Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާޖިދާ މުޙައްމަދު

ސާޖިދާގެ ކުންފުނިން މަހަކު 2.4 މިލިއަން ރުފިޔާއަށް ކުލަބުތައް ސްޕޮންސާކުރާ ގޮތެއް ކިޔާދޭންޖެހޭ: އަމީރު

ކޮންމެ ކުލަބަކަށް މަހަކު 6 ލައްކަ ރުފިޔާގެ ރޭޓުން ސްޕޮންސާޝިޕް ދޭ ކަމަށް އަމީރު ވަނީ ވިދާޅުވެފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 1 އޮކްޓޯބަރު 2025 | ބުދަ 11:50
ރައީސް މުއިއްޒު އަދި އަނބiކަނބަލުން ސާޖިދާ

ރައީސް މުއިއްޒު އަދި އަނބiކަނބަލުން ސާޖިދާ

ރައީސް މުޙައްމަދު މުއިއްޒުގެ އާއިލީ ކުންފުނި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން ފުރަތަމަ ޑިވިޝަންގެ ހަތަރު ކުލަބަކަށް މަހަކު 2.4 މިލިއަން ރުފިޔާގެ ސްޕޮންސާޝިޕް ދޭ ގޮތާމެދު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސުވާލު އުފައްދަވައިފި އެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވެފައިވަނީ، ދިމްޔާތު ތިރީގައި ހިންގާ ކެފޭ އަދި ދިމްޔާތު ގެސްޓްހައުސްގެ އާމްދަނީން މިފަދަ ބޮޑު އަދަދެއްގެ ސްޕޮންސާޝިޕް ދެވޭނެ ގޮތެއް ރައީސް މުއިއްޒު ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށެވެ. ކޮންމެ ކުލަބަކަށް މަހަކު 6 ލައްކަ ރުފިޔާގެ ރޭޓުން ސްޕޮންސާޝިޕް ދޭ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކަށްވެސް ކުޅަދާނަވާނެ ކަމެއް ނޫންކަމަށް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަދި އެމަނިކުފާނުގެ ތިން ދަރިންގެ ހިއްސާ އެކުލެވޭ ދިމްޔާތު ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ "ޑެމިއެޓާ" ކެފޭއިން ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބް ސްޕޮންސާކޮށްފައެވެ.

މިއީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި އެއް ކުންފުންޏަކުން ފުރަތަމަ ޑިވިޝަންގެ މިހާ ގިނަ ކުލަބެއްގެ މެއިން ސްޕޮންސާކަން އެއްފަހަރާ ނެގި ފުރަތަމަ ފަހަރެވެ. މި ސްޕޮންސާރޝިޕްތަކާ ގުޅިގެން އާންމު ރައްޔިތުންގެ މެދުގައިވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ. ޚާއްޞަކޮށް މި ފައިސާއަކީ ހަމައެކަނި ކުޑަ ކެފޭއެއް ހިންގައިގެން ލިބޭ ފައިދާއިން ދެވޭ އެއްޗެއްތޯ ނުވަތަ ދައުލަތުގެ މާލިއްޔަތުން ކުރެވޭ ހޭދައެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން ސާޖިދާ މުޙައްމަދުގެ ބަހެއް ހޯދުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެފައި ނުވާތީ، މި ސްޕޮންސާޝިޕްތަކާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް މިހާތަނަށް ރަސްމީ އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ސާޖިދާ މުޙައްމަދުރައީސް މުއިއްޒުއިބްރާހިމް އަމީރުމ.ދިމްޔާތުޑެމިއެޓާ ކެފޭފުޓުބޯޅަ ސްޕޮންސަރޝިޕް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު