Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަތަންޔާހޫ

އދ. ގެ އާންމު މަޖިލީހުގައި ވާހަކަ ދެއްކި އިރު ނަތަންޔާހޫގެ ކޯޓުގައި ހަރުކޮށްފައިވަނީ ކޮން އެއްޗެއް؟

ނަތަންޔާހޫގެ ކޯޓުގައި ހަރުކޮށްފައިވާ އެއްޗަކަށް ސަމާލުކަން ހޯދަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ވާހަކަ ފެށުމާއެކު، ގިނަ އަދަދެއްގެ މަންދޫބުން މަޖިލިސް ދޫކޮށް ވަނީ ނުކުމެގެން ގޮސްފައި.

ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 01:12
ނިއުޔޯކުގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، ސެޕްޓެމްބަރު 26، 2025.

ނިއުޔޯކުގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، ސެޕްޓެމްބަރު 26، 2025.

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ އާންމު މަޖިލީހުގައި ވާހަކަ ދެއްކި އިރު ކޯޓުގައި ހަރުކޮށްފައިވާ ވަށް ސްޓިކަރ އެއް ފަދަ އެއްޗަކަށް މީޑިއާގެ ސަމާލު ކަން ލިބިއްޖެއެވެ.

ކުރީގެ އަހަރުތަކުގައި ވެސް ނަތަންޔާހޫ ވަނީ އާންމު މަޖިލިހުގައި މީހުންގެ ސަމާލު ކަން ހޯދުމަށް މިފަދަ ކަންކަން ކޮށްފައެވެ.

މިއަހަރު އޭނާގެ ކޯޓުގައި ހަރުކޮށްފައި ވަނީ ކިއުއާރު ކޯޑެކެވެ.

މި ކިއުއާރު ކޯޑަކީ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާ އަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް، އެ ހަމަލާގެ ފަހުން ނެގި މަންޒަރުތަކާއި މަޢުލޫމާތު ހިމެނޭ ވެބްސައިޓަކަށް ލިންކުވާ ކޯޑެކެވެ. މި ހަމަލާ އަކީ އިސްރާއީލު ސިއްސުވާލި އަދި މިހާތަނަށް ދީފައި ނުވާ ފަދަ ވަރުގަދަ ހަމަލާ އެއް ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

"ބެލުމުގައި ނުހަނު ބޮޑަށް ސަމާލުވުން އެދެވިގެންވެއެވެ" މިހެން ލިޔެފައިވާ އޮންލައިން ޞަފްޙާގައި ހަމަލާގައި ގެއްލުންވި ފަރާތްތަކުގެ މަންޒަރުތައް ހިމަނާފައިވެއެވެ.

މީހުންގެ ސަމާލުކަން ހޯދުމަށް ނަތަންޔާހޫ މަސައްކަތް ކުރި ނަމަވެސް، ހުކުރު ދުވަހު އޭނާ އާންމު މަޖިލީހުގައި ވާހަކަދައްކަން ފެށުމާއެކު، ގިނަ އަދަދެއްގެ މަންދޫބުން ކުއްލިއަކަށް އދ. ގެ އާންމު މަޖިލީހުން ނުކުމެގެން ވަނީ ގޮސްފައެވެ. ބައެއް މަންދޫބުން ނުކުމެގެން ދަމުން ނަތަންޔާހޫ އަށް ނުރުހުން ފާޅު ކުރުމުގެ ގޮތުން އެކި އެކި އިޝާރާތްތައް ކޮށްފައިވެއެވެ. އެއާއެކު މާލަމުގެ އިންތިޒާމު ގެއްލިގެން ދިޔަކަން ފާހަގަ ކުރެވުނެވެ.

ޣައްޒާގައި އަދި ފަލަސްޠީނުންނާ ދެކޮޅަށް އޭނާގެ އަމުރަށް ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އިސްރާއީލު ބައިނަލް އަގްވާމީ ދުނިޔޭގައި ވަރަށް ބޮޑަށް ވަނީ އެކަހެރިވެފައެވެ.

ބެންޖަމިން ނަތަންޔާހޫއދއިސްރާއީލް-ހަމާސްޣައްޒާފަލަސްތީނުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު