Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެންބަރުންގެ މާލީ ބަޔާން

މަޖިލީހުގެ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް މެންބަރުންނަށް ބޭންކުތަކުން އާދަޔާ ހިލާފަށް ލޯނު ދީފައިވޭ: ޒަރިޔަންދު

ފްލެޓުތަކާއި، ރޯހައުސްތަކާއި، ބިންތައް ބައްލަވާގަނެފައިވަނީ ލޯނު ނެގުމަށްފަހު ކަމަށް އަންގައިދިނުމަށް މަސައްކަތް ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:21
ފަލަ ސުރުޚީ ޕްރޮގްރާމުގައި އިސްމާއީލް ޒަރިޔަންދު ވާހަކަދައްކަވަނީ

ފަލަ ސުރުޚީ ޕްރޮގްރާމުގައި އިސްމާއީލް ޒަރިޔަންދު ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް މެންބަރުންނަށް ބޭންކުތަކުން އާދަޔާ ހިލާފަށް ލޯނު ދީފައިވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޒަރިޔަންދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ މާލީ ބަޔާނުން ވަރަށް ގިނަ ކަންކަން ފާހަގަވި ކަމަށާއި، އެއްގޮތް ކަންތައްތަކެއް ވެސް އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މަޖިލީހުގެ 30 ޕަސެންޓް މެންބަރުންނަށް 2024 ވަނަ އަހަރުގެ މާޗު މަހުގެ ފަހުން އާދަޔާ ހިލާފަށް ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކުން އާދަޔާ ހިލާފަށް ލޯނު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް މެންބަރުން ފްލެޓުތަކާއި، ރޯހައުސްތަކާއި، ބިންތައް ބައްލަވާގަނެފައިވަނީ ލޯނު ނެގުމަށްފަހު ކަމަށް އަންގައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ބެލީމަ ވަރަށް އައިޑެންޓިކަލް އެއް ކަމެއް ދިމާވޭ. ވަރަށް އިއްތިފާގެއް ދިމާވޭ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް މެންބަރުންނަށް ބޭންކް އޮފް މޯލްޑިވްސްއިންނާއި އިސްލާމިކް ބޭންކުންނާ އާދަޔާ ހިލާފަށް ލޯނު ދެއްވާފައިވޭ. 2024 ވަނަ އަހަރުގެ މާޗު މަހުގެފަހުން. 2025 ވަނަ އަހަރު ވެސް ލޯނު ދެއްވާފައިވޭ. މިހާތަނަށް 2025އާ ހަމައަށް އާދަޔާ ހިލާފު އަދަދަށް ލޯނު ދެއްވާފައިވޭ.
އިސްމާއިލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ ބައެއް މެންބަރުން މާލީ ބަޔާނުގައި އެއްވެސް ތާކުންތާކު ނުޖެހޭ ގޮތަށް މައުލޫމާތު ފުރިހަމަ ކޮށްފައިވާ ކަމަށާއި، މިގޮތަށް އަމަލު ކުރުމުން ރައްޔިތުން ސުވާލު އުފައްދާނެ ކަމަށެވެ. މާލީ ބަޔާނަކީ މާލީ ތެދުވެރިކަމުގެ ޓޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލީ ބަޔާނަކީ ހުރިހާ ރައްޔިތުން މަޖިލީހުގެ މެންބަރުން ހުށަހަޅަންޖެހޭ އެއްޗެއްކަން ފާހަގަކުރައްވައި ޒަރިޔަންދު ވިދާޅުވީ މާލީ ބަޔާނުގައި ރަނގަޅަށް ފުރިހަމައަށް މައުލޫމާތު ހިމަނަންޖެހޭ ކަމަށެވެ. ނަމަވެސް ބައެއް މެންބަރުން ހަދިޔާ ދިން ފަރާތް ހިއްސާ ކޮށްފައިނުވާ ކަމަށާއި، އެފަދަ މައުލޫމާތުތައް ހާމަ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ރަނގަޅު ގޮތް މަޖިލީހުގެ އިދާރާއިން ރަނގަޅަށް ކިޔައިދޭންޖެހޭ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

އިސްމާއިލް ޒަރިޔަންދުރައްޔިތުންގެ މަޖިލިސްބޭންކް އޮފް މޯލްޑިވްސްއިސްލާމިކް ބޭންކްމާލީ ބަޔާންބޭންކް ލޯނު

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު