Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޝްވަރާ

ސަރުކާރާއެކު މަޝްވަރާ އަށް ދިއުމާ މެދު ގޮތެއް ނިންމާނީ ގުޅިފައިވާ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ފަހު:އެމްޑީޕީ

މަޝްވަރާ ކުރުމަށް ބޭނުންވާ ކަންކަން ގުޅިފައިވާ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ނިންމާނަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2017 | ހޮނިހިރު 05:47
އެމްޑީޕީގެ ޗެއާޕަސް ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕަސް ހަސަން ލަތީފް

ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ސިޔާސީ ޕާޓީތަކަށް، މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ދައުވަތު ފޮނުވާފައި ވީނަމަވެސް އެކަމާމެދު ގޮތެއް ނިންމާނީ ގުޅިފައިވާ އެހެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ފަހު ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވާ އިސްލާހީ ބަދަލުތައް ހަތް ދުވަހުގެ ތެރޭގައި ލިޔުމުން އަންގައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުރިހާ ޕާޓީތަކަށާއި ރައީސް މައުމޫނަށް ބުދަ ދުވަހު ވަނީ ސިޓީ ފޮނުވާފަ އެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މަޝްވަރާގެ މޭޒަށް އައުމަށް ދައުވަތު ދެއްވާ ސަރުކާރުން ފޮނުވި ސިޓީއާ މެދު އެމްޑީޕީން އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެގޮތުން މަޝްވަރާ އަށް ދިއުމަށް އެމްޑީޕީން ގޮތެއް ނިންމާނީ ޕާޓީގެ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މަޝްވަރާ އަށް ދައުވަތު ދެއްވާ ސަރުކާރުން ފޮނުވި ސިޓީގައި ކަންތައްތަކެއް ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި އެމްޑީޕީން މަޝްވަރާ ކުރުމަށް ބޭނުންވާ ކަންތައްތައް ނިންމާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން ސަރުކާރާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ ކަންތައްތައް ސިޓީގައި ބަޔާން ކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މަޝްވަރާ އަށް ދައުވަތު ދީ ސަރުކާރުން ޕާޓީތަކަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ސިޔާސީ ގޮތުން އޮތް ހިޔާލު ތަފާތުވުންތައް ނައްތާލައި، ގައުމު ތަރައްގީކުރުމާއި ބިނާ ކުރުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި، އަދި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން އެކި ފަހަރުމަތިން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާތައް ފެށުމުގެ އެކިއެކި ޝަރުތުތައް ކުރަމުން ދިއުމުގެ ސަބަބުން މަޝްވަރާތައް ކުރިއަށް ގެންދެވޭ ގޮތް ނުވި ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

މަޝްވަރާތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންކަން އިސްލާހުކުރަން ބޭނުންވާކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށާއި، އެހެންކަމުން ސަރުކާރުން ބޭނުން ވަނީ އެއީ ކޮން ކަންތައްތަކެއްކަން ދެނެގަންނަން ކަމަށެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޖަލު ހުކުމަކާ ކުރިމަތިލައްވަން ޖެހިވަޑައިނުގެންހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ހުކުމް ކުރިތާ ހަފްތާއެއް ފަހުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލައްވައިފައިވާއިރު، ޝައިނީ ވިދާޅުވީ މަޝްވަރާތައް ބާއްވަންޖެހޭނީ ވަކި ފަރުދެއްގެ މައްސަލައާ ވާހަކަ ދެއްކުމުގެ ބަދަލުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެފަދަ ހުށަހެޅުންތަކެއް ހުރި ކަމަށް ސަރުކާރަށް ފެންނަ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އެ ކަންތައްތައް ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމުން ސަރުކާރާއެކު ތިބި ސިޔާސީ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށާއި އެއަށް ފަހު އީޖާބީ ބަދަލުތަކެއް ފެންނަ ނަމަ މަޝްވަރާގެ މަސައްކަތް ފަށާނެ ކަމަށެވެ. ޝައިނީ ވިދާޅުވީ ސިޔާސީ މަސްރަހު "އޮމާންކޮށް، ފިނިކުރުމަށް" މަޝްވަރާތަކަށް އަންނަންވާނީ އެއްވެސް ޝަރުތަކާ ނުލައި ކަމަށެވެ.

"މިފަހަރު ސިޓީ މި ފޮނުވީ ޖަލަށް ލާފަ ހުރި މީހަކަށެއް ނޫން، ޕާޓީތަކުގެ ލީޑަރުންނަށް، ދެން އެބޭފުޅުންނަށް އެކިއެކި ކަންކަމުގެ ތުހުމަތުކުރެވިގެން ޝަރީއަތް ހިންގުމާ ޖަލަށް ލެވިފަ ހުރުމާ ޖަލުން ފިލައިގެން އުޅުމާ މިއީ އެހެން ލެވަލްއެއްގަ ހިނގާ ކަންތައްތައް. ހަމަގައިމުވެސް ހުރިހާ އެންމެންގެ މައްޗަށް މިހާރު ޝަރީއަތް ކުރެވޭނެ ކަން ހުކުމް އަންނާނެކަން އެއްވެސް މީހަކު ތަފާތުނުކޮށް، ސަރުކާރުން ބޭނުންފުޅުވޭ މި ހުރިހާ އެންމެންނާ ދޭތެރޭގައި ވެސް އެއްވަރަކަށް ގާނޫނާއި ގަވާއިދުތައް ތަންފީޒްވާން ރައްޔިތުންނަށް ޔަގީންވާނެ، އެހެންވީމަ އޭގެ ތެރޭގައި އަދި މީހަކު ކޮށްފައި ހުރި ކަމެއްގެ ސަބަބުން އޭނައަށް ވަކިވަކިން އަންނަ ކަންތައްތަކާ ޕާޓީއާ ވަރަށް ތަފާތު، އެހެންވީމަ ޕާޓީގެ ލީޑަރުންނަށް ސިޓީ ފޮނުވާފަ އެއޮތީ އެއީ ލީޑަރުންނަށް ވާތީވެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެެއިން ކަމަށާއި "ޗާޓުން ބޭރުން" އެއްވެސް ކަމެއް ކުރަމުންނުދާ ކަމަށެވެ. އެހެންކަމުން ހުރި މައްސަލަތަކަކީ ކޮބައިކަން ސަރުކާރަށް އެނގޭނީ އިދިކޮޅު ފަރާތްތަކުން ބުނެދިނުމުން ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޝައިނީއަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި "ގޯސްކޮށް" ހިނގަމުންދިޔަ ކަންތައްތައް ސީދާ ރައީސް އަބްދުﷲ ޔާމީނުގެ ސަމާލުކަމަށް ރައީސް މައުމޫނާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެންނެވި ކަމާއި އެއިރު އެކަންތައްތައް އިސްލާހު ނުކުރި ސަބަބާ މެދު ސުވާލުކުރި އެވެ. އަދި ސަރުކާރުގައި އިސްލާހު ކުރަންޖެހޭ ކަމެއް ހުރިކަމަށް ސަރުކާރުން ގަބޫލުކުރޭތޯ ސުވާލުކޮށްފައިވެއެވެ.

މީގެ އިތުރުން، ޕާޓީތަކަށް ފޮނުވި ސިޓީތަކުގައި އެ ޕާޓީގެ ލީޑަރުންނަށް ނުވަތަ ރައީސުންނަށް އެޑްރެސް ކޮށްފައިވަނީ ކީއްވެތޯ ވެސް ސުވާލުކޮށްފައިވެއެވެ. ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރަށް އެއިން ތަނެއްގެ މަސްއޫލްވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނުލިބޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.

ކޯލިޝަނަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވި އިރު، ޚިޔާނާތުގެ މައްސަލަތައް ފެންމަތިވުމާއެކު ޝެއިޚް އިމްރާން ވަނީ ރައީސް ޔާމީނާ ބައްދަލުކުރައްވައި، މަޝްވަރާ ކޮށްގެން ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް، ހައްލެއް ނުލިބުމުން އަދާލަތު ޕާޓީއިން ކޯލިޝަނާ ވަކިވެ އިދިކޮޅު އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެއްޓި އެވެ.

ރައީސް މައުމޫން ވެސް ވަނީ ސަރުކާރުގެ ތެރޭގައި ގޯސްކޮށް ހިނގަމުންދިޔަ ކަންތައްތައް ސިޓީގެ ޒަރިއްޔާއިން ރައީސް ޔާމީނުގެ ސަމާލު ކަމަށް އެތައް ފަހަރެއްގެ މަތިން ގެނެސްދެއްވާފަ އެވެ. އެހެންނަމަވެސް، އެ ސިޓީތަކަށް ޖަވާބެއް ނުލިބި އެތައް ދުވަހެއް ފާއިތުވުމުން އެމަނިކުފާނު ވެސް ވަނީ ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފަ އެވެ. ރައީސް މައުމޫން ވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކު އެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގެ މެދު ތެރޭގައާއި، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޝްވަރާ ކުރުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ދިނެވެ. އެހެން ނަމަވެސް، ވަކި ހިސާބަކުން މަޝްވަރާތައް ހުއްޓިގެން ދިޔައީ ޖަލުގައި ބަންދުކުރެވިފައިވާ ޕާޓީތަކުގެ ލީޑަރުން މަޝްވަރާގައި ބައިވެރިކުރުމާ މެދު "އެއްގަލަކަށް" ނޭރުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު