވީއައިޕީ ޚިދުމަތް ބޭނުންކުރައްވައިގެން ޖުމްލަ 84،673.84 ރުފިޔާ އަރާފައިވެ އެވެ.

ތިންވަނައަށް އެންމެ ގިނައިން ވީއައިޕީ ބޭނުންކުރައްވާފައިވަނީ މީދޫ ދާއިރާ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދެވެ. ސިޔާމް 78 ފަހަރު ވީއައިޕީ ޚިދުމަތް ބޭނުންކުރެއްވިއިރު ޖުމްލަ 68،088.24 ރުފިޔާ އަރާފައިވެ އެވެ.

މަޖިލީހުން ހަދާފައިވާ ގަވައިދެއްގެ ދަށުން، މެންބަރުން އެއަރޕޯޓުން ދަތުރުކުރައްވާ އިރު ވީއައިޕީ ލައުންޖު ބޭނުންކުރައްވައިގެން ހިނގާ ހަރަދު ދައްކަން ޖެހެނީ ދައުލަތުންނެވެ.

އިބްރާހިމް މުހައްމަދު ސާލިހުރައްޔިތުންގެ މަޖިލިސްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްވީއައިޕީ ޚިދުމަތް ފަށާއިރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު