Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އަންނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ރާއްޖެއަކު ނެތް، ޚަރަދު ކުޑަނުކޮށް ނުވާނެ: ސިޔާމް

18 ނޮވެމްބަރު 2025 | އަންގާރަ 07:59

ދައުލަތުގެ ޚަރަދު 40 އިންސައްތަ އިން ކުޑަ ކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ނޮވެމްބަރު 2025 | އަންގާރަ 07:59
މީދޫ ދައިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

މީދޫ ދައިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

އަންނަ 2026 ވަނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާ އެ ފައިސާ އަކީ މިއަދު މި ގައުމުގައި ނެތް ފައިސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ ދައުލަތުން ކުރާ ޚަރަދު ބޮޑުތަނުން ކުޑަކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ޚަރަދު 40 އިންސައްތަ އިން ކުޑަ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement
އަޅުގަނޑު ބޭނުންވޭ ދައުލަތުގެ ޚަރަދު މިހާރު ހުރި ވަރަށް ވުރެ ގާތްގަނޑަކަށް 40 އިންސައްތަ ކުޑަކުރަން. އެއީ އަޅުގަނޑުމެންނަށް މިވަގުތު ލިބޭ ފައިދާ އަށް ބަލާއިރު އަޅުގަނޑުމެން ކުރަން ޖެހޭ ޚަރަދަކީ ލިބޭ އެއްޗަކާ އެއްވަރުގެ ޚަރަދަކަށް ވާން ޖެހޭ އިރު އަޅުގަނޑުމެންނަށް އިތުރު އެއްވެސް ކަމެއް ރިޒަރވެއް ކުރެވޭނެ ގޮތެއް ނެތް.
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

ސިޔާމް ވިދާޅުވީ ޚަރަދު ކުޑަކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރު ދަރަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދައްކަން ޖެހުން ކަމަށެވެ. އަދި އެއީ މިވަގުތު ރާއްޖޭގައި ހުރި ފައިސާ ނޫން ކަމަށާ އެ ފައިސާ ހޯދޭނީ ވެސް ޚަރަދު ކުޑަ ކޮށްގެން ކަމަށް ސިޔާމް ވިދާޅުވި އެވެ.

ރާއްޖެ އަށް މިވަގުތު ލިބޭ ފައިދާ އަށް ބަލާއިރު ދައުލަތުން ކުރާ ޚަރަދަކީ ލިބޭ އެއްޗަކާ އެއްވަރުގެ ޚަރަދަކަށް ވާން ޖެހޭ އެއްޗެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އަދި އެ ނޫން އިތުރު އެއްވެސް ގޮތަކަށް ދައުލަތުގެ ރިޒަރވް އިތުރު ނުކުރެވޭނެ ކަމަށާ ރާއްޖޭގެ ރިޒަރވް އޮތީ ވަރަށް ދަށުގައި ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

އެހެންކަމުން ރިޒަރވް ހަމަޖެއްސުމަށްޓަކައި ވެސް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށް ސިޔާމް ވިފާދުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ, ކުރިއަށް އޮތްތަނުގައި މުސާރަތައް ބޮޑުކޮށްފި ކަމަށްވާނަމަ, ތަކެއްޗާއި ޚިދުމަތުގެ އަގުތައް, ނުވަތަ އިންފްލޭޝަނަށް ބޮޑެތި މައްސަލަތައް ކުރިމަތި ވާނެ ކަމަށެވެ. މުސާރަތައް ބޮޑު ކުރި ނަމަވެސް އެކަން އެއްފަހަރާ ކޮށްފިނަމަ އޭގެ ގެއްލުން މުޅި ދައުލަތާ ހުރިހާ ރައްޔިތުންނަށް ވެސް ވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ އެކަންކަން ވެސް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއީ އެކަމަށް ވަގުތު ބޭނުންވާނެ ކަމެއް ކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. ކޮންމެ ޚަރަދެއް ކުރި ނަމަވެސް ކުރާ ޚަރަދުތަކަކީ ކޮން ކަމަކަށް ކުރާ ހަރަދުތަކެއް ތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. މިސާލެއް ގޮތުން ސިޔާމް ވިދާޅުވީ އެތައް މިލިއަން ރުފިޔާ އެއް ޚަރަދުކޮށްގެން ހަދާފައިވާ ގިނަ އެއަރޕޯޓްތަކަކީ ބަރަވެލި ފިޔަވާ އިތުރު އެއްޗެއް އަރާނެ އެއާޕޯޓްތަކެއް ނޫން ކަމަށެވެ.

އަހުމަދު ސިޔާމް މުޙައްމަދުރައްޔިތުންގެ މަޖިލިސްދަރަނިބަޖެޓް 2026ދައުލަތުގެ ހަރަދު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
04 ޑިސެމްބަރު 2025

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް