Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ ގެ ޖެނަރަލް އެސެމްބްލީ

ފަލަސްޠީނުގެ ވަފުދަށް އެމެރިކާ އިން ހުރަސް އަޅައިގެން ނުވާނެ ކަމަށް ފްރާންސް އިން ބުނެފި

ފްރާންސްގެ ޚާރިޖީ ވަޒީރު ބެރޮޓް ވިދާޅުވީ، އަންނަ މަހު އޮންނަ ޖެނަރަލް އެސެމްބްލީގައި ބައިވެރިވުމަށް ފަލަސްޠީނުގެ ވަފުދަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށާއި، އެ ފުރުސަތު ވެސް ދޭން ޖެހޭނެ ކަމަށެވެ.

ފަލަސްތީނު އޮތޯރިޓީގެ މެންބަރުންނަށް އެމެރިކާއިން ވިސާ ދޫކުރުމަށް އިންކާރުކޮށްފައިވާ ނިންމުމާ ގުޅިގެން، އދ ގެ ޖެނެރަލް އެސެމްބްލީއަށް ހުރަހެއްނެތި ވަނުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ފްރާންސްއިން ބުނެފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޯގަސްޓު 2025 | ހޮނިހިރު 08:20
ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޯއެލް ބެރޮޓް

ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޯއެލް ބެރޮޓް

ކުރިއަށް އޮތް ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވާ ފަލަސްޠީނުގެ ވަފުދަށް އެމެރިކާ އިން ހުރަސް އަޅައިގެން ނުވާނެ ކަމަށް ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން ނޮއެލް ބެރޮޓް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި އަންނަ މަހު އދ ގެ ޖެނަރަލް އެސެމްބްލީ އޮންނައިރު، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އެ އެސެންބްލީއާ ދިމާކޮށް، ފަލަސްޠީނުގެ އޮތޯރިޓީގެ މެމްބަރުންނަށް އެމެރިކާ އިން ވިސާ ދޫކުރުމަށް އިންކާރުކޮށްފައިވެ އެވެ.

އެ ނިންމުމާ ގުޅިގެން ފްރާންސްގެ ޚާރިޖީ ވަޒީރު ބެރޮޓް ވިދާޅުވީ، އަންނަ މަހު އޮންނަ ޖެނަރަލް އެސެމްބްލީގައި ބައިވެރިވުމަށް ފަލަސްޠީނުގެ ވަފުދަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށާއި، އެ ފުރުސަތު ވެސް ދޭން ޖެހޭނެ ކަމަށެވެ.

ޑެންމާކުގައި ކުރިއަށް ގެންދިޔަ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބެރޮޓް ވިދާޅުވީ، އދ ގެ ޖެނަރަލް އެސެމްބްލީ އަކީ އެއްވެސް ހުރަހެއް ނެތި، އަދި އެއްވެސް ދަތި ކަމެއް ނެތި ބައިވެރި ވެވެން ޖެހޭ ބައްދަލުވުމެއް ކަމަށެވެ.

އެ މައްސަލައިގައި ޑެންމާކުގައި ކުރިއަށް ދާ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޤައުމު ތަކުގެ ތެރެއިން، ގިނަ ޤައުމު ތަކުގެ ޚާރިޖީ ވަޒީރުން ވަނީ ފަލަަސްޠީނުގެ ވަފުދަށް އެމެރިޚާ އިން ވިސާ ދޫކުރަން ޖެހޭނެ ކަމަށް ގޮވާލައްވައިފަ އެވެ.

އެމެރިކާ އިން ނިންމާފައިވާ އެ ނިންމުކަކީ، ނިއު ޔޯކުގައި ކުރިއަށް ގެންދާ ދުނިޔޭގެ ލީޑަރުންގެ ބައްދަލުވުމުގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަނެ، އެކަން ޤަބޫލު ކުރުމަށް ކުރަމުން އަންނަ މަސައްކަތަކަށް ހުރަސް އެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

މީގެ އިތުރުން އެމެރިކާގެ އެ ނިންމުމަކީ، ޣައްޒާގައި ހަނގުރާމަ ހިންގަމުން އަންނަ އިސްރާއީލްގެ ސަރުކާރު އަދި އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ އޮންނަ ގުޅުން އިތުރަށް ބަދަހި ވާނެ، އަދި އެ ގާތް ގުޅުން ރަމްޒުކޮށްދޭ ނިންމުމެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ވެސް ކުރެ އެވެ.

އެކަމާ ގުޅިގެން ފަލަސްޠީނު އޮތޯރިޓީ އިން ބުނެފައި ވަނީ، އެމެރިކާ އިން ނިންމާފައިވާ އެ ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނު ތަކާއި، އދ ގެ ހެޑްކުއާޓާސް އެއްބަސްވުމާ ފާޅުކަން ބޮޑު ގޮތެއްހައި ފުށުއަރާ ނިންމުމެއް ކަމަށާއި، އެ ނިންމުން އަނބުރާ ގެންދަން ޖެހޭ ކަމަށެވެ. އެމެރިކާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ބައްދަލުވުމުގައި ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް ވެސް ބަޑައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

އދ އާއި އެމެރިކާ އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނެފައިވާ ގޮތުން، އދ ގެ މައި މަރުކަޒު ހުންނަ ޤައުމުގެ ހައިސިއްޔަތުން، އދ އަށް ދަތުރު ކުރާ އޮފިޝަލުންނަށް ވިސާ ދޫކުރުމަށް އެމެރިކާ އަށް އިންކާރު ނުކުރެވޭނެ އެވެ.

އަންނަ މަހު އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމުގެ މައްސަލަ ކުރިއަށް ގެންދާނެ އެވެ. ފްރާންސް އިން އިސްނަގައިގެން ކުރިއަށް ގެންދާ އެ މައްސަލައިގައި، ގިނަ ޤައުމު ތަކަކުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާކަން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އިއުލާން ކުރެއްވުމާ އެކު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ އިތުރުން، ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ އަދި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ވެސް ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރަން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު