Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެފްރީ އެޕްސްޓީން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑު ރިންގެއް ހިންގި އެޕްސްޓީން އާ، ރާއްޖޭގެ ކުރީގެ ރައީސަކު ބައްދަލުކުރަން ހަމަޖެއްސި!

29 އޯގަސްޓު 2025 | ހުކުރު 14:15

އިހުދު ބަރާކަށް ފޮނުވި އީމެއިލެއްގައި އެޕްސްޓީން ވަނީ ނިއުޔޯކްގައި މެއި 19 ގައި ބާއްވާ ބައްދަލުވުމެއްގައި ޕީޓަރ ތިއެލްގެ އިތުރުން "ދިވެހިރާއްޖޭގެ ކުރީގެ ރައީސަކު" ބައިވެރިވާނެ ކަމަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 29 އޯގަސްޓު 2025 | ހުކުރު 14:15
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގި ޖެފްރީ އެޕްސްޓީން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގި ޖެފްރީ އެޕްސްޓީން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑު ރިންގެއް ހިންގި އެމެރިކާގެ މިލިއަނަރު ޖެފްރީ އެޕްސްޓީން އާއި ރާއްޖޭގެ ކުރީގެ ރައީސަކާ އެކު ބައްދަލުވުމެއް ތާވަލުކުރިކަން އިންޓަނެޓުގައި ލީކުކޮށްލި އީމެއިލްތަކަކުން ހާމަވެއްޖެ އެވެ.

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހުދު ބަރާކްގެ އީމެއިލްތަކެއް ޓެލެގްރާމްގައި ލީކުކޮށްލުމާ ގުޅިގެން މި މަޢުލޫމާތު ވަނީ ހާމަވެފަ އެވެ. މި އީމެއިލްތައް ލީކުކުރި ކަމަށް ބެލެވެނީ އީރާންގެ އިންޓެލިޖެންސް ހިދުމަތްތަކާ ގުޅުން އޮތް ހެކަރުންގެ ގްރޫޕަކުންނެވެ. ލީކުކޮށްލި އީމެއިލްތަކުގެ ތެރޭގައި 2007 އިން 2016 އަށް އިހުދު ބަރާކް ކޮށްފައިވާ އެއްލައްކައަށްވުރެ ގިނަ އީމެއިލް ހިމެނެ އެވެ.

Advertisement - newsAdvertisement

އެޕްރީލް 28، 2014 ގައި އިހުދު ބަރާކަށް ފޮނުވި އީމެއިލެއްގައި އެޕްސްޓީން ވަނީ ނިއުޔޯކްގައި މެއި 19 ގައި ބާއްވާ ބައްދަލުވުމެއްގައި ޕީޓަރ ތިއެލްގެ އިތުރުން "ދިވެހިރާއްޖޭގެ ކުރީގެ ރައީސަކު" ބައިވެރިވާނެ ކަމަށް ބުނެފައެވެ. ނަމަވެސް މި ބައްދަލުވުން އޮތްކަން ނުވަތަ ނޫންކަން މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ. އަދި އޭނާ އެ ބުނި ރައީސަކީ ކާކުކަން އީމެއިލްގައި ހާމަކޮށްފައެއް ނުވެ އެވެ.

އެ ދުވަސްވަރު ދިވެހިރާއްޖޭގައި ތިއްބަވާނީ ރައީސްކަން ކުރައްވާފައިވަނީ ތިން ބޭފުޅެކެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. ނަމަވެސް އީމެއިލްގައި ވަކި ރައީސެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

2006 ގައި އެޕްސްޓީންގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދަޢުވާ އުފުލުނީއްސުރެ، އޭނާގެ މައްސަލައާ ގުޅޭ ގޮތުން އެކި ވާހަކަތައް ދެކެވެމުން އައެވެ. 2019 ގައި އިތުރު ދަޢުވާތަކެއް އުފުލުމާ ގުޅިގެން އޭނާ ވަނީ ޖަލުގައި އަމިއްލައަށް މަރުވެފައެެވެ. ދާދި ފަހުން، އެމެރިކާގެ އެޓަރނީ ޖެނެރަލް އެޕްސްޓީންގެ "ކްލައެންޓް ލިސްޓެއް" އޮތް ކަމަށް ބުނުމާ ގުޅިގެން މި މައްސަލައިގެ އިތުރު ހަގީގަތްތައް ހާމަވާން ވަނީ ފަށާފަ އެވެ.

އެޕްސްޓީންގެ ނިއުޔޯކްގެ ގެއަށާއި އެހެނިހެން ތަންތަނަށް ގޮސްއުޅުނު ކަމަށް ބުނާ ގިނަ އަދަދެއްގެ މީހުންގެ ނަންތައް މިހާރު ވަނީ އާންމުވެފައެވެ. މިއަހަރުގެ ޖުލައި މަހު، ވޯލް ސްޓްރީޓް ޖާނަލްއިން އެމެރިކާގެ ރައީސް ޓްރަމްޕް އާއި އެޕްސްޓީންއާ ގާތް ގުޅުމެއް އޮތްކަން ހާމަވާ ސިޓީއެއް ހާމަކުރުމާ ގުޅިގެން، ޓްރަމްޕް ވަނީ އެ ނޫހުގެ މައްޗަށް ދަޢުވާ އުފުލާފަ އެވެ.

އެޕްސްޓީންގެ ކުރީގެ ލޯބިވެރިޔާ ގިސްލޭން މެކްސްވެލްވެސް އަށްވެސްވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގައި އެހީތެރިވުމުގެ ކުށުގައި 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މި މައްސަލައިގައި ގިނަ މަޝްހޫރު އަދި ނުފޫޒުގަދަ މީހުންގެ ނަންތައް ގުޅިފައިވާ ކަމަށް ތުހުމަތުކުރެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް