Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މާތްﷲ ދެއްވި އެންމެ ބޮޑު ނިއުމަތަކީ އާއިލާ، އެ އާއިލާ ބަލިކަށިވެއްޖެނަމަ މުޖުތަމައުން އިންސާނިއްޔަތުކަން ނެތިދާނެ: ޚުތުބާ

29 އޯގަސްޓު 2025 | ހުކުރު 08:07

ހަރުދަނާ އާއިލާއެއް ބިނާކުރުމަކީ މާތްﷲ ދެއްވި މި ބޮޑު ނިއުމަތަށް ޝުކުރުކުރުމަށް އެޅޭ ފުރަތަމަ ބިންގާ

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޯގަސްޓު 2025 | ހުކުރު 08:07
ހުކުރު ޚުތުބާ އަޑުއަހަނީ

ހުކުރު ޚުތުބާ އަޑުއަހަނީ

މާތްﷲ ދެއްވި އެންމެ ބޮޑު ނިއުމަތުގެ ފޮނި މޭވާއަކީ ޒަވާޖީ ހަޔާތުގެ ގުޅުމުން ވުޖޫދުވާ އާއިލާ ކަމަށާއި، އާއިލާ ބަލިކަށިވެއްޖެ ނަމަ ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، މުޖުތަމައުން އިންސާނިއްޔަތުކަން ނެތިދާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ރަނގަޅު އާއިލާއެއް ބިނާކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، މާތް اللّٰه އަހަރެމެންނަށް ދެއްވައިފައިވާ ނިއުމަތްތައް ގިނަގުނަ ކަމަށާއި، އެ ނިއުމަތްތަކުގެ އަގު ވަޒަން ނުކުރެވުނު ކަމުގައިވިޔަސް އެ ނިއުމަތްތައް އިތުރުވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement
އެކަނލާގެ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "اللّٰهގެ نعمةތައް ތިޔަބައިމީހުން ގުނާ ނަމަ، ތިޔަބައިމީހުންނަކަށް އެ نعمةތައް عددއެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، شكرކުރުން ނެތް މީހެކެވެ." اللّٰه تَعَالَى ދެއްވި މި ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނިއުމަތަކީ ކައިވެނީގެ ނިއުމަތެވެ. ކައިވެންޏަކީ اللّٰه تَعَالَىގެ ޙިކުމަތްވަންތަކަން ދަލީލުކޮށްދޭ ހެކިތަކުގެ ތެރެއިން ހެތްކެއްވެސް މެއެވެ. މާތް اللّٰه ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ نفسތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެ ކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެ ކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރުހިންގާ ބަޔަކަށް އެ ކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.''
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ، މާތްﷲ ދެއްވި އެންމެ ބޮޑު ނިއުމަތުގެ ފޮނި މޭވާއަކީ ޒަވާޖީ ހަޔާތުގެ ގުޅުމުން ވުޖޫދުވާ އާއިލާ ކަމަށާއި، އާއިލާއަކީ ދުންޔަވީ ހަޔާތުގެ މުޑުވަކެއް ކަމަށެވެ. އާއިލާ ބަލިކަށިވެއްޖެ ނަމަ ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، މުޖުތަމައުން އިންސާނިއްޔަތުކަން ނެތިދާނެ ކަމަށާއި، އާއިލާއަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޝަރުއީ އަދި އިޖުތިމާއީ ހިޔާވަހިކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ހަރުދަނާ އާއިލާއެއް ބިނާކުރުމަކީ މާތް ﷲ ދެއްވި މި ބޮޑު ނިއުމަތަށް ޝުކުރުކުރުމަށް އެޅޭ ފުރަތަމަ ބިންގާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ރަނގަޅު އާއިލާއެއް ބިނާކުރެވޭނީ އިސްލާމީ އަގީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެން ކަމަށާއި، އާއިލީ ބިނާގެ އެންމެ މުހިންމު ދެ ތަނބުކަމުގައިވާ މައިންބަފައިންނަކީ ތައުހީދާއި، ތިމާއަށް ކޮންމެހެން ބޭނުންވާ ދީނީ އިލްމު އުނގެނި އެއަށް، އަމަލުކުރާ، ރިވެތި އަހުލާގުގެ ވެރި ބަޔަކަށް ވެގެން ކަމަށެވެ. އަދި ދެމަފިރީންގެ ކިބައިން ދަރިންނަށް ރިވެތި މިސާލުތަކެއް ދައްކައިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، ފަސާދަޔާއި މަގުފުރެދުމާއި، ބައިބައިވުމާއި ހަމަނުޖެހުންތަކުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށް ހަރުދަނާ އަގީދާގެ މަތީގައި ދަރީން ތަރުބިޔަތުކުރާން ވަރަށްބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމަށެވެ. ދަރީންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައި ތައުހީދުގެ އިލްމު އުނގަންނައިދިނުމަކީ، ހަރުދަނާ ތަރުބިޔަތާއި އިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާސިލުކޮށްދިނުމަށް ހުޅުވޭނެ އަމާން ދޮރެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، ހަރުދަނާ އާއިލާއެއް ބިނާކުރެވޭނީ، ދީނާ ދުރު ފިކުރުތަކާއި އަމަލުތައް ގޭތެރޭގެ މާހައުލުން ނައްތައިލެވިގެން ކަމަށެވެ.

އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް އަމަލު ނުކުރުމާއި، ދީނީ ޝިއާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަން އާއިލާގެ ތެރެއިން ނައްތައިލައި، އިސްލާމް ދީނަކީ އަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލެއްވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ބުނީ، ރަނގަޅު އާއިލާއެއް ބިނާކުރުމަށް ދަރީން ފުރާވަރަށް އެރުމުން ހުރިހައި ކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލަންޖެހޭ ކަމަށާއި، އުޅޭނެހައި ގޮތަކަށް އުޅޭން ދަރީން ދޫކޮށް ނުލައި، އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވައިފައިވާ އިމުން ބޭރުނުވެ، ހަޔާތުގެ ބައިވެރިޔާ އިޚުތިޔާރުކުރުމަށް ދަރީންނަށް އިރުޝާދުދޭން ޖެހޭ ކަމަށެވެ.

އާއިލާގެ އެންމެ އަގުބޮޑު ޖަވާހިރުތައްކަމުގައިވާ ދަރީންނަކީ اللّٰه تَعَالَى ދެއްވާ ވަރަށް އަގުބޮޑު ނިއުމަތެކެވެ. އަދި އެހައިމެ ބޮޑު މަސްއޫލިއްޔަތެކެވެ. މާތް ﷲ ވަހީކުރައްވައިފައި ވެއެވެ މާނައީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهلވެރީން، ނަރަކައިން ސަލާމަތްކުރާށެވެ!" އަދި މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގަވެއެވެ. "ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ވެސް ބެލެހެއްޓުންތެރިއެކެވެ. އެ މީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާ މެދު އެމީހަކާ ސުވާލު ވެވޭނެ މީހެކެވެ..."މި އާޔަތުގެ މުރާދަށް ވިސްނާލުމުން އެނގެނީ ޢާއިލާގެ ކޮންމެ ފަރުދަކު ވެސް ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަކީ އަދާކުރާންޖެހޭ ޒިންމާއެއްކަމެވެ.
ހުކުރު ޚުތުބާ

އެހެންކަމުން ޚުތުބާގައި ވަނީ ދަރީންނަށް ތައުލީމުދީ، ބަލައިބޮޑުކުރުމުގައި އިހުމާލުނުވުމަށް ނަސޭހަތްތެރިވެފައެވެ. އީމާންކަމުގެ ރުކުންތަކާއި އިސްލާމްކަމުގެ ރުކުންތަކަށް ދަރީން ހާނުވުމަށް ގޮވާލާފައިވެއެވެ. މިކަން ކުރެވޭނީ މުޅި މުޖުތަމައު އެކުއެކީ ދިރިއުޅުމުގެ ވާޖިބުތަކާއި ޒިންމާތައް އަދާކޮށްގެން ކަމަށާއި، މިކަމަށް އެއްވެސް ފަރާތަކުން ފަރުވާކުޑަނުކުރުމަށް ޚުތުބާގައި ވަޞިއްޔަތް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް