Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ދަރަނި

ރާއްޖޭގައި އެއް އަހަރުގެ ތެރޭގައި ދަރަނި އިތުރުވި ރިކޯޑު އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުމަތީގައި: ރިޔާޒު މަންސޫރު

މިހާރު ލޯނު ދައްކަމުން ނުދާއިރު، ގައުމަށް ވަންނަ ޑޮލަރު ބާޒާރުން ފެންނަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2025 | ހޯމަ 07:25
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގައި އެއް އަހަރުގެ ތެރޭގައި ދަރަނި އިތުރުވި ރިކޯޑު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރިޔާޒު މަންސޫރު ވިދާޅުވީ މިސަރުކާރުން ބޭރަށް ދައްކަން ޖެހޭ ދަރަނި ރީސްޓްރަކްޗަރކޮށް ލަސްކުރަމުންދާ ކަމަށެވެ. މިހާރު ލޯނު ދައްކަމުން ނުދާއިރު، ގައުމަށް ވަންނަ ޑޮލަރު ބާޒާރުން ފެންނަންޖެހޭ ކަމަށާއި، ނަމަވެސް ޑޮލަރަށް ވާނުވާ ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިސަރުކާރުން ޑޮލަރަށް ގެނައި ސިޔާސަތާއެކު، ޑޮލަރު ދައުލަތަށް ލިބޭ މިންވަރު އިތުރުވި ނަމަވެސް ޑޮލަރުގެ އަގުހުރީ 21 ރުފިޔާއަށްވުރެ މަތީގައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޑޮލަރުގެ ރޭޓު މަތިވާނެ ކަމަށް ރިޔާޒު މަންސޫރު ވިދާޅުވިއެވެ.

އަޅުގަނޑު ދުށިން ވަރަށްފަހުން މިސަރުކާރުގެ މަޖިލިސް މެންބަރެއް ޕޯސްޓު ކޮށްފައި އޮއްވާ ބޭރުގެ ގައުމުތަކަށް ދަރާފައި އޮތް ދަރަނި އަލުން ރީސްޓްރަކްޗަރ ކުރަނީއޭ ނުވަތަ އެ ލަސްކުރަނީއޭ ދެން އޭގެ އިތުރުން ސްކޫކް ވެސް ރީފައިނޭންސް ކުރަނީއޭ. އެހެން ކަމަށްވެއްޖެއްޔާ މިހާރު މިސަރުކާރު މިހާރު މިނަގާ ޑޮލަރު ކޮންތާކަށްތޯ ދަނީ. ކީއްވެތޯ ބާޒާރުގައި ޑޮލަރު ނެތީ. ކޮންމެވެސް އެއްގޮތެއް ނުންތޯ މީގައި ވާނީ. އެބޭފުޅުން ދައްކަންޖެހޭ ދަރަނި ސަރުކާރުން ދައްކަން ޖެހޭ ދަރަނި ލަސް ކުރާ ކަމަށްވަންޏާ ބާޒާރުގައި ޑޮލަރު ހުންނަންވީނުންތޯ. އެކަމަކު ޑޮލަރެއް ނެތް ބާޒާރުގައި. ޑޮލަރު ހުރީ 21 ގައި. އެހެންވީމަ އެބޭފުޅުން ދައްކާ ވާހަކަ މިހާރު ދިމާނުވޭ. ބާޒާރުގެ ހަގީގަތް ވެސް މިހާރު މިދަނީ ހަމަ މުޅިން ފާލުން ނެއްޓިގެން އެނގޭތޯ. އަދި މިއަށްވުރެ ވެސް މައްޗަށް ދާނީ
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު

ރާއްޖޭގެ ދަރަނި އިތުރުވަމުންދާކަން ފާހަގަކުރައްވައި ރިޔާޒު މަންސޫރު ވިދާޅުވީ އެއްއަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި އިތުރުވި ރިކޯޑު އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުމަތީގައި ކަމަށާއި، 2024 ވަނަ އަހަރު އެކަނި 19 ބިލިއަން ރުފިޔާއިން ގައުމު ދަރުވާލާފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގެ ރިކޯޑް ޑެފިސިޓް އޮތީ ރައީސް މުއިއްޒުގެ އަތުގައި. 2024 ގެ ޑެފިސިޓް. އެއީ ކޮވިޑް 2020ށް ވުރެ ބޮޑު ޑިފިސިޓެއް. މިހާރު ރާއްޖޭގައި އެއްއަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނި އިތުރުވި ރިކޯޑު އޮތީ ރައީސް މުއިއްޒުގެ. އެއީ 2024 ގައި. އެއީ 19 ބިލިއަން. އެއީ މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ މައުލޫމާތު. އެ އަސްލު އަދަދު 20 ނުވަތަ 21 ބިލިއަނަށް އެރީސް އެ ހަދާފައި އޮތް ގޮތަކީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައި 2024 ށް ރިކޯޑު ކުރަންޖެހޭ އަދަދެއް އެބައިން 2023 ށް އެނގޭތޯ ވައްދާލާފައި. އެހެންވީމަ 19 ބިލިއަންއާ ހިސާބަށް ވެސް މިގޮސްފައި. މިއީ ހާލަތަކީ. ދެން މިދިޔަ އަހަރުގެ ގީޓީބީ ގްރޯތް އިގްތިސާދު ކުރިއަށް ދިޔަ މިންވަރަކީ 3.3 ޕަސެންޓް. އޭތި އަޅާ ކިޔަންވީ 2023 ގައި 4.9 ޕަސެންޓް. ކީއްވެގެންތޯ މިހެން މިވަނީ. ކޮބައިތޯ ތަފާތަކީ . އާމްދަނީ ވީ އިތުރު. ޓޫރިސްޓުން ވީ އިތުރު. ހަމަ ގައުމު ވެސް ވަތް ޑޮލަރުވީ އިތުރު. އެކަމަކު އެފައިސާތައް ދާތަނެއް ނޭނގޭ. ކުރީގައި ވެސް ދަރަނި އޮތް. ހާލަތު އޮތް. އޭރު އާފަލެއް ލިބޭ ފަސް ރުފިޔާއަށް. މިހާރު ކީއްވެގެންތޯ 12 ރުފިޔާއަށް އާފަލެއް ލިބެންވީ.
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު

ރިޔާޒު މަންސޫރު ވިދާޅުވީ އިގްތިސާދު ގޯސް ނޫން ކަމަށާއި، ރާއްޖޭގެ އާމްދަނީ އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް ފައިސާއަށް ވާނުވާ ނޭނގި، ޑޮލަރު ނުހިފެހެއްޓޭ ކަމަށެވެ. އަދި މިސަރުކާރަށް އިގްތިސާދު މެނޭޖްކުރަން ކުރަންވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުހައްމަދު މުއިއްޒުރިޔާޒު މަންސޫރުއިކޮނޮމިކް މިނިސްޓްރީދަރަނިޑޮލަރުގެ ހިފެހެއްޓުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

28 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު