Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ނިންމުމުގެ ޕްލޭންއާ ގުޅޭ ގޮތުން ޤަތަރުގެ އަމީރު އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

އެ މަޝްވަރާ ތަކުގައި ޤަތަރުގެ އަމީރު ވަނީ، ސަލާމަތީ މަސައްކައްތަކަށް ޤަތަރުގެ ފުރިހަމަ އެއްބާރުލުން ލިބިދޭނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޓްރަމްޕް އަށް ދެއްވައިފަ އެވެ. އަދި އެ ޕްލޭނަށް ތާއީދު ކުރާ ޤައުމު ތަކަށް، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޣައްޒާގެ ހަނގުރާމަ ނިންމުމަށް ޤަތަރުން އެކުލަވާލާފައިވާ ޕްލޭނާ ގުޅޭގޮތުން ޤަތަރުގެ އަމީރު އާއި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ފޯނު މަޝްވަރާއެއް ކުރައްވާފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:25
ޤަތަރުގެ އަމީރު ޝެއިޚް ތަމީން ބިން ހަމަދު އަލް ޘާނީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޤަތަރުގެ އަމީރު ޝެއިޚް ތަމީން ބިން ހަމަދު އަލް ޘާނީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެކުލަވާލާފައިވާ ޕްލޭންއާ ގުޅޭ ގޮތުން، ޤަތަރުގެ އަމީރު ޝެއިޚް ތަމީން ބިން ހަމަދު އަލް ޘާނީ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރައްވައިފި އެވެ.

ޤަތަރުގެ އަމީރު އާއި ޓްރަމްޕް މަޝްވަރާ ކުރައްވާފައި ވަނީ ބުދަ ދުވަހު ފޯނުން ގުޅުއްވައިގެންނެެވެ. އެކަމާ ގުޅިގެން އަމީރުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ހަނގުރާމަ ނިންމުމަށް ހުށަހަޅާފައިވާ ޕްލޭންއާ ގުޅޭ މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެ މަޝްވަރާ ތަކުގައި ޤަތަރުގެ އަމީރު ވަނީ، ސަލާމަތީ މަސައްކައްތަކަށް ޤަތަރުގެ ފުރިހަމަ އެއްބާރުލުން ލިބިދޭނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޓްރަމްޕް އަށް ދެއްވައިފަ އެވެ. އަދި އެ ޕްލޭނަށް ތާއީދު ކުރާ ޤައުމު ތަކަށް، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އަދި ހަމަ އެހެންމެ، ފަލަސްޠީނުގެ މިނިވަންކަމާއި، ފަަލަސްޠީނުގެ ހައްގުތައް ރައްކާތެރި ކުރެވެ އަދުލުވެރި ހައްލަކާ ދިމާލަށް ވާސިލު ވެވޭވެ ކަމުގެ ޔަޤީންކަން އޮތް ކަަމަށް ވެސް ޤަތަރުގެ އަމީރު ވަނީ ވިދާޅުވެފަ އެވެ.

ޤަތަރުގެ އަމީރު އާއި ޓްރަމްޕް މަޝްވަރާ ކުރައްވާފައިވާއިރު، މި މަޝްވަރާ އަކީ ހަނގުރާމަ ހުއްޓުވުމަށް ޤަތަރުން ކުރަމުންދާ ދިގު މަސައްކަތުގެ ތެރެއިން ކުރެވުނު ވަރަށް މުހިންމު މަޝްވަރާއެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަސް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި ޤަތަރަކީ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. އަދި ޤަތަރަކީ ސަރަހަައްދުގައި ސުލްޙަ ޤާއިމު ކުރުމަށް އިސްނަގައިގެން މަސައްކަތް ކުރަމުން އަންނަ ޤައުމެކެވެ.

މީގެ އިތުރުން އެމެރިކާ އާއި ޤަަތަރަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށްވާއިރު، އެމެރިކާގެ އެންމެ ބޮޑު އަސްކަރީ އެއް ބޭސް ވެސް ހުންނަނީ ޤަތަރުގަ އެވެ. ދާދި ފަހުން ޤަތަރަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން ވެސް، އެމެރިކާ އިން ވަނީ އިސްރާއީލް އަށް ނުރުހުން އަމާޒުކޮށް، ޤަތަރުގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

މަސްދަރު: ރޮއިޓާސް

ޝެއިޚް ޖާސިމްޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަފަލަސްތީނުއެމެރިކާ-ޤަތަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު