Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނުއަސާސީ

ރައްޔިތުން ފިޔަވަޅު ނާޅާ ކަންނެތް ކަމުގައި ތިބެއްޖެނަމަ ގާނޫނުގައި ހުރި ހައްގުތަކަކީ ލިޔެފައި ހުރި އަކުރުތަކަކަށްވާނެ: ސުއޫދު

ގާނޫނު އަސާސީ ހަރަކާތްތެރި ކުރުވޭނީ ރައްޔިތުން ހަރަކާތްތެރިވި ވަރަކަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 07:52
"ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ގެ ފޮތާއި "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ހުސްނުއްސުއޫދު ލިޔުއްވި ފޮތް ނެރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ

"ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ގެ ފޮތާއި "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ހުސްނުއްސުއޫދު ލިޔުއްވި ފޮތް ނެރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ

ރައްޔިތުން ފިޔަވަޅު ނާޅާ ކަންނެތް ކަމުގައި ތިބެއްޖެނަމަ ގާނޫނު އަސާސީގައި ހުރި ހައްގުތަކަކީ ކަރުދާހުގައި ލިޔެފައި ހުރި އަކުރުތަކަކަށްވާނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ގެ ފޮތާއި "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތް ނެރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ގާނޫނު އަސާސީއަކީ އޭގެޒާތުގައި އަމިއްލައަށް ބަސްބުނެ ވާހަކަ ދައްކާ ހަރަކާތްތެރިވާ އެއްޗެއް ނޫން ކަމަށާއި، ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު އޮތީ ކޮންމެ ރައްޔިތެއްގެ އަތްމަތީގައި ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީ ހަރަކާތްތެރި ކުރުވޭނީ ރައްޔިތުން ހަރަކާތްތެރިވި ވަރަކަށްކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ ގާނޫނު އަސާސީއަށް ދިރުން ގެނެވޭނީ ރައްޔިތުންގެ މަސައްކަތުން ކަމަށާއި، ރައްޔިތުން ފިޔަވަޅު ނާޅާ، ކަންނެތްކަންމަތީގައި ތިބެއްޖެކަމަށްވާނަމަ ގާނޫނު އަސާސީގައި ހުރި ހައްގުތަކަކީ ހަމަ ކަރުދާހުގައި ލިޔެފައި ހުރި އަކުރުތަކެއް ކަމަށެވެ.

އެ އަކުރުތަކަށް ދިރުން ގެނެސްދެވޭނީ ރައްޔިތުން ކުރި މަސައްކަތުން. ރައްޔިތުން ހަށި ބުރަވެ ކަންނެއްވެއްޖެ ކަމަށްވެއްޖެއްޔާ އެ އަސާސީ ހައްގުތަކެއް ގާނޫނު އަސާސީގައި ލިޔެފައި ހުއްޓަސް އެ އެއްޗިއްސަކީ ދިރިގެން ކޮޅަށް ތެދުވެގެން ހިނގާފައި ގޮސް ކަންކަން ކޮށްދީ ހައްލުތަކެއް ގެނެސްދޭނެ ކަމެއް ނޫން.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

މީގެ އިތުރުން ސުއޫދު ވަނީ ސިޔާދަތީ ބާރަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.

ސުއޫދު ވިދާޅުވީ، ދައުލަތް ދައުލަތެއްގެ ގޮތުގައި ދެމި އޮންނަނީ މިި ސިޔާދަތީ ބާރުގެ ސަބަބުން ކަމަށާއި، އެކަތިގަނޑެއްގެ ގޮތުގައި ދައުލަތް ހިފަހައްޓަނީ މި ސިޔާދަތީ ބާރުން ކަމަށެވެ. ނަމަވެސް މި ސިޔާދަތީ ބާރަކީ ވަރަށް ނުރައްކާތެރި ބިރުވެރި އެއްޗަކަށް ބައެއް ފަހަރުވާ ކަމަށާއި، އެބާރު އޮޅުކުރަން ޖެހޭ ކަމަށެވެ.

ސުއޫދު ވިދާޅުވީ ސިޔާދަތީ ބާރު ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެބާރު ހިފެހެއްޓޭ އެއްގޮތަކީ ގާނޫނު އަސާސީ ލިޔުން ކަމަށެވެ. ގާނޫނު އަސާސީއެއް ލިޔެގެން ދައުލަތުގެ ސިޔާދަތީ ބާރު އޮބެހެއްޓުމަށް ވަރަށް ގިނަ މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ގާނޫނު އަސާސީ ލިޔުމުގެ ތެރެއިން މި ސިޔާދަތީ ބާރު ތިން ބަޔަކަށް ބަހާލިކަން ސުއޫދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެބާރު ނުހިފެހެއްޓިއްޖެނަމަ އެބާރު ވަރަށް ފަސޭހައިން ގޮސް މީހެއްގެ އަތް މައްޗަށް ޖަމާވެ އެބާރު ވަރަށް ވިޔާނުދާ އެއްޗަކަށްވާ ކަމަށެވެ.

ދައުލަތަކީ ދުނިޔޭގެ ބިމުން އިން ކަނޑައެޅިފައިވާ ސަރަހައްދެއްގެ ތެރޭގައި ވަކި ޖަމާއަތެއްގެ ތެރޭގައި ވަކި ބާރުތަކެއް ލިބިގެން އުޅެމުންދާ ފަރުދުން އެކުވުމުން އުފެދޭ ގާނޫނީ ނިޒާމަކަށް ކިޔާނަމެއް. މިގޮތުން އުފެދޭ ދައުލަތް ނިސްބަތްވަނީ އެއް ރައްޔިތަކާ އެއް ސަރަހައްދަކާ އެއްބާރެއް. އެހެންވީމަ މިއިން ކޮންމެ ދައުލަތެއްގައި ވެސް އެ ދައުލަތެއް ނިސްބަތްވާނީ އެއް ރައްޔިތަކާ އެއްސަރަހައްދަކަށް އެއްބާރެއް. އެއަށް ޖުމްލަކޮށް މިކިޔަނީ ދައުލަތުގެ ސިޔާދަތީ ބާރު. އަދި މިގޮތުން އުފެދިފައި އޮންނަ ދައުލަތް ދައުލަތެއްގެ ގޮތުގައި ދެމި އޮންނަނީ މިިސިޔާދަތީ ބާރުގެ ސަބަބުން. އެކަތިގަނޑެއްގެ ގޮތުގައި ދައުލަތް މި ހިފަހައްޓަނީ މި ސިޔާދަތީ ބާރު. އެހެންނަމަވެސް މި ސިޔާދަތީ ބާރަކީ ވަރަށް ނުރައްކާތެރި ބިރުހުރި އެއްޗަކަށް ބައެއްފަހަރު ވެދޭ. އެހެންވީމަ އެބާރު އޮޅުކުރަން އެބަޖެހޭ. އެބާރު ބައެއް ފަހަރަށް ކަސްތަޅުއަޅުވަންޖެހޭ ބައެއް ފަހަރު ބާރު ހިފަހައްޓަން ޖެހޭ، ބާރު ބަންނަން ވެސް އެބަޖެހޭ. ބަދެގެން ނޫނިއްޔާ އެބާރު ހިފެހެއްޓޭނެ ގޮތެއް ނޯވޭ. އެބާރު ނުހިފެހެއްޓިއްޖެއްޔާ އެބާރު ނިކަން ފަސޭހައިން ގޮސް މީހެއްގެ އަތް މައްޗަށް ޖަމާވެ އެބާރު ވަރަށް ވިޔާނުދާ އެއްޗަކަށްވެދޭ. ވަރަށް ބޮޑު ވިހައަކަށްވެދޭ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު ވިދާޅުވީ ކޮންމެ ހައްގެއް ވެސް ގާނޫނު އަސާސީގައި ލިޔެފައިވަނީ ތަންފީޒު ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ގާނޫނު އަސާސީ ނަގަހައްޓާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުޤާނޫނުއަސާސީއަސާސީ ހައްޤުތައްހުސްނުއްސުއޫދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު