Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މައުލޫމާތު ހޯދައި ލިބިގަތުން

އައިކޮމްގެ ބޭނުމެއް ނެތް، މައުލޫމާތު ނުދީ ހިފަހައްޓައި ޤާނޫނު މުގުރަނީ ދައުލަތުގެ އެންމެ މަތިން

މުލިއާގެއަށް ކުރި ޚަރަދާއި، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ތަފްސީލު ދޭން އައިކޮމްއިން ރައީސް އޮފީހަށް އެންގުމުން ނުދިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 އެޕްރީލު 2024 | ހޮނިހިރު 09:49
ރައީސް އޮފީސް

ރައީސް އޮފީސް

ހެޔޮ ހިންގުމުގެ ނިޒާމެއްގެ އަދި ނަޒާހަތްތެރި ދައުލަތެއްގެ އެންމެ މުހިންމު ސިފައަކީ ހާމަކަން ބޮޑުވުމާއި، މައުލޫމާތު ދިނުމާއި އިދާރާތަކުގައި ހުރި މައުލޫމާތަށް ރައްޔިތުނަށް ވާސިލުވުމެވެ. އެހެން ނޫން ނަމަ، ދައުލަތުން ނުވަތަ ސަރުކާރުތަކުން ނިންމާ ނިންމުންތަކާއި ކުރާ ޚަރަދާ މެދު ރައްޔިތުންގެ އިތުބާރެއް ނޯންނާނެއެވެ.

ދައުލަތުގެ އިދާރާތަކާއި ވެރިންނަށް ލިބޭނެ އެންމެ ބޮޑު ރައުސުލްމާލަކަށް ވާނީ ރައްޔިތުންގެ އިތުބާރެވެ.  އެކަން ހާސިލު ވާނީ ހާމަކަން ބޮޑުވެ، އަދި ރައްޔިތުންނަށް، ރައްޔިތުންނަށް ރައްޔިތުންގެ މައުލޫމާތަށް ވާސިލުވެވިގެންނެވެ.

އެކަން ކޮށްދިނުމަށް އިދާރާތަަކަށް ކޮށްދެވޭނެ ކަމަކީ މައުލޫމާތު ހޯދަށް ހުށަހަޅާ މައްސަލަތަކަށް ވީހާ އަވަހަށް އިޖާބަ ދިނުމެވެ.

އެ މައުލޫމާތުތައް ހޯދައިގަތުމަށް ގާނޫނުގެ އަސާސީގެ 29 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގެވެ. އެ ހައްގަށް އުނިކަމެއް ގެނައުމާއި، އެ ހައްގަށް އަރައިގަތުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

އެހެންނަމަވެސް ހިތާމައަކީ މިއަދު އެ ހައްގަށް އަރައިގަންނަމުންދަނީ ވަކި ފަރުދެއް ނުވަތަ ވަކި އިދާރާއަކުން ނޫނެވެ. ދައުލަތުގެ އެންމެ މަތިންނެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާއަށްވާއިރު، މިއަދު އެ ހައްގު އެންމެ ބޮޑަށް ހިފަހައްޓަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު މީގެ ކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އާރުޓީއައި ނުވަތަ "ރައިޓް ޓު އިންފޮމޭޝަން" ލާންޖެހޭ ހިސާބަކަށް ނުދާނެ ކަމަށާއި، މި ސަރުކާރުގައި ހުރިހާ މައުލޫމާތެއް ލިބެމުންދާނެ ކަމަށެވެ.

އެހެންނަމަވެސް، މައުލޫމާތު ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާ މައްސަލަތައް މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައިވެސް މިވަނީ 58 އިންސައްތަ އިތުރުވެފައެވެ.

މަހޯލި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އާރްޓީއައި ތަކަށް އެއްގޮތަކަށް ވެސް ޖަވާބުނުދޭ އިދާރާތައް ހުރިއިރު، ޕޯޓަލް މެދުވެރިކޮށް އެންމެ ގިނަ އާރްޓީއައި ލިބިފައިވަނީ ރައީސް އޮފީހަށެވެ.

އެހެންނަމަވެސް ހިތާމައަކީ އޭގެ ތެރެއިން 60 އިންސައްތަ އާރްޓީއައި ރިކުއެސްޓް ރައީސް އޮފީހުން މިހާތަނަށް އަދި ބަލައިގެންފައި ވެސް ނުވާކަމެވެ. މިއީ ދާދި ފަހުން އައިކޮމްއިން އާންމުކުރި ތަފާސްހިސާބު ދައްކުވައިދޭ މަންޒަރެވެ.

މިއަދު ނޫސްތަކުގެ ފަލަސުރުހީން ފެންނަމުންދަނީ އައިކޮމްއިން އެންގުމުންވެސް ރައީސް އޮފީހުން ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި މައުލޫމާތު ފޯރުކޮށްނުދޭ ވާހަކައެވެ.

އަދި އެ މައުލޫމާތު ފޯރުކޮށްނުދޭތީ އެކަމާ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުންތަކަށްވެސް އެންމެ ކުޑަމިނުން ރައީސް އޮފީހުން ހާޒިރުނުވާ ވާހަކައެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. ރައީސް އޮފީހުން ހާޒިރު ނުވުމުން، އެ އޮފީހުގެ ޢައިރު ހާޒިރުގައި އެކަމާ ގުޅޭ އަޑުއެހުން ބާއްވައި 3 ދުވަހުގެ ތެރޭގައި މައުލޫމާތު ދިނުމަށް އެންގުމުން، އެހިސާބުންވެސް މައުލޫމާތު ދޫކުރަނީއެއް ނޫނެވެ. ނުވިތާކަށް އެ މައުލޫމާތު ދޫ ނުކުރާ ސަބަބެއްެވެސް ސާފުވަނީއެއް ނޫނެވެ.

އޭގެ ބައެއް މިސާލުތަކަކީ މުލިއާގެއަށް ކުރި ޚަރަދާއި، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ތަފްސީލު ދޭން އައިކޮމްއިން ރައީސް އޮފީހަށް އެންގުމުންވެސް، އެ މައުލޫމާތު ނުދީ ހިފަހައްޓައި، އައިކޮމްގެ އަޑުއެހުންތަކަށްވެސް "ފިލައިގެން" ރައީސް އޮފީހުން އުޅޭ އުޅުމެވެ.

ކަންމިހެން ހުރުމާއެކު، މިއަދު ބުނެލަން ޖެހެނީ މައުލޫމާތު ހިފަހައްޓަނީ ދައުލަތުގެ އެންމެ މަތިންކަމެވެ. ވީއިރު ދެން ހުރި މުއައްސަސާތަކުން މައުލޫމާތު ހޯދޭނެކަމުގެ އުއްމީދެއްވެސް ކުރުމުގެ ބޭނުމެއް ނެތެވެ.  

ރައީސް އޮފީސްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު