Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުން ނަޒާހަތްތެރިވުން

ފުލުހުންގެ ޔުނިފޯމުގެ ކަރާމާތް ހިފެހެއްޓުމަށް ކޮންމެ އޮފިސަރަކު ވެސް ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު އިހުސާން

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ މަތީ އަމާޒުކަމުގައި ވާންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 07:52
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުލުހުންގެ ޔުނިފޯމުގެ ކަރާމާތް ހިފެހެއްޓުމަށް ކޮންމެ އޮފިސަރަކު ވެސް ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުންގެ ޔުނިފޯމާއި އަދި މުއައްސަސާގެ ކަރާމާތް ހިފެހެއްޓަންޖެހޭ ކަމަށާއި، އެއަޒުމުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ ފުލުހަކީ އެ މީހެއްގެ ވާޖިބުގަ ފުރިހަމައަށް ހުރި ފުލުހެއްކަން ރަމްޒުކޮށްދިނުމުގަ ގޮންޖެހުންތަކެއް ހުންނާނެ ފުލުހެއްކަން މިނިސްޓަރު އިހުސާން ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަބަދުގެ އަބަދަށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ މަތީ އަމާޒުކަމުގައި އަބަދުވެސް ވާންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ޔުނީފޯމުގައި ގައުމަށް ޚިދުމަތް ކުރުމަކީ އާދައިގެ ކަމެއްނޫން ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކުރެވޭނީ ގައުމަށް އޮންނަ ލޯތްބާއި އާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވިސްނުން ހުރެގެން ކަމަށެވެ.

ފުލުހުންގެ ޚިދުމަތަކީ ގައުމެއް ކުރިއަށްދިޔުމަށް އެ ޤައުމެއްގަ އޮންނަން ޖެހޭ މުހިންމު އަސާސްތަކެއް ހިފަހައްޓާ ޚިދުމަތެއް. އެގޮތުން ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާއި ގައުމެއްގައި އޮންނަން ޖެހޭ ހަމަޖެހުން ހިފެހެއްޓުމުގެ ފުރިހަމަ ޒިންމާ މި އޮންނަނީ ފުލުހުންގެ ކޮނޑުގައި އެޅިފަ. ރާއްޖޭގެ ފުލުހުންނަކީވެސް ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ މުދަލާއި، ރައްޔިތުން އުޅޭ އުޅުމުގެ ރައްކާތެރިކަން ކަށަވަރުކުރާ ފަރާތް. ވަޒީރު
ހޯމް މިނިސްޓަރު އަލީ އިހުސާން

ކުށަށް އަރައިގަންނަ ހާލަތްތަކުގަ ނުވަތަ ގާނޫނާ ޚިލާފުވާ ހާލަތްތަކުގަވެސް ފުލުހުންގެ ގާނޫނީ ދައުރު އަދާކުރަންވާނީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވަނީ ކޮންމެ ފުލުހަކީވެސް އިތުުރު ތަމްރީނާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ކުރުމުގެ ވިސްނުމާއި އަމިއްލަ ނަފްސް ބިނާ ކުރާނެ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރު އިހުސާން މިމޭރުމުން ވާހަކަދެއްކެވިއިރު، އެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސީ ވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިފަހުން ރާއްޖޭގައި ހިނގާދިޔަ ހާދިސާތަކުގައި އިންސާފު ނުލިބޭ ކަމަށާއި، ފުލުހުން ދޮގު ހަދައި އޮޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް ގިނަ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. އެގޮތުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނު ރަޝީދުގެ މައްސަލައާއި، ނ.ހޮޅުދޫ ޒަކިއްޔާ މަރުގެ މައްސަލާގައި ވެސް ފުލުހުން ވަރަށް ބޮޑަށް ކަންތައްތަކެއް ސިއްރުކޮށް ތަހުގީގު އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އަލީ އިހުސާންހޯމް މިނިސްޓަރފުލުހުންގެ ޔުނިފޯމްއަސާސީ ތަމްރީނުނަޒާހަތްތެރިކަންގައުމީ ސަލާމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ގާއިމްކޮށްފައިވާ ކަމަށް ބުނެ އޮޅުވާލަނީ

ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ގާއިމްކޮށްފައިވާ ކަމަށް ބުނެ އޮޅުވާލަނީ

01 ޑިސެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"

ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"

07 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު