Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރިވަރުންގެ ތައުލީމް

މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރަންޖެހޭ: ސާޖިދާ

އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 08:23
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ  އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވާހަކަދައްކަވަނީ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވާހަކަދައްކަވަނީ

މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ އެކަމަނާ ވިދާޅުވީ ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް ކަމަށާއި، އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަ ކަމަށެވެ. އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫންކަމަށާއި، ދުރަށް ދިޔަވަރަކަށް އެ ދަތުރުގެ ނިމުމެއް ނެތްކަން ފެންނާނެ ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދަރިވަރުން ވިސްނަންޖެހޭ ކަންކަމަށް އިޝާރާތް ކުރައްވައި ސާދިޖާ ވިދާޅުވީ ދިވެހި ގައުމަށް ފާރަވެރިވެ، އަހުލާގު ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށްވާންޖެހޭ ކަމަށެވެ. އަދި ދިރިއުޅުމުގައި ގަދަރާއި އިއްޒަތްލިބި، މަތިވެރި އަހުލާގާއި ހެޔޮވިސްނުންތެރިކަމާއިއެކު ލިބިފައިވާ އިލްމު ވެގެންދާނީ އިންސާނިއްޔަތަށް އޮތް ހިޔާވައްސަކަށްކަން އެކަމަނާ ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އެކަން ކަށަވަރުކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި، އަމަލުކުރެވެމުންދާ ހެޔޮލަފާ، ރީތި، ގޮތްތަކުން ކަމަށްވާތީ، ގޭތެރެއިންނާއި ވެށީގެ ތެރެއިންވެސް އެކަން ކަށަވަރުކޮށްދެއްވުމަށް އެކަމަނާ ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

އަހުމަދިއްޔާ ސްކޫލަށް އިޝާރާތް ކުރައްވައި، އެކަމަނާ ވަނީ ސްކޫލު އުފެދިގެން މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާއަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމާއި، އެކަކުއަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫހުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ، ދިވެހި ތައުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ގައުމަށް އިލްމީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސާޖިދާ މުޙައްމަދުއަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްމުސްލިމް ތަޢުލީމްބެލެނިވެރިން-މުދައްރިސުންދިވެހި ގައުމު

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް މުއިއްޒު

05 އޮކްޓޯބަރު 2025
އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް މުއިއްޒު
01 އޮކްޓޯބަރު 2025

ސާޖިދާގެ ކުންފުނިން މަހަކު 2.4 މިލިއަން ރުފިޔާއަށް ކުލަބުތައް ސްޕޮންސާކުރާ ގޮތެއް ކިޔާދޭންޖެހޭ: އަމީރު

01 އޮކްޓޯބަރު 2025
ސާޖިދާގެ ކުންފުނިން މަހަކު 2.4 މިލިއަން ރުފިޔާއަށް ކުލަބުތައް ސްޕޮންސާކުރާ ގޮތެއް ކިޔާދޭންޖެހޭ: އަމީރު
29 ސެޕްޓެމްބަރު 2025

މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި

29 ސެޕްޓެމްބަރު 2025
މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
05 އޯގަސްޓު 2025

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

05 އޯގަސްޓު 2025
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު