Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އދ ގައި ޝަރާއު ވިދާޅުވީ، އިސްރާއީލްގެ ހަމަލާ ތަކުގެ ސަބަބުން ސަރަހައްދުގައި ނުރައްކާތެރިކަން އޮތް ކަމަށް

އދ ގައި އަލް ޝަރާ ވާހަކަ ދައްކަވާފައިވާއިރު، މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި ސީރިއާގެ ރައީސަކު އދ ގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އެ ވާހަކައިގައި އަލް ޝަރާ ވިދާޅުވެފައި ވަނީ، ސީރިއާގެ ރައީސް ކަމުން ބައްޝާރު އަލް އަސަދު ދުރު ކުރި ފަހުން، ސީރިއާ އަކީ މިހާރު ހަމަޖެހުމާއި ސުލްގައިގެ ފުރުސަތުތަެއް އޮތް ޤައުމަކަށް ބަދަލުވެފައިވާ ޤައުމެއް ކަމަށެވެ.

އދ ގެ މަންސަލުގައި ސީރިއާގެ ރައީސް އިސްރާއީލްގެ ހަމަލާތަކުން ސަރަހައްދަށް ކުރިމަތިވާ ނުރައްކާތެރިކަން ފާހަގަކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:04
އދ ގެ ޖެނަރަލް އެސެމްބްލީގައި ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ވާހަކަ ދައްކަވަނީ

އދ ގެ ޖެނަރަލް އެސެމްބްލީގައި ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ވާހަކަ ދައްކަވަނީ

އިސްރާއީލްގެ ސަބަބުން ސަރަހައްދުގައި ހަމަނުޖެހުމާއި، ހަމަލާ ތަކުގެ ސަބަބުން ނުރައްކާތެރިކަން އޮތް ކަމަށް ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ވިދާޅުވެއްޖެ އެވެ.

އަލް ޝަރާ މިހެން ވިދާޅުވީ އދ ގެ ޖެނަރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ އިސްރާއީލް އިން ދެމުން ގެންދާ ހަމަލާތަކަކީ މުޅި ސަރަހައްދަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ.

އދ ގައި އަލް ޝަރާ ވާހަކަ ދައްކަވާފައިވާއިރު، މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި ސީރިއާގެ ރައީސަކު އދ ގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އެ ވާހަކައިގައި އަލް ޝަރާ ވިދާޅުވެފައި ވަނީ، ސީރިއާގެ ރައީސް ކަމުން ބައްޝާރު އަލް އަސަދު ދުރު ކުރި ފަހުން، ސީރިއާ އަކީ މިހާރު ހަމަޖެހުމާއި ސުލްގައިގެ ފުރުސަތުތަެއް އޮތް ޤައުމަކަށް ބަދަލުވެފައިވާ ޤައުމެއް ކަމަށެވެ.

އެހެން ނަމަވެސް، އަލް އަސަދު ވެރިކަމުން ދުރު ކުރެވުނު ފަހުން ވެސް، އިސްރާއީލް އިން ދެމުން ގެންދާ ހަމަލާ ތަކުގެ ސީރިއާގެ ކުރިމަގަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނަ ކަމަށް އަލް ޝަރާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެކަން ފާހަގަ ކުރައްވައި އަލް ޝަރާ ވިދާޅުވީ، ސީރިއާ އިން ދަނީ 1973 ވަނަ އަހަރުގެ ޔޮމް ކިޕޫރު ހަނގުރާމައިގެ ފަހުން ވެވުނު ހަމަޖެހުމުގެ އެއްބަސްވުމަށް އިޙުތިރާމް ކުރަމުން ކަމަށެވެ.

މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލް އަށް ދިން ހަމަލާއާ ގުޅިގެމް އިސްރާއީލް އިން ވަނީ މުޅި ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތައް ޚަރުދަނާ ކޮށްފަ އެވެ. އަދި ޣައްޒާ އަށް އެތައް ހަމަލާތަކެއް ދީ، އެތައް ބަޔަކު ޝަހީދުކޮށް، މުޅި ޣައްޒާ ވަނީ ސުންނާފަތި ކޮށްލައިފަ އެވެ.

އިސްރާއީލް އިން ހިންގަމުން އަންނަ ޖަރީމާ ތަކުގައި އެ ޤައުމަށް އެންމެ ބޮޑަށް ވާގިވެރި ވަމުން އަންނަނީ އެމެރިކާ އަދި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ނަމަވެސް، ޓްރަމްޕް ވަނީ އަލް ޝަރާއާ ބައްދަލު ކުރައްވައި، ގުޅުން ބަދަހި ކުރައްވައިފަ އެވެ.

އދ ގައި ބަައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅުގައި އަލް ޝަރާ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އަދި އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އޭގެ އިތުރުން، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ވެސް އަލް ޝަރާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އަޙުމަދު އަލް-ޝަރާއުސީރިޔާ-އިޒްރޭލު ހަނގުރާމަޔޫންއެން ޖެނެރަލް އެސެމްބްލީހަމާސް-އިސްރާއީލްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު