Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ރައީސް ޞާލިޙު

ކަންކަން އިސްލާޙު ކުރަން ފެނަކަ އަށް އެންގިން، އެކަން ރަނގަޅު ވެސް ކުރި: ރައީސް ޞާލިޙު

ފެނަކަ އާއި ބައެއް އެހެން ކުންފުނިތަކާ ގުޅޭ ގޮތުން މައްސަލަތައް ހުށަހަޅައިގެން އޭރު ވެސް އޭސީސީ އިން ބަލަމުން ގެންދިޔަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:27
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައީދު މުޙައްމަދު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައީދު މުޙައްމަދު

ފެނަކަ ކޯޕަރޭޝަންއާ ދެކޮޅަށް އޭރު ކުރެވުނު ތުހުމަތުތަކާއި، ފާހަގަ ކޮށްފައިވާ މައްސަލަތައް ޙައްލު ކުރުމަށް އެ ކުންފުންޏަށް އޭރު އަންގާފައި ވާނެ ކަމަށާއި، އަދި އެ ކުންފުނިން އެކަން ރަނގަޅު ވެސް ކޮށްފައި އޮތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ، ފެނަކަ އާއި ބައެއް އެހެން ކުންފުނިތަކާ ގުޅޭ ގޮތުން މައްސަލަތައް ހުށަހަޅައިގެން އޭރު ވެސް އޭސީސީ އިން ބަލަމުން ގެންދިޔަ ކަމަށެވެ. އަދި ފެނަކައާ ބެހޭ ގޮތުން ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން ވަރަށް ގިނަ މައްސަލަތައް ބަލަން ނުޖެހޭ ކަމަށް، ނުވަތަ ކުރިއަށް ގެންދަން ނުޖެހޭ މައްސަލަ ތަކެއް ކަަމަށް ނިންމައި ފައިލް ވެސް ކޮށްފައިވާ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސް ޞާލިޙު ވިދާޅުވީ 2021 ވަނަ އަހަރު ފެށުނުތަނާ، ފެނަކައާ ގުޅޭ ގޮތުން އޭސީސީ އިން ތައްޔާރު ކޮށްފައި އޮތް ރިޕޯޓެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެ ލިޔުންތައް ނައްތާ ނުލާ ކަމަށް ވަނީ ނަމަ، މިހާރު ވެސް ރައީސް އޮފީހުގައި އެ ލިޔުންތައް ހުންނާނެކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، އިސްލާޙު ކުރަން ޖެހޭ ކަންކަން އެމަނިކުފާނު އަމިއްލަފުޅަށް އޭގައި ފާހަގަ ކޮށްފައި ވާނެ ކަމަށެވެ. އޭގެ ފަހުން ރައީސް އޮފީހުގެ ޕޮލިސީ އޮފީހުން ފިނޭންސް މިނިސްޓްރީ އަށް އެ ރިޕޯޓު ފޮނުވި ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވި އެވެ.

އެގޮތުން އޭސީސީ އިން އަންގާފައި އޮތީ އޭރު ފެނަކައިގައި ކަންކަން ހިނގަމުން އަންނަ ގޮތުން ކޮރަޕްޝަނަށް މަގު ފަހިވާ ކަމަށާއި، އެކަން އެކަން އިސްލާޙު ކުރުމަށް އަންގާފައިވާ ކަމަށެވެ. އެއާއެކު، ވަކި މުއްދަތެއްގެ ތެރޭގައި އެކަންކަން އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓްރީ އިން، ޕީސީބީ މެދުވެރިކޮށް ފެނަކަ އަށް އެންގި ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ. އަދި އެ ވާހަަކަތައް އޭރު ވެސް ނޫސް ތަކުގައި ލިޔެފައި ހުރި ކަމަށް ފާހަގަ ކުރެއްވި އެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ އިސްލާހު ކުރުމަށް އެންގި ކަންކަން އޭރު ފެނަކައިން ރަނގަޅު ކޮށްފައިވާ ކަމަށާއި، އެއަށްފަހު އެކަން ހާމަ ކުރައްވާފައި އޮތް ކަމަށެވެ.

އަޅުގަނޑަށް ލިބުނު ފެނަކައާ ގުޅޭ ގޮތުން އޭސީސީ އިން ތައްޔާރު ކޮށްފައި އޮތް ރިޕޯޓެއް. އަޅުގަނޑު ހަނދާންވާ ގޮތުން އެއީ 2021 ފެށުނުހާތާ. އެއާ ގުޅިގެން ރައީސް އޮފީހުގައި އެ ރިޕޯޓު ދިރާސާ ކޮށްފައި އަޅުގަނޑާ ހިސާބަށް ގެނަސްދިން. މިހާރު ވެސް ރައީސް އޮފީހުގައި ހުންނާނެ އެ ލިޔުންތައް ނައްތާނުލާ ކަމަށް ވަންޏާ. އަޅުގަނޑު ހުންނާނެ އޭގައި އަޅުގަނޑުގެ އަތުން ވެސް ލިޔެފައި، މިވެނި ކަމެއް މިހެން އިސްލާހު ކުރުމަށް އަންގާށޭ. އެއާ އެކީގައި އަޅުގަނޑުމެންގެ ޕޮލިސީ އޮފީހުން ފިނޭންސް މިނިސްޓްރީ އަށް އެ ރިޕޯޓު ފޮނުވި، އޭގަ ހުރި ކަންތައްތައް އިސްލާހު ކުރުމަށް. އަޅުގަނޑު މި ދެންނެވިހެން އޭސީސީ އިން އަންގާފައި ހުރީ ފެނަކައިގައި މިހާރު ކަންތައްތައް ހިނގާ ގޮތުން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަންތައް ހުރި ކަމަށާއި، އިސްލާހު ކުރަން ޖެހޭ ކިތަންމެ ކަމެއް ހުރި ކަމަށް. އެއަށް ބޭސްކޮށް އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީ އަށް އެންގީ ވަކި މުއްދަތެއްގެ ތެރޭގައި މި ކަންތައްތައް އިސްލާޙު ކުރުމަށް އަންގާފައި އަދި ކުރޭތޯ ބަލަމުން ގެންދާށޭ. ފިނޭންސް މިނިސްޓްރީ އިން ޕީސީބީ އަށް އެކަން އަންގައި، އަދި އެ ތަނުން ފެނަކަ އަށް އެންގިކަން އަޅުގަނޑަށް އެނގޭ. އަންގައިގެން އެކަންކަން ހުންނާނެ ނޫސްތަކުގަ ވެސް ލިޔެފައި. އަޅުގަނޑުމެންނަށް ބައެއް ނޫސްވެރިން ސުވާލު ކުރި، އޭރު އޮންނާނެ ސުވާލު ކުރުމުގެ ފުރުސަތު. ފެނަކައިން އެ ކަންތައްތައް އިސްލާހު ކުރި ވާހަކަ ވެސް އެ ބޭފުޅުން އެބަ އޮތް ބުނެފައި.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

މީގެ އިތުރުން ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނު ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، ވެރިންނާ ގުޅިގެން ރައްޔިތުންނަށް ފެންނަ ކަންކަން ހިއްސާ ކުރުމަށް ވިސްލް ބްލޯ ކުރުމުގެ ފުރުސަތު އޭރު އޮންނާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހުށަހެޅި ހުރިހާ މައްސަލައެއް އޭސީސީ އަށް ފޮނުވާފައި ވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، އޭގެ ތެރެއިން އެއްވެސް މައްސަލައެއްގައި ފިޔަވަޅެއް އެޅުމަށް އެމަނިކުފާނާ ހަމައަށް އައިސްފައި އޮތް ނަމަ، ފިޔަވަޅު އަޅުއްވާފައި އޮންނާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންއެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުފަށާއިރު ޕްރޮގްރާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު