Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާ އަށް އެހީ ހިފައިގެން ދަތުރުކުރާ އުޅަނދުތަކަށް އަމާޒު ކޮށް ޑްރޯން ހަމަލާތަކެއް ދީފި

އެހީ ހިފައިގެން ދަތުރުކުރާ އުޅަނދުތަކުގައި ތިބި އެކްޓިވިސްޓުން ބުނާ ގޮތުގައި އެމީހުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް ނަމަވެސް، އެތައް ޑްރޯނެއް އެމީހުންގެ އުޅަނދުތަކަށް އަމާޒުކޮށްފައި ވުމުގެ އިތުރުން ގޮވުމުގެ އަޑުތައް އިވިފައިވެއެވެ.

ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2025 | ބުދަ 10:08
ޣައްޒާ ގެ ހިސޯރު މުގުރާލުމަށް ދަތުރުކުރާ ގްލޯބަލް ސުމުދު ފްލޮޓިލާގައި ބައިވެރިން  ޓިއުނީޝިއާގެ އުތުރުގެ ބަނދަރު ސަރަހައްދެއްގައި

ޣައްޒާ ގެ ހިސޯރު މުގުރާލުމަށް ދަތުރުކުރާ ގްލޯބަލް ސުމުދު ފްލޮޓިލާގައި ބައިވެރިން ޓިއުނީޝިއާގެ އުތުރުގެ ބަނދަރު ސަރަހައްދެއްގައި

ޣައްޒާ އަށް އެހީ ހިފައިގެން ކަނޑުމަގުން ކުރަމުންދާ ދަތުރު އިންތިޒާމުކުރާ ފަރާތްތަކުން އަންގާރަ ދުވަހުގެ ރޭ ބުނެފައިވަނީ ގްރީސްގެ ކައިރީގައި މިހާރު އޮތް އެމީހުންގެ ބައެއް އުޅަނދުތަކަށް އަމާޒު ކޮށް ގިނަ ޑްރޯން ތަކެއް ފޮނުވާލާފައިވާ ކަމަށާއި، ގޮވުމުގެ އަޑުތައް އިވިފައިވާ ކަމަށެވެ.

"ގިނަ ޑްރޯންތަކަކާއި، ގޮތް ނޭނގޭ އެއްޗެހިތަކެއް ވެއްޓި، މުވާސަލާތްތައް ހުއްޓި އަދި ގިނަ އުޅަނދުތަކަކުން ގޮވުމުގެ އަޑު އިވުނު" ކަމަށް ގްލޯބަލް ސުމޫދު ފްލޯޓިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން ނުވަތަ ނޫންކަން ބަޔާނުގައި ހިމަނާފައެއް ނުވެއެވެ.

"އަޅުގަނޑުމެންނަށް މި ނަފްސާނީ ހަނގުރާމަ މިހާރު ސީދާ ފެންނަމުން މިދަނީ، އެކަމަކު އަޅުގަނޑުމެން ބިރުގަންނާކަށް ނުޖެހޭނެ" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޖަރުމަނުގެ އިންސާނީ ޙައްޤުތަކުގެ އެކްޓިވިސްޓް އަދި ފްލޯޓިލާގެ މެންބަރު ޔާސްމިން އާކާ އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ފަސް އުޅަނދަށް ހަމަލާދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އުފުލަނީ ހަމައެކަނި އިންސާނީ އެހީ" އޭނާ ބުންޏެވެ. "އަޅުގަނޑުމެންގެ އަތުގައި ހަތިޔާރެއް ނެތް. އަޅުގަނޑުމެންގެ ފަރާތުން އެއްވެސް މީހަކަށް ނުރައްކަލެއް ނެތް. އެތައް ހާސް މީހުން މަރަމުންދަނީ އިސްރާއީލުން، އަދި މުޅި އާބާދީއެއް ބަނޑަށް ޖައްސަމުންދަނީ ވެސް އެމީހުން."

ކުރިން ރެކޯޑުކުރި ވީޑިއޯއެއްގައި އާކާ ބުނެފައިވަނީ އެކްޓިވިސްޓުންނަށް "15، 16 ޑްރޯން" ފެނިފައިވާ ކަމަށާއި، އަދި އެމީހުންގެ ކޮމިއުނިކޭޝަން ހުއްޓިފައިވާ ކަމަށެވެ.

ފްލޯޓިލާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ވީޑިއޯ އެއްގައި، ބްރެޒިލްގެ އެކްޓިވިސްޓް ތިއާގޯ އަވިލާ ބުނެފައިވަނީ ހަތަރު އުޅަނދަށް "ޑްރޯންތަކުން ޑިވައިސްތަކެއް" އަމާޒުކޮށްފައިވާ ކަމަށެވެ. އެ ވަގުތު ފަހަތުން އިތުރު ގޮވުމެއްގެ އަޑު އިވުނެވެ.

ގްލޯބަލް ސުމޫދު ފްލޯޓިލާ ބާސެލޯނާ އިން ދަތުރު ފެށީ މި މަހުގެ ކުރީކޮޅުގައެވެ. އެމީހުންގެ މަޤްޞަދަކީ އިސްރާއީލުން ޣައްޒާ އަށް އަޅާފައިވާ ހިސޯރު ނިމުމަކަށް ގެނެސް، އެ ސަރަޙައްދަށް އެހީ ފޯރުކޮށްދިނުމެވެ.

މިހާރު އެ ފްލޯޓިލާގައި 51 އުޅަނދު ހިމެނެއެވެ. އޭގެ ގިނަ އުޅަނދުތައް މިހާރު އޮތީ ގްރީސްގެ ކްރީޓް ޖަޒީރާގެ ކައިރީގައެވެ.

ޣާއްޒާ އަށް ދަތުރު ފެށުމުގެ ކުރިން ޓިއުނީޝިއާ ގައި އެމީހުންގެ އުޅަނދު އަޅާފައި އޮއްވާ، ޑްރޯން ހަމަލާ ކަމަށް ބެލެވޭ ދެ ހަމަލާ އެމީހުންނަށް ދީފައިވެއެވެ.

ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތުންބަރގް ވެސް މި ފްލޯޓިލާގައި ބައިވެރިވެފައިވެއެވެ.

އިސްރާއީލުން ހޯމަ ދުވަހު ބުނެފައިވަނީ އެ އުޅަނދުތައް ޣައްޒާ އަށް ވަނުމަށް ހުއްދައެއް ނުދޭނެ ކަމަށެވެ.

ޖޫން އަދި ޖުލައި މަހު އެކްޓިވިސްޓުން އެހީ ފޯރުކޮށްދިނުމަށް ކުރި ދެ މަސައްކަތްވެސް އިސްރާއީލުން ހުއްޓުވާލިއެވެ.

ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަޙައްދުގައި ނުރައްކާތެރި އިންސާނީ ކާރިސާ އެއް އުފެދިފައިވާތީ، އިސްރާއީލަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންދެއެވެ.

ފާއިތުވި މަހު، އދ. އިން ބާރުދޭ ޖަމްޢިއްޔާއަކުން ރަސްމީކޮށް އިޢުލާނު ކޮށްފައިވަނީ ޣައްޒާ ގެ ބައެއް ސަރަޙައްދުތަކުގައި ބަނޑުހައިހޫނުކަން ފެތުރިފައިވާ ކަމަށެވެ.

އަދި ސެޕްޓެމްބަރު 16 ގައި، އދ. ގެ ތަޙްޤީޤުކުރާ ފަރާތްތަކުން އިސްރާއީލަށް ތުހުމަތު ކޮށްފައިވަނީ ހިސޯރު ކޮށްފައިވާ އެ ސަރަޙައްދުގައި "ނަސްލު ނައްތާލުމުގެ" ޢަމަލުތައް ހިންގަމުންދާ ކަމަށެވެ.

އިޒްރޭލް-ފަލަސްޠީންޣައްޒާގްލޯބަލް ސުމޫދު ފްލޯޓިލާޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު