Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލައި، ރަހީނުން ދޫކުރުމަށް ޓްރަމްޕް އަށް ގޮވާލައި ތެލް އަވީވްގައި މުޒާހަރާ ކޮށްފި

މުޒާހަރާގެ ބައިވެރިޔަކު ބުނެފައި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް މަޖުބޫރު ކުރުވޭނެ ހަމައެކަނި މީހަކީ އެމެރިކާގެ ރައީސް ޓްރަމްޕް ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އިސްރާއީލްގެ ގިނަ ރައްޔިތުން ވެސް އެކަން އެގޮތުގައި ޤަބޫލު ކުރާ ކަމަށާއި، ޓްރަމްޕް އަށް އެކަން ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ގާޒާގެ ހަނގުރާމަ ނިންމައި ރަހީނުން ދޫކޮށްލުމަށް އެދި އިސްރޭލުގެ ވެރިރަށް ތެލްއަވީވުގައި ހާހުން ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 06:36
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންް މިނިވަން ކުރުމަށް ގޮވާލައި ތެލް އަވީވްގައި ކުރިއަށް ގެންދިޔަ މުޒާހަަރާގެ ތެރެއިން

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންް މިނިވަން ކުރުމަށް ގޮވާލައި ތެލް އަވީވްގައި ކުރިއަށް ގެންދިޔަ މުޒާހަަރާގެ ތެރެއިން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލައި، ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކޮށްދިނުން އެދި، އެ ޤައުމުގެ ގިނަ ރައްޔިތުންތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ގޮވާލައިފި އެވެ.

އިސްރާއީލްގެ ވެރި ރަށް، ތެލް އަވީވްގައި ކުރިއަށް ދިޔަ މުޒާހަރާގައި އެ ޤައުމުގެ އެތައް ހާސް ރައްޔިތުން ތަކެއް ވަނީ ބައިވެރިވެފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ކުރިމަތީގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލްގެ ދިދަ ނަގައި، ރަހީނުންގެ ފޮޓޯތައް ހިމެނޭ ބޯޑުތައް ހިފައިގެން އިހުތިޖާޖު ކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ލެގަސީ ފުނޑު ފުނޑު ވަމުން ދަނީ ޣައްޒާ ހަނގުރާމަ ދެމިގެން ދާތީ ކަމަށެވެ. އަދި މުޒަހަރާގެ ބައިވެރިން ވަނީ، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން، "މިހާރުން މިހާރަށް" މިނިވަން ކޮށްދިނުމަށް ވެސް ޓްރަމްޕް އަށް ގޮވާލައިފަ އެވެ.

މުޒާހަރާގެ ބައިވެރިޔަކު ބުނެފައި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް މަޖުބޫރު ކުރުވޭނެ ހަމައެކަނި މީހަކީ އެމެރިކާގެ ރައީސް ޓްރަމްޕް ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އިސްރާއީލްގެ ގިނަ ރައްޔިތުން ވެސް އެކަން އެގޮތުގައި ޤަބޫލު ކުރާ ކަމަށާއި، ޓްރަމްޕް އަށް އެކަން ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ޣަައްޒާ ހަނގުރާމަ ފުޅާ ކުރަން ނިންމައި، ޣައްޒާ ސިޓީ ހިފުމަށް، އިސްރާއީލްގެ އަސްކަރިއްޔާ އަށް ބޮޑު ވަޒީރު ނަތަންޔާހޫ އެންގުމާ ގުޅިގެން، އިސްރާއީލްގެ ގިނަ ރައްޔިތުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ޚާއްސަކޮށް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންނާއި، އެމީހުންނަށް އެހީތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލް އިން ޣައްޒާ ހަނގުރާމަ ފުޅާކޮށް، ދޭ ހަމަލާ ތަކުގެ ސަބަބުން ރަހީނުންނަށް ބިރުވެރިކަން އޮންނާނެ ކަމަށެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، އަދި ރަހީނުން މިނިވަން ކުރުމަށް ގޮވާލައި އިސްރާއީލްގައި ކުރިއަށް ގެންދަމުން އަންނަ މުޒާހަރާތައް ވަނީ ކޮންމެ ހަފުތާ އަކު ވަރުގަދަ ވަމުންނެވެ. މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ގޮވާލުމަކީ، ހަނގުރާމަ ހުއްޓާލުމަށް ހަމާސް އާއެކު އެއްބަސްވުމަކަށް އައިސް، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަން ކުރުމެވެ.

ހަމާސް އިން ވަނީ އިސްރާއީލްގެ 251 މީހުން ރަހީނު ކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މިނިވަން ކޮށްފައިވާއިރު، މިވަގުތު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ބެލެވެނީ 48 މީހުންނެެވެ. އޭގެ ތެރެގައި 20 މީހުން ދިރި ތިބި ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ލަފާ ކޮށްފަ އެވެ.

އިސްރާއީލްގެ ވެރި ރަށް ތެލް އަވީވްގައި މުޒާހަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އެމެރިކާ އަދި ޓްރަމްޕް އަކީ އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަށް އެންމެ ބޮޑަށް ވާގިވެރިވާ ފަރާތްތަކެވެ. ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ގޮވާލައްވަމުން ގެންދެވި ނަމަވެސް، އެކަމުގައި އެދެވޭ މަސައްކަތެއް ޓްރަމްޕް ނުކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

މަސްދަރު: ރޮއިޓާސް

އިސްރާއީލް-ހަމާސްޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫޣައްޒާތެލްއަވީވްރަހީނުންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު