Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަން އިން އައްޑޫ

ރަން އިން އައްޑޫ އަށް ބޮޑު ތަރުހީބެއް، އިވެންޓްތަކުގެ ޖާގަތައް ފުރިބާރުވެއްޖެ

ރަން އިން އައްޑޫ ފަށާނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު

ލީވާން އަލީ
ލީވާން އަލީ | 3 ސެޕްޓެމްބަރު 2017 | އާދީއްތަ 09:51
ރަން އިން އައްޑޫ ސްޕޮންސާ ކޮށްފައިވަނީ ކޮކާކޯލާ އިން

ރަން އިން އައްޑޫ ސްޕޮންސާ ކޮށްފައިވަނީ ކޮކާކޯލާ އިން

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ބާއްވާ ރަން އިން އައްޑޫ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޓީއެފްޖީން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޓީއެފްޖީގެ ހުސެއިން ޒިނާން ވިދާޅުވީ، ރަން އިން އައްޑޫ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، މިހާތަނަށް މެރަތަން، ހާފް މެރަތަން، 10 ކިލޯ މީޓަރު ދުވުން އަދި ކުޑަކުދިންގެ ދުވުމުގެ ޖާގަތައް ފުރިފައިވާ ކަމަށެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވީ، ފަސް ކިލޯ މީޓަރު ކެޓަގަރީގެ ހަތް ވަރަކަށް ޖާގަ އަދި ބާކީ ހުސްކޮށް އެބައޮތް ކަމަށާއި، ދުވަސްވީ މީހުންގެ ހިނގާލުމުގެ ޖާގަތައް އަދިވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

ޖުމްލަ ހަތަރު ކެޓަގަރީއެއް ހިމެނޭ މި ދުވުމުގައި ފުރަތަމަ ކުރިޔަށްދާނީ މެރަތަން އެވެ. މެރަތަން ރޭސް ފެށުމަށް ހަމަޖެހިފައިވަނީ 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ކަނބިހާ މަގުންނެވެ. މެރަތަން ރޭސް ނިމޭނެކަމަށް ލަފާކުރެވެނީ ފަސް ގަޑިއިރާ 20 މިނެޓުންނެވެ. އެގޮތުން ދުވުންތެރިންނަށް ރޭސް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 10:10 ގައެވެ. މި ރޭހުގައި 42.2 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތުކުރަން ޖެހޭނެއެވެ.

ދެވަނަ ރޭހަކަށް ފަށާނީ ހާފް މެރަތަން އެވެ. މި ރޭސް ފަށާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން 06:45 ގައެވެ. މި ރޭހުގައި 21.1 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތުކުރަންޖެހޭނެ އެވެ.

ތިންވަނަ ރޭހަކަށް ފަށާނީ 10 ކިލޯމީޓަރު ރޭހެވެ. މި ރޭސް ފަށާނީ ހިތަދޫ ލިންކްރޯޑުން 07:45 ގައެވެ. މި ދުވުމުގެ ފަހު ރޭހަކީ ފަސް ކިލޯ މީޓަރު ރޭހެވެ. މި ރޭސް ހިތަދޫ އެޅެދީދީ މަގުން 08:45 ގައި ފަށާނެއެވެ. މި ހުރިހާ ރޭހެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރަށެވެ.

މި ރޭސްތައް ކުރިޔަށްދާ ރޫޓުތަކުގެ ކޮންމެ ދެ ކިލޯ މީޓަރަކުން ފަސްޓްއެއިޑް ސްޓޭޝަން ވަނީ ގާއިމުކޮށްފައެވެ. ފަސްޓްއެއިޑްގެ ގޮތުން އެހީތެރިވާނީ މޯލްޑިވްސް ރެޑްކްރޮސެންޓުން ކަމަށާއި، ރޭސްތައް ކުރިޔަށްދާއިރު، އައްޑޫގެ ފުލުހުން ސަލާމަތީ ގޮތުން ހަރަކާތްތެރިވާނެ ކަމަށް މިކަންތައް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު