Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ބިލު

ޚަލީލުގެ ބޮޑު ތުހުމަތެއް ނޫސްވެރިންނަށް: ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ތިޔަ ގެންދަނީ މީހުންގެ އަބުރު ކަތިލާ ނަފުސާނީ ކުރަމުން

28 އޯގަސްޓު 2025 | ބުރާސްފަތި 18:55

ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ނޫސްވެރިން އާއިލާތަކުގެ އަބުރު ކަތިލާ ނަފްސާނީ އަނިޔާ ދޭކަމަށް ތުހުމަތުކުރެއްވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 28 އޯގަސްޓު 2025 | ބުރާސްފަތި 18:55
ފޮރިންގ މިނިސްޓަރ އަބްދުﷲ ޚަލީލް: ނޫސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި

ފޮރިންގ މިނިސްޓަރ އަބްދުﷲ ޚަލީލް: ނޫސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި

ދައުލަތުގެ މުޅި ނިޒާމް ރެގިއުލޭޓް ކުރަންޖެހޭ ކަމަށް ވަކާލާތު ކުރާއިރު، ނޫސްވެރި ކަމުގެ ޓެގް އަޅުވައިގެން މީސްމީހުންނާ އާއިލާތަކުގެ އަބުރު ކަތިލާ، ނަފްސާނީ އަނިޔާ ދެމުންދާ ކަމުގެ ތުހުމަތު މި ސަރުކާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ނޫސްވެރިންނަށް ކޮށްފި އެވެ.

ރާއްޖޭގެ ނޫސްވެރިންނަށް އަމާޒުކުރައްވައި މިފަދައިން ޚަލީލް ވިދާޅުވެފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

Advertisement - newsAdvertisement

މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ނޫސްވެރިން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ނޫސްވެރިން ދިޔައީ ބިލް ބޭރުކުރުމަށް ގޮވާލައި އަޑު އުފުލައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެސް ބައްދަލުކުރުމަށްޑިމާންޑް ކުރަމުންނެވެ.

އެގޮތުން ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ. އެހެން ނަމަވެސް ނޫސްވެރިން ރައީސްގެ ކިބައިން އެންމެ ބޭނުންވި ޖަވާބު ލިބިފައެއް ނުވެއެވެ. ނޫސްވެރިން ޑިމާންޑް ކުރީ މިހާރު މަޖިލީހަށް ހުށަހަޅާގފައި އޮތް މީޑިއާ ކޮންޓްރޯލް ކުރާ ބިލު ބޭރުކުރުމަށެވެ. އެކަމަށް ނޫސްވެރިން ރައީސް މުއިއްޒުގެ އަރިހުގައި ތަކުރާރުކޮށް އެދުނު ނަމަވެސް ރައީސް ދެއްވީ ނޫސްވެރިން އެންމެ ބޭނުންވި ޖަވާބެއް ނޫނެވެ. ރައީސް ވިދާޅުވެފައި ވަނީ ބިލް ބޭރުކުރުމާއި މެދު ވިސްނާނެ ކަމުގައެވެ.

ރައީސް މުއިއްޒުގެ ކިބައިން އެންމެ އެދެވޭ ޖަވާބެއް ނުލިބުމުން ނޫސްވެރިންގެ އެމީހުންގެ ޑިމާންޑް ދެމެހެއްޓި އެވެ.

މިކަމާއި ގުޅުވައި ފޮރިންގ މިނިސްޓަރ އަބްދުﷲ ޚަލީލް އެކްސް ގައި ކުރެއްވި ޕޯސްޓުގައި ވަނީ ނޫސްވެރިންގެ ބޮލުގައި ބޮޑެތި ތުހުމަތު ތަކެއް އަޅުއްވާ ވާހަކަދައްކަވާފަ އެވެ.

ޙައްގުތައް ހޯދުމަށް ނުކުތް ބައެއް ނޫސްވެރިން ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް މިގޮތަށް ފުރައްސާރަކުރުން ހަމަ އެންމެ ރަނގަޅުތޯ؟ މިއީ ޙައްޤުތަކަށް ވަކާލާތުކުރާ ބައެއްގެ އުޅުން ހުންނަންވީ ގޮތްތޯ؟
ފޮރިންގ މިނިސްޓަރ އަބްދުﷲ ޚަލީލް

މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ނޫސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށް މިފަދަ ދަށުދަރަޖައިގެ ބަސްތައް ރައްދުކޮށް ޕޯސްޓު ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޚަލީލް އެންމެ ފުރަތަމަ ވެސް ނޫސްވެރިންގެ ބޮޅުގައި އެޅުވި ތުހުމަތަކީ ރައީސް މުއިއްޒު ފަހަތުން ގޮސް ފުރައްސާރަ ކުރެއްވި ކަމުގެ ތުހުމަތެވެ. ނޫސްވެރިން ރައީސް ފަހަތުން ދުވެ ފުރައްސާރަ ނުކުރާކަމަށް ނޫސްވެރިން ދަނީ ބުނަމުންނެވެ. އަދި ނޫސްވެރިން ކުރީ ޑިމާންޑް ތަކެއް ކަމަށާއި އެއީ ބިލު މަޖިލީހުން ބޭރުކުރުމަށް ކުރި ޑިމާންޑްތަކެއް ކަމަށް ނޫސްވެރިން ބުނެއެވެ.

މީގެ އިތުރުން ޚަލީލް ނޫސްވެރިންނަށް ކުރެއްވި ދެވަނަ ތުހުމަތަކީ ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ބައެއް ފަރާތްތަކުން އެކިއެކި މީސްމީހުންނާ އާއިލާތަކުގެ އަބުރު ކަތިލާ، ނަފްސާނީ އަނިޔާ ކުދި ދަރިންނަށް ދޭ ކަމުގެ ތުހުމަތެވެ. މިއީ ނޫސްވެރިން ނުހަނު ކަންބޮޑުވާ ތުހުމަތެއް ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޚަލީލް މިފަދައިން ޕޯސްޓުކޮށް ނޫސްވެރިންގެ ބޮލުގައި މިވަރުގެ ތުހުމަތުތަކެއް އެޅުވިއިރު، ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން އަބުރުކަތިލާ، ނަފުސާނީ އަނިޔާދިނީ ކޮން ބަޔަކަށް ކަން ބުނެދޭން ޖެހޭކަމަށް ނޫސްވެރިން ދަނީ ބުނަމުންނެވެ.

އެހެން ނޫން ނަމަ މިފަދަ ވާހަތަކެއް މިނިސްޓަރެއްގެ މަގާމުގައި ހުރި ބޭފުޅަކު ލިޔުއްވުމަކީ ވަރަށް ދެރަވަރު، އަދި ހިތާމަ ކުރަން ޖެހޭ ކަމެއްކަމަށް ވެސް ނޫސްވެރިން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް