Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތައުލީމީ ދަރިން ބިނާކުރުން

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ތައުލީމީ ގޮތުން ހަރުދަނާ ދަރިންތަކެއް ބިނާކުރަން – ރައީސް

މަޝްރޫއުތައް ފުރިހަމަވާއިރު، ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 11:16
ރައީސުލްޖުމްހޫރިއްޔާ - އަހުމަދިއްޔާ ސްކޫލުގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ - އަހުމަދިއްޔާ ސްކޫލުގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ސަރުކާރާ ހަވާލުވިފަހުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މީހުން ބިނާކުރައްވަން ކަމަށާއި، ވަކިން ޚާއްސަކޮށް ތައުލީމީ ގޮތުން ހަރުދަނާ ދަރިންތަކެއް ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހުގެރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ, ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މީގެ ތިން އަހަރު ކުރިން ފެށިގެންވެސް، އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ އެއްކަމަކީ މީހުން ބިނާކުރުން ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ޚާއްސަ ސަމާލުކަމެއް ދެނީ، ތައުލީމީ ގޮތުން ހަރުދަނާ ދަރިންތަކެއް ބިނާކުރުމަށް ކަމަށެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނީ ހަމަ މި ބޭނުމުގައި ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް އެބަ ހިނގާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ފުރިހަމަވާއިރު، ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ވިދާޅުވީ ފަސް ސަރަހައްދުގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލްތަކެވެ.

ރައީސް ވިދާޅުވީ ދަރިންނަށް ކިޔަވައިދޭ ވާހަކަ މިވަރަށް ދައްކަވަން ޖެހެނީ، ގައުމުގެ ހަގީގީ ތަރައްގީއަކީ އެއީ ކަމަށްވާތީ ކަމަށެވެ. އަދި ގައުމު ތަރައްގީވާނީ، އެ ޒިންމާ އަދާކުރަން ތިބި ދަރިންގެ ސިކުނޑީގައި، އުފެއްދުންތެރި އީޖާދީ ވިސްނުންތަކެއް އުފެދިގެން ކަމަށާއި، ދަރިންގެ ކިބައިގައި ތަރައްގީގެ ވިސްނުން އުފެއްދޭނީ، ޒަމާނީ ކުރިއެރުމާ އެއްވަރަށް ތައުލީމެއް ދަރިންނަށް ދީގެން ކަމަށެވެ.

އަހުމަދިއްޔާއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ދަރިވަރުން އިތުރު ހަރަކާތެއް ބާއްވާނެ ބިންކޮޅެއް އެ ސްކޫލްގައި ނެތް ކަމަށެވެ. އަދި ތުއްތުކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއްވެސް ނެތް ކަމަށާއި، އެ މައްސަލަ ސްކޫލްގެ ފަރާތުން ސަރުކާރަށް ހުށަހަޅާފައިވާކަމަށެވެ. ރައީސް ވިދާޅުވީ އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މާގިނަ ދުވަސްތަކެއްނުވެ ޢަމަލީ ސިފަ އަންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ސްކޫލްގެ ކާމިޔާބަށް ބަލާއިރު، އެމަނިކުފާނަށް ފާހަގަކުރެވޭ އެންމެ ބޮޑު ކާމިޔާބަކީ، ގައުމަށް ބޭނުންތެރި ދަރިންތަކެއް، އަހުމަދިއްޔާ ސްކޫލުން ބިނާކޮށްދީފައިވާކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަހުމަދިއްޔާ ސްކޫލުން ތައުލީމު ހާސިލުކުރި ދަރިވަރުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައިވެސް، އަދި ސަރުކާރުގެ އެހެން މަތީ މަގާމުތަކުގައިވެސް މިހާރު އެބަ ތިއްބެވި ކަމަށް ރައީސް ވިދާޅުވިއެވެ.  

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރަންޖެހޭ: ސާޖިދާ

މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރަންޖެހޭ: ސާޖިދާ

07 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު