Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޫނު އެއްޗަކުން ހަމަލާ ދިނުން

އައްޑޫ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި، ފަރުވާ ދެނީ އައިސީޔޫގައި

މި މާރާމާރީގައި 34 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ސެޕްޓެމްބަރު 2025 | ބުދަ 08:18
ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި އައްޑޫސިޓީގައި ފުލުހުން ހަރަކާތްތެރިވަނީ

ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި އައްޑޫސިޓީގައި ފުލުހުން ހަރަކާތްތެރިވަނީ

އައްޑޫ ސިޓީ ހިތަދޫގައި އަންގާރަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ބުދަ ދުވަހު ފުލުހުން ބުނީ، ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް އަންގާރަ ދުވަހުގެ ރޭ ދަންވަރު 1:17 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ މި މާރާމާރީގައި 34 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ މީހާ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށާއި، އެ މީހާއަށް އައްޑޫ އީކުއޭޓްރަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަރުވާދެމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމްވި މީހާގެ ސަރޖަރީއެއް ވަނީ ކޮށްފައެވެ. ފުރާނައަށް ނުރައްކަލެއް ނެތް ނަމަވެސް މިވަގުތު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހަމަލާދިން ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާއިރު، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ވެސް އައްޑޫ ސިޓީގައި ހިންގި މާރާމާރީތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.

އައްްޑޫ ސިޓީހިތަދޫޕޮލިސްއޭއީއެޗްއަނިޔާތޫނު އެތި ހަމަލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު